ސަރުކާރުގެ "ބޭކާރު" ވަޒީފާތަކުގެ މައްސަލަ ހައްލުކުރާނީ ބަދަލެއް ހޯދައިދީފައި: މުއިއްޒު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒު؛ ސަރުކާރުގެ "ބޭކާރު" ވަޒީފާތައް ހައްލުކުރަން ގެންގުޅުއްވާ ސިޔާސަތު ވިދާޅުވި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒު؛ ސަރުކާރުގެ "ބޭކާރު" ވަޒީފާތައް ހައްލުކުރަން ގެންގުޅުއްވާ ސިޔާސަތު ވިދާޅުވި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ސަރުކާރުގެ ސިޔާސީ މަގާމުތަކާއި، ސިޔާސީ ބޭނުމަށް ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގައި އުފައްދާފައިވާ "ބޭކާރު" ވަޒީފާތަކުގެ މައްސަލަ ހައްލު ކުރާނީ ވަޒީފާތަކުގައި ތިބި މީހުނަށް އެ ވަޒީފާގެ ބަދަލެއް ދައްކުވައިދީފައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރާއްޖޭގެ އުތުރުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ވަޒީފާތައް އުފެއްދުމުގެ ވިސްނުން ސަރުކާރުން ގެންގުޅެން ވާނީ އިގުތިސޯދީ މަޝްރޫއުތައް މެދުވެރިކޮށް ކަމަށެވެ.

"އެއާޕޯޓު ހިންގުމުގެ ތެރެއިން، ސިޓީ ހޮޓާތަކާއި ގެސްޓް ހައުސް ވިޔަފާރިން ވެސް އުފެދެނީ ވަޒީފާ، ވަޒީފާ ލިބި، ޒުވާނުންނާއި، އެކި އުމުރުފުރާގެ ފަރާތްތަކަށް އެ ލިބެނީ އިގުތިސޯދީ ބާރުވެރިކަން، އަމިއްލަ މިނިވަންކަން، އަމިއްލަ ފުދުންތެރިކަން، އެއީ ސަރުކާރަށް ލިބެން ޖެހޭ އެންމެ އުފާވެރިކަން،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް އިތުރުކުރުމުގެ ސިޔާސަތު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ތާއީދާއެކު ނުކުންނެވި ކެންޑިޑޭޓު މުއިއްޒު ވެސް ތުހުމަތު ކުރެއްވީ "ސިޔާސީ ބޭނުމަށް" ސަރުކާރަށް ތާއީދު ހޯދަން ވެގެން "ބޭކާރު" ގޮތުގައި އުފައްދާފައިވާ ވަޒީފާތަކެއްގެ ގޮތުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އެ ހިނގި ހަތް އަހަރުގެ މުއްދަތުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވީ، އިތުރު ވަޒީފާތަކުގެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް މައްސަލަ ހައްލުކުރުމުގެ ތެރެއިން އެއްވެސް މީހަކު ވަޒީފާއިން ބާކީވެގެން ނުދާނެ ގޮތެއް ސަރުކާރުގެ ނިޒާމުގެ ތެރެއިން ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން، މުއިއްޒު ދެއްވި އެވެ.

"އެއްވެސް ރައްޔިތަކަށް ލިބޭ ފުރުސަތަކުން އަޅުގަނޑުމެންގެ ސަރުކާރުން މަހުރޫމު ނުކުރާނަމޭ، އެކަމަކު ފަހަރެއްގައި އެ ވަޒީފާ އެ ކުންފުންޏަކުން ދެން ނޯވެދާނެ، ނަމަވެސް މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން، ކޮންމެ ވެސް ވަޒީފާއެއް، ހަމަ އެ މުސާރައަށް ހަމަޖައްސައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ވަޒީފާގެ ބިރު ހިތުގައި އޮވެ ނުދެއްވާށޭ، ސިޔާސީ ގޮތުން ތަޅު އެޅުވުމަށް ވަޒީފާދޭ ކަމަށް ހީކޮށްދޭން އުޅުނަސް އެ ހީގައި ނުޖެހޭށޭ - މުއިއްޒު

ސަރުކާރު ކުންފުންޏަކަށް ބޭނުން ނުވާ ވަރަށް ވުރެ އިތުރަށް ވަޒީފާ ދީފައިވާނަމަ، ވަޒީފާގައި ތިބި މީހުންނަށް ބަދަލު ހަމަޖައްސައިދެއްވާނެ ގޮތުގެ ބައެއް މިސާލުތައް ވެސް އޭނާ ކިޔައިދެއްވި އެވެ.

"ކުންފުންޏެއްގެ މާލިއްޔަތަށް ނުތަކާ ވަރަށް ވަޒީފާތައް އޮވެދާނެ، ފިނޭންސް މިނިސްޓްރީގެ ބަޖެޓުން އެތައް މިލިއަނެއް ކޮންމެ މަހަކު ހަރަދު ކުރަން ޖެހޭ ގޮތަށް އޮވެދާނެ، އެހެންވީމާ ބަދަލުތަކެއް އައިސްދާނެ، އެހެންވާނަމަ އެހެން ކުންފުންޏަކަށް ވެސް ބަދަލުކުރަން ޖެހިދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މީގެ ދެ އަހަރެއް ކުރިން މާލޭގެ މޭޔަރަކަށް އިންތިހާބުވި މުއިއްޒު ވިދާޅުވި ގޮތުގައި ބައެއް ހާލަތްތަކުގައި ސިޔާސީ ފިކުރު އެއްފަރާތްކޮށްފައި ގައުމީ ވިސްނުމެއްގައި މަސައްކަތް ކުރަން ޖެހޭނެ އެވެ. އެހެންކަމުން އަންނަ އިންތިހާބު މާ ގިނަ ބުރުތަކަށް ބާއްވަން ނުޖެހޭ ގޮތަށް ވޯޓު ދިނުމަށް އިލްތިމާސްކުރެއްވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަދުވެގެން ވޯޓުލާ މީހުންގެ 50 އިންސައްތަ އަދި އިތުރު އެއް ވޯޓު ހޯދަން ޖެހެ އެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެ ވަރަށް ވޯޓު ނުލިބޭނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއްގެ ވޯޓު ލުން ބާއްވަން ޖެހެ އެވެ.

މުއިއްޒު އެދިވަޑައިގަންނަވަނީ ފުރަތަމަ ބުރުގައި ވެސް ރައްޔިތުންގެ ސާފު އަޣުލަބިއްޔަތު އޭނައަށް ދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox