ކެމްޕޭނުގައި މުއިއްޒު ހިޔާ އަވަށަށް، ފެނުނީ މުޅީން ވެސް އިހުމާލު ކަމަށް ވިދާޅުވި

ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު ހިޔާ ފްލެޓް ސަރަހައްދުގައި؛ ފެނުނީ މުޅިން ވެސް އިހުމާލު ކަމަށް ވިދާޅުވި - ފޮޓޯ: ޕީޕީއެމް

ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު ހިޔާ ފްލެޓް ސަރަހައްދުގައި؛ ފެނުނީ މުޅިން ވެސް އިހުމާލު ކަމަށް ވިދާޅުވި - ފޮޓޯ: ޕީޕީއެމް

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެމްޕޭނު ހަރަކާތުގެ ގޮތުގައި ތާއިދު ހޯއްދެވުމަށާއި ހިޔާލު ހޯއްދެވުމަށް މިއަދު ހަވީރު ހިޔާ ފްލެޓްތަކަށް ޒިޔާރަތް ކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ބިނާކުރި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، މާލޭ ސިޓީގެ މޭޔަރަކަށް ވެސް ހުންނެވި މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކަކީ އޭރުގެ ސަރުކާރުން ހިންގި މަޝްރޫއަކަށް ވެފައި އެ ތަނުގައި ދިރިއުޅޭ ގިނަ ރައްޔިތުން އެކަން ބަލައިގަންނަ ކަމަށެވެ.

"އަޅުގަނޑަކީ އެ ސަރުކާރުގައި [ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން] ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މަސައްކަތުގައި އުޅުނު މީހާ. ރައީސް ޔާމީނަށް އޮންނަ ތާއީދު މިއަދު މި ފެނިގެން ދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.

Advertisement

ހިޔާގެ 25 ބުރީގެ 16 ޓަވަރުގައި މީހުން ދިރިއުޅެން ފެށީ 2021 ގަ އެވެ. އޭރު ފްލެޓު ސިއްހީ ހިދުމަތް ލިބޭނެ ގޮތާއި ފިހާރުތަކެއް އަދި ކުނި އުކާލެވޭނެ ގޮތެއް ވެސް ނެތެވެ.

ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިއިރު އެންމެ އަސާސީ ހިދުމަތްތައް ގާއިމު ނުކޮށްދެވުނު ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއީ އިހުމާލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

އަދިވެސް ގިނަ ހިދުމަތްތައް ރަނގަޅަށް ގާއިމު ނުވާއިރު ކުރީގެ ސަރުކާރުން ތައްޔާރުކޮށްފައިވާ ޕްލޭނުގެ ބޮޑު ބައެއް ތަންފީޒުނުވެ އޮތުމުން މުއިއްޒު ފާޑުވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހަގީގީ މަންޒަރު ފެނިގެން ދާނެ. މި ތަނަށް އަންނަންވާ ތަރައްގީ ހަގީގީ ސިފައެއްގައި އަންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓުގައި އަސާސީ ހިދުމަތް މި ސަރުކާރުން ގާއިމު ނުކޮށްދޭ ކަމަށް ފާހަގަ ކުރައްވައި މުއިއްޒު ފާޑުވިދާޅުވިއިރު، ހިޔާ ފްލެޓުގެ ބައެއް ޔުނިޓުތައް ދިރިއުޅުމަށް ދޫނުކޮށް، ފިހާރަތަކާއި އާންމު ހިދުމަތްތަކާއި އެހެނިހެން އަސާސީ ހިދުމަތްތަކަށް ހާއްސަކުރީ މި ސަރުކާރުންނެވެ. މިހާރު ހިޔާ ފްލެޓުގައި މަޝްހޫރު ފިހާރަތަކާއި ކްލިނިކްތަކާއި ކެފޭ، ރެސްޓޯރެންޓުތައް އެބަ ހުއްޓެވެ. އަދި ފޭސް ދޭއްގައި ފަސް ސްކޫލަކާއި ދެ ޕްރީ ސްކޫލެއް އަޅަން ނިންމައި، ސެކަންޑްރީ އެއް ސްކޫލާއި ޕްރައިމަރީ ސްކޫލެއް ވަނީ ހުޅުވައިފަ އެވެ. އެ ސަރަހައްދުގައި ހޮސްޕިޓަލްތައް ހަދަން ވެސް ބިން ވަނީ ދޫކޮށްފަ އެވެ.

މުއިއްޒު އިންތިހާބުގައި ވާދަކުރުމަށް، ޕީއެންސީގެ ޓިކެޓު ހޯއްދަވަން ކުރިމަތިލެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭނެ ހާލަތަކަށް ތައްޔާރުވާން ޕީއެންސީން ކެންޑިޑޭޓެއް ނެރެން އެ ޕާޓީގެ ސެނެޓުން ނިންމުމުންނެވެ. ޕީއެންސީގެ ޕްރައިމަރީގައި މުއިއްޒުއާ އާދަމް ޝަރީފް ވާދަކުރެއްވިއިރު މުއިއްޒު އިންތިހާބުވީ އެންމެ ދެ ވޯޓުގެ ފަރަގުންނެވެ.

ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އޮތުމުން، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އިންތިހާބު ބޮއިކޮޓް ކުރުމަށް ނުވަތަ ޕީއެންސީގެ ކެންޑިޑޭޓާއެކު ކުރިއަށް ދިއުމަށް ޕީޕީއެމްގެ ސެނެޓުގައި މަޝްވަރާކުރި އެވެ. ހައިޖާނު ބޮޑުވި، އެ ބައްދަލުވުމުގައި ފާސްވީ މުއިއްޒާއެކު އިންތިހާބުގައި ނުކުތުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox