މުއިއްޒު ބާއްވަން އުޅުނު ޕްރެސްއާ ޕީޕީއެމާ ގުޅުމެއް ނެތް ކަމަށް ބުނެފި

ޑރ. މުއިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް އެހެން ބޭފުޅުންނާއެކު ޕީޖީ އޮފީހުގައި؛ މުއިއްޒު ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުމާއި ޕީޕީއެމާ ގުޅުމެއް ނެތް ކަމަށް ބުނެފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު- ފޮޓޯ:

ޑރ. މުއިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް އެހެން ބޭފުޅުންނާއެކު ޕީޖީ އޮފީހުގައި؛ މުއިއްޒު ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުމާއި ޕީޕީއެމާ ގުޅުމެއް ނެތް ކަމަށް ބުނެފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު- ފޮޓޯ:

ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ބާއްވަން އުޅުނު ޕްރެސް ކޮންފެރެންސްއާ ޕީޕީއެމާ ގުޅުމެއް ނެތް ކަމަށް އެ ޕާޓީން ބުނެފި އެވެ.

މުއިއްޒު، ނޫސްވެރިންނާ ބައްދަލު ކުރައްވަން އޮތީ މިއަދު މެންދުރުފަހު 2:30 ގައި އެބޭފުޅާގެ ދިމްޔަތު ހޮޓަލުގަ އެވެ. އެއީ ސިޓީ ކައުންސިލްގެ މަސައްކަތްތަކާ ނުގުޅޭ މުއިއްޒުގެ އަމިއްލަ އިވެންޓެއް ކަމަށް ސިޓީ ކައުންސިލްގެ މީޑިއާއިން ބުންޏެވެ.

އެ ބައްދަލުވުން މިހާރު އެހެން ދުވަހަކަށް ފަސްކޮށްފައިވާއިރު، މި ނޫސްވެރިންގެ ބައްދަލުވުމާ ގުޅޭ ގޮތުުން ސުވާލުކުރުމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް "އަދަދު" ނޫހަށް ވިދާޅުވީ މުއިއްޒު ބާއްވަން އުޅުނު އިވެންޓަކީ ޕީޕީއެމާ އެއްވެސް ގުޅުމެއް ނެތް އިވެންޓެއް ކަމަށެވެ.

"އެއީ ޕާޓީއާ ގުޅުން ހުރި އިވެންޓެއް ނޫން، އިވެންޓެއް ނުބޭއްވުމަށް ވެސް ޕާޓީން އަންގާފައެއް ނުވާނެ. އެ އިވެންޓު ނުބޭއްވުމަށް އެއްވެސް ޕްރެޝަރެއް ވެސް ކޮށްފައެއް ނުވާނެ،" މުއިއްޒުގެ އިވެންޓް ކެންސަލްކުރީ ޕާޓީން ޕްރެޝަރުކޮށްގެން ކަމަށް އަޑު ފެތުރެމުންދާތީ ސުވާލުކުރުމުން ތޮލާލް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން މުއިއްޒުގެ ބަހެއް ހޯދުމަށް "އަދަދު" އިން ކުރި މަސައްކަތުން އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ މިހާތަނަށް ބަހެއް ލިބިފައެއް ނުވެ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައެއްގައި، ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ.

ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާނެ ކަން އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައިވާއިރު، ޕީޕީއެމްގެ ވެރިން އަދިވެސް ވިދާޅުވަމުން ގެންދަވަނީ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. ޔާމީނަށް ވާދަނުކުރެވޭ ހާލަތުގެ ވާހަކަ ފާޅުގައި ދައްކަވަން ދެކޮޅު ހައްދަވަ އެވެ.

އެކަމަކު، ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ޓިކެޓް ހޯއްދަވަން، އެ ޕާޓީގެ ބައެއް ލީޑަރުން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް ފެތުރެ އެވެ. މުއިއްޒާ ބެހޭ ގޮތުން ވެސް މީގެ ކުރިން އެފަދަ އަޑުތައް ފެތުރުނެވެ.

މުއިއްޒުގެ އަރިސް ބައެއް ބޭފުޅުން "އަދަދު" އަށް މިއަދު ވިދާޅުވެފައިވާ ގޮތުގައި މިއަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަން އުޅުއްވީ ރިޔާސީ އިންތިހާބުގައި ޔާމީނަށް ތާއީދުކުރައްވާކަން އާންމުކޮށް އިއުލާންކުރައްވަން އެދިވަޑައިގެން ޔާމީން ފޮނުއްވި ނޯޓަކާ ގުޅިގެންނެވެ.

ޕީޕީއެމްގެ މުހިންމު ހުރިހާ ނިންމުމެއް ނިންމުމުގެ ބާރު އޮންނަނީ ޕާޓީގެ ސެނެޓަށެވެ. ޕާޓީގެ ސެނެޓުގައި ޕީއެންސީގެ މެމްބަރުންނާއެކު ޖުމްލަ 130 މެމްބަރުން ތިބެ އެވެ.

މުއިއްޒުގެ ޓީމުން ބުނަނީ، ވަގުތާއި ހާލަތު އައިސް ޖެހުމުން އެ ސެނެޓުގެ 79 މެމްބަރުންގެ އަގުލަބިއްޔަތުން މުއިއްޒަށް ރިޔާސީ ޓިކެޓު ދިނުމަށް ފާސް ކުރާނެ ކަމަށެވެ. އެ ވާހަކަތައް ޕީޕީއެމްގެ ބައެއް އެހެން އިސް ބޭފުޅުން ދޮގުކުރައްވަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހަތްވަނަ ދުވަހަށް ހަމަވާއިރު ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދެ މައްސަލަ ވެސް އެ ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. ޕީޕީއެމްގެ ލީޑާޝިޕުން އަދިވެސް ވިދާޅުވަނީ ޔާމީނުގެ ކެންޑިޑެސީއާ މެދު އުންމީދު ނުގެއްލޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox