މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން ފަސްކޮށްފި، ސަބަބު ހާމައެއް ނުކުރޭ

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު؛ ނޫސްވެރިންނާ ބައްދަލުކުރައްވަން ދައުވަތު ދިނުމަށް ފަހު މިހާރު ވަނީ ފަސްކޮށްފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު؛ ނޫސްވެރިންނާ ބައްދަލުކުރައްވަން ދައުވަތު ދިނުމަށް ފަހު މިހާރު ވަނީ ފަސްކޮށްފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ފޮނުވުމަށް ފަހު، އެ ބައްދަލުވުން ފަހުގެ ތާރީހަކަށް ފަސްކޮށްފި އެވެ.

މުއިއްޒުގެ ނޫސްވެރިންނާ ބައްދަލުކުރައްވަން އޮތީ މިއަދު މެންދުރުފަހު 2:30 ގައި އެބޭފުޅާގެ ދިމްޔަތު ހޮޓަލުގަ އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ ސިޓީ ކައުންސިލްގެ މަސައްކަތްތަކާ ނުގުޅޭ މުއިއްޒުގެ އަމިއްލަ އިވެންޓެެއް ކަން ކައުންސިލްގެ މީޑިއާ އޮފިޝަލު ވަނީ "އަދަދު" އަށް އޭރު ކަށަވަރު ކޮށްދީފަ އެވެ.

އޭނާ މީގެ ކުޑައިރުކޮޅެއް ކުރިން "އަދަދު" އަށް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުން ފަހުގެ ތާރީހަކަށް ފަސްކުރެވިފައިވާ ކަމަށެވެ. އެ ބައްދަލުވުން ދެން ބާއްވާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ . އަދި މިއަދު ނޫސްވެރިންގެ ބައްދަލުވުން ފަސްކުރި ސަބަބެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.

Advertisement

މިކަމާ ގުޅިގެން މުއިއްޒުގެ ބަހެއް ހޯދުމަށް "އަދަދު" އިން ކުރި މަސައްކަތުން އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ މިހާތަނަށް ބަހެއް ލިބިފައެއް ނުވެ އެވެ.

ބޭރުފުށަށް ފެންނަ ފެނުމުގައި، މުޅި ޕީޕީއެމް އޮތީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޔާމީންގެ ފަހަތްޕުޅުގަ އެވެ. ޕީޕީއެމްގެ ވެރިން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ކުރެއްވޭނެ ކަމަށެވެ.

އެކަމަކު، ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ނުކުމެވަޑައި ނުގެންނެވޭ ހާލަތެއްގައި ޕީޕީއެމްގެ ޓިކެޓް ހޯއްދަވަން، އެ ޕާޓީގެ ބައެއް ލީޑަރުން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް ފެތުރެ އެވެ. މުއިއްޒާ ބެހޭ ގޮތުން ވެސް މީގެ ކުރިން އެފަދަ އަޑުތައް ފެތުރުނެވެ.

މުއިއްޒުގެ އަރިސް ބައެއް ބޭފުޅުން "އަދަދު" އަށް މިއަދު ވިދާޅުވެފައިވާ ގޮތުގައި މިއަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ ރިޔާސީ އިންތިހާބުގައި ޔާމީނަށް ތާއީދުކުރައްވާކަން އާންމުކޮށް އިއުލާންކުރައްވަން އެދިވަޑައިގެން ޔާމީން ފޮނުއްވި ނޯޓަކާ ގުޅިގެންނެވެ.

ޕީޕީއެމްގެ މުހިންމު ހުރިހާ ނިންމުމެއް ނިންމުމުގެ ބާރު އޮންނަނީ ޕާޓީގެ ސެނެޓަށެވެ. ޕާޓީގެ ސެނެޓުގައި ޕީއެންސީގެ މެމްބަރުންނާއެކު ޖުމްލަ 130 މެމްބަރުން ތިބެ އެވެ. މުއިއްޒުގެ ޓީމުން ބުނަނީ، ވަގުތާއި ހާލަތު އައިސް ޖެހުމުން އެ ސެނެޓުގެ 79 މެމްބަރުންގެ އަގުލަބިއްޔަތުން މުއިއްޒަށް ރިޔާސީ ޓިކެޓު ދިނުމަށް ފާސް ކުރާނެ ކަމަށެވެ.

"އެއްވެސް މައްސަލައެއް ނޫން އެއީ. ސެނެޓުގެ 79 މެމްބަރުން ތިބީ އަހަރުމެންނާއެކީ. މުއިއްޒަށް ވޯޓު ދޭނެ އެމީހުން،" ކުރިން ވާހަކަ ދެއްކި މުއިއްޒު ޓީމުގެ މީހާ ބުންޏެވެ.

ނަމަވެސް ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ޓިކެޓު އާންމު އުސޫލެއްގެ ގޮތުން ލިބޭނީ ޕްރައިމަރީއަކުންނެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ނަމަ އެބޭފުޅަކަށް ޓިކެޓު ދޭން ސެނެޓުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ނިންމިދާނެ އެވެ. އޯގަސްޓް، 2022، ގައި ރައީސް ޔާމީނަށް ޕީޕީއެމުން ރިޔާސީ ޓިކެޓު އެރުވީއެ ގޮތަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހަތްވަނަ ދުވަހަށް ހަމަވާއިރު ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދެ މައްސަލަ ވެސް އެ ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. ޕީޕީއެމްގެ ލީޑާޝިޕުން އަދިވެސް ވިދާޅުވަނީ ޔާމީނުގެ ކެންޑިޑެސީއާ މެދު އުންމީދު ނުގެއްލޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox