އާރްއާރްސީ އާއި ޕްރިޒަންގެ ވަރުގަދަ ފެށުން ކުރިއަށް، ފެނަަކަ ފޯމަކަށް

Jul 24, 2023, 4:00 AM
ކްލަބް މޯލްޑިވްސް ކަޕްގައި ރޭ އާރްއާރްސީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ އާރްއާރްސީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ، އާރްއާރްސީ އާއި ޕްރިޒަން ކްލަބްގެ ވަރުގަދަ ފެށުން ކުރިއަށް ގެންދިޔައިރު، މީޑިއާނެޓް އަތުން ތަފާތު ބޮޑު މޮޅެއް ހޯދައި އެންމެ ފަހުގެ ޗެމްޕިއަން ޓީމު ފެނަކަ ފޯމަކަށް އެޅިއްޖެ އެވެ.

ގްރޫޕް ޖީގައި ފެނަކަ އިން ވަނީ 8-1 އިން މީޑިއާނެޓް ބަލިކޮށްފަ އެވެ. ގްރޫޕް އެފްގައި ކްލަބް ފެން އަތުން ޕްރިޒަން މޮޅުވީ 6-4 އިންނެވެ. އަދި ގްރޫޕް އެޗްގައި އާރްއާރްސީން ވަނީ ކްލަބް ޓީއެމްއޭ އަތުން 7-2 އިން މޮޅުވެފަ އެވެ.

ފުރަތަމަ މެޗުގައި އޭވިއޭޝަން ސެކިއުރިޓީއާ އެއްވަރުވި ފެނަކަ ރޭގެ މެޗުގައި މީޑިއާނެޓް ކޮޅަށް ޖެހި އަށް ގޯލުގެ ތެރެއިން ފަސް ގޯލު ޖެހީ އެ ޓީމުގެ އީރާން ކުޅުންތެރިޔާ، މައްސޫދު މާޖިދު ފަލާހީ އެވެ. އަނެއް ތިން ގޯލު ޖެހީ މުހައްމަދު އިންޝާލް، މުހައްމަދު އިޔާދު އަލީ އަދި ހާޒިމް ފައުޒީ އެވެ. މީޑިއާނެޓްގެ ގޯލު ޖެހީ މުހައްމަދު ސަމީހު އެވެ.

ޕްރިޒަން އިން ފެން ބަލިކުރިއިރު، ޕްރިޒަންގެ ލަނޑުތައް ޖެހީ މުހައްމަދު ޝާއިން ދެ ގޯލާއި އަހުމަދު ހުސާމް (ހުސާންކޮ)، ޝަނާން ރަޝާދު، މުރުތަޖާ މުހައްމަދު އެވެ. ފެން ކްލަބްގެ ލަނޑުތައް ޖެހީ، އަހުމަދު މާޒިން، ރައްޒާން ޖައުފަރު، ސޮލާހު އަލީ އަދި އަހުމަދު ރައްޔާން އެވެ.

އާރްއާރްސީން ރޭގެ މެޗުގައި ލަނޑުތައް ޖެހީ ހުސެއިން ގައްސާން ލަބީބް ހެޓްރިކަކާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، އަބްދުﷲ ޔާމީން (ޔާނު)، ހިސާމް ސަލީމް (ކޮކީ) އަދި އިބްރާހިމް އަސްވަދު އެވެ. ޓީއެމްއޭގެ ގޯލުތައް ޖެހީ އުސައިރަމް މުހައްމަދު އާއި އަހުމަދު ވާފިރު އެވެ.

ރޭ ކުޅުނު ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ މެޗުގައި ހޯމް އެފެއާޒް ރެކްރިއޭޝަން ކްލަބް އަތުން އެޗްޕީއެސްއެން ވަނީ 3-1 އިން މޮޅުވެފަ އެވެ. އެޗްޕީއެސްއެންގެ ގޯލުތައް ޖެހީ އިޝާން އަބްދުﷲ ދެ ގޯލާއި އަހުމަދު ވަދީއު އެވެ. ހޯމްއެފެއާޒްގެ ލަނޑު ޖެހީ މުހައްމަދު އާއިޝް މުސްތަފާ އެވެ.

މުބާރާތުގައި މިއަދު ހަވީރު އޮންނާނީ ކްލަބް މޯލްޑިވްސް ކަޕްގެ ދެ މެޗެވެ. މިރޭ ކުރިއަށްދާނީ ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ހަތަރު މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox