ޕީޕީއެމުން ކެނޑިގެން މުއިއްޒުގެ ކޮއްކޮ ގާލިބު އެމްޑީޕީއަށް

Jun 19, 2023, 3:13 PM
މާލޭގެ މޭޔަރު ޑރ. މުއިއްޒުގެ ކޮއްކޮ ގާލިބު އެމްޑީޕީއަށް ސޮއިކުރެއްވި ފޯމު ރައީސް ސޯލިހަށް ހަވާލުކުރައްވަނީ - ފޮޓޯ: އެމްޑީޕީ

މާލޭގެ މޭޔަރު ޑރ. މުއިއްޒުގެ ކޮއްކޮ ގާލިބު އެމްޑީޕީއަށް ސޮއިކުރެއްވި ފޯމު ރައީސް ސޯލިހަށް ހަވާލުކުރައްވަނީ - ފޮޓޯ: އެމްޑީޕީ

އިދިކޮޅު ޕީޕީއެމުން ދާދި ފަހުން ކެނޑިގެން ދިޔަ، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ދެބެއިންގެ ދެދަރި ކޮއްކޮ އަހުމަދު ގާލިބު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކޮށްފި އެވެ.

ޕީޕީއެމްގެ ކެލާ ދާއިރާގެ ސެނެޓަރުގެ މަގާމުގައި ހުއްޓައި، އެ ޕާޓީން ވަކިވި ގާލިބު އެމްޑީޕީއަށް ސޮއިކުރިކަން އެމްޑީޕީން ކުރި ޓްވީޓަކުން ވަނީ ހާމަކޮށްފަ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ގާލިބުގެ އިތުރަށް ވެސް ޕީޕީއެމްގެ އިތުރު މެންބަރުންތަކެއް މިރޭ ވަނީ އެ ޕާޓީއާ ގުޅިފަ އެވެ.

ޕީޕީއެމުން ވަކިވިކަން ހާމަކުރަމުން ގާލިބު މީގެ ކުރިން ކުރި ޓްވީޓެއްގައި ލިޔެފައިވަނީ އެ ޕާޓީގައި ކުރިއަށް ދިޔުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށެވެ.

ހއ. ވަށަފަރު ކައުންސިލްގެ ނައިބު ރައީސްކަން ވެސް މީގެ ކުރިން ކުރައްވާފައިވާ ގާލިބު އެމްޑީޕީއަށް މިއަދު ގުޅުނު އިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ޝައުގުވެރިކަން އޭނާގެ ބޭބެ އަދި މާލޭގެ މޭޔަރު މުއިއްޒު ގެންގުޅުއްވާ ކަމުގެ އަޑުތައް ގަދަ އެވެ.

ނަމަވެސް މުއިއްޒު އެ ކަން ދޮގުކުރައްވަ އެވެ. މީގެ ކުރިން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވެސް މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުން އޭނާއަށް ހަވާލުކޮށްފައިވާ ޒިންމާ ދައުރުގެ މެދު ތެރެއިން ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ރިޔާސީ ޓިކެޓާ ގުޅިގެން ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ. ނަމަވެސް ގާލިބު އެ ޕާޓީން ވަކިވީ މިފަދަ ސަބަބަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox