ޕޮޗެޓީނޯ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޗެލްސީއާ ހަވާލުވެއްޖެ

May 29, 2023, 2:38 PM
ޕޮޗެޓީނޯ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޗެލްސީއާ ހަވާލުވެއްޖެ

ލަންޑަން (މެއި 29) - އާޖެންޓީނާ އަށް އުފަން ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޗެލްސީއާ ހަވާލުވެއްޖެ އެވެ.

ޗެލްސީ އަކީ ޕޮޗެޓީނޯގެ 14 އަހަރުގެ ކޯޗިން ކެރިއަރުގައި އިރުޝާދުދޭނެ ފަސް ވަނަ ޓީމެވެ. މީގެ ކުރިން ޕޮޗެޓީނޯ ވަނީ ސްޕެއިނުގެ އެސްޕަންޔޯލާއި އިނގިރޭސި ދެ ކްލަބް ކަމަށްވާ ސައުތެމްޓަން އާއި ޓޮޓެންހަމްގެ އިތުރުން ފްރާންސްގެ ގަދަބާރު، ޕީއެސްޖީ އަށް ކޯޗުކޮށްދީފަ އެވެ.

ޕޮޗެޓީނޯ، 51، އަކީ ޗެލްސީ ހިންގުމާ އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ހަވާލުވި ފަހުން، ޗެލްސީ އަށް އިރުޝާުދުދޭ ފުލްޓައިމް ތިން ވަނަ ކޯޗެވެ. އޭގެ އިތުރުން، ވަގުތީ ގޮތުން ޗެލްސީ އަށް ދެ ކޯޗުން އިރުޝާދު ދިނެވެ. އެ ގޮތުން ބޯލީ ހަވާލުވިއިރު، ފުރަތަމަ ހުރީ ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް އެވެ.

ޓުޗެލް ވަކިކޮށް ދިގު ކޮންޓްރެކްޓެއްގައި ގެނައީ ބްރައިޓަންގައި ހުރި ގްރަހަމް ޕޮޓާ އެވެ. ފަސް އަހަރުގެ ކޮންޓްރެކްޓެއް ދިން ޕޮޓާ ވަކިކުރީ ހަތް މަސް ދުވަސްތެރޭ އެވެ. ޕޮޓާ ވަކިކުރުމަށް ފަހު، ދެން ވަގުތީ ގޮތުން ޗެލްސީ އަށް އިރުޝާދުދިނީ ބްރޫނޯ ސަލްޓޯ އާއި ކުރިން ޗެލްސީ އަށް ކުޅެ ފަހުން، ކޯޗެއްގެ ގޮތުގައި ވެސް ހުރި ފްރޭންކް ލަމްޕާޑް އެވެ. ޗެލްސީ ސީޒަން ނިންމާލީ ލީގުގެ 12 ވަނައިގަ އެވެ. މިއީ 1994 ވަނަ އަހަރަށް ފަހު ޗެލްސީ އެންމެ ދަށްކޮށް ދިޔަ ފަަހަރެވެ.

ޖުލައި އެއް ވަނަ ދުވަހު ރަސްމީކޮށް ޕޮޗެޓީނޯ ޗެލްސީގެ މަސައްކަތާ ހަވާލުވާއިރު، އޭނާގެ ކޮންޓްރެކްޓްގައިވާ ގޮތުން ދެ އަހަރު ނިމުމަށް ފަހު އިތުރު އެއް އަހަރަށް އެއްބަސްވުން އާ ކުރެވޭނެ އެވެ. އެއީ ފުރަތަމަ ދެ އަހަރު ތެރޭ ޗެލްސީގެ ބޯޑު ހިތްހަމަޖެހޭ ވަރުގެ މަސައްކަތެއް ޕޮޗެޓީނޯ އަށް ކުރެވިއްޖެނަމަ އެވެ.

ޗެލްސީން ބުނީ ޕޮޗެޓީނޯ އަކީ އެ ކްލަބުން ދާން ބޭނުންވާ މިސްރާބަށް ބަލާއިރު، ތަފާތެއް ގެނެވިދާނެ ފަދަ ރަނގަޅު "ޓްރެކް ރެކޯޑް" އެއް އޮތް ކޯޗެއް ކަމަށެވެ.

ޕޮޗެޓީނޯ ކޯޗިން ކެރިއަރު ފެށީ 2009 ވަަނަ އަހަރު ސްޕެއިނުގެ އެސްޕަންޔޯލް އިންނެވެ. އެ ޓީމަށް ތިން އަހަރު އިރުޝާދު ދިނުމަށް ފަހު، ޕޮޗެޓީނޯ، 2013 ވަނަ އަހަރު ވަނީ އިނގިރޭސި ކްލަބް، ސައުތެމްޓަނާ ހަވާލުވެފަ އެވެ. އެ ޓީމުގައި އެއް އަހަރު ކުރި ރަނގަޅު މަސައްކަތާ އެކު، 2014 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އަށް ގެންދިޔަ އެވެ. ކޯޗިން ކެރިއަރުގައި މިހާތަނަށް ޕޮޗެޓީނޯ އެންމެ ރަނގަޅު މަސައްކަތެއް ކުރީ ޓޮޓެންހަމްގައި ހޭދަކުރި ފަސް އަހަރުގަ އެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ޓޮޓެންހަމަށް ކޯޗުކޮށްދިންއިރު، އެ ޓީމަކީ ޗެމްޕިއަންސް ލީގުގައި ވާދަކުރެވޭނެ ޓީމަކަށް ހަދައި، ރަނގަޅު ސްކޮޑެއް އެކުލަވާލި އެވެ.

އެންމެ ފަހުން ޕޮޗެޓީނޯ، ކޯޗެއްގެ ގޮތުގައި ފެނިފައިވަނީ ޕީއެސްޖީންނެވެ. ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗުކަމުން މިދިޔަ ސީޒަނަށް ފަހު ޕޮޗެޓީނޯ ވަކިކުރިއިރު، އޭނާ ވަނީ އެ ޓީމަށް 18 މަސް ދުވަހު ކޯޗުކޮށްދީފަ އެވެ. ޕޮޗެޓީނޯ ވަނީ ޕީއެސްޖީ އަށް ފްރެންްޗް ލީގާއި ފްރެންޗް ކަޕް ހޯދައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox