ކައުންސިލުން ހިންގަން އުޅުނު ލޯކަލް މާރުކޭޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓު ސަރުކާރުން ހުއްޓުވައިފި

މާލޭގައި މިހާރު ހިންގާ ލޯކަލް މާރުކޭޓު: އެ ބިމުގައި ސިޓީ ކައުންސިލުން އާ އިމާރާތެއް އެޅުމަށް ފެށި މަޝްރޫއު ޕްލޭނިން މިނިސްޓްރީން ވަނީ ހުއްޓުވާފަ - ފޮޓޯ: އަދަދު

މާލޭގައި މިހާރު ހިންގާ ލޯކަލް މާރުކޭޓު: އެ ބިމުގައި ސިޓީ ކައުންސިލުން އާ އިމާރާތެއް އެޅުމަށް ފެށި މަޝްރޫއު ޕްލޭނިން މިނިސްޓްރީން ވަނީ ހުއްޓުވާފަ - ފޮޓޯ: އަދަދު

މާލޭ ލޯކަލް މާރުކޭޓު ތަރައްގީކޮށް، އާ އިމާރާތެއް އެޅުމަށް ސިޓީ ކައުންސިލުން އިއުލާނު ކުރި މަޝްރޫއު ޕްލޭނިން މިނިސްޓްރީއިން ހުއްޓުވައިފި އެވެ.

މިދިޔަ ހަފުތާ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި އެ މަޝްރޫއު ހުއްޓުވުމަށް ޕްލޭނިން މިނިސްޓްރީއިން މި ހަފުތާގެ ތެރޭގައި ސިޓީއެއް ފޮނުވާފައިވާކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ.

އެގޮތުން އެ ސިޓީގައި މިނިސްޓްރީން ވަނީ ސިޓީ ކައުންސިލްގެ މި މަޝްރޫއު ކުރިއަށް ގެންދެވޭނީ މާލޭ ޕްލޭނިން ގަވާއިދުގެ ދަށުން އެ މިނިސްޓްރީގެ ހުއްދަ ލިބި، ކޮންސެޕްޓު ޑިސައިން ފާސްކޮށްގެން ކަމަށެވެ.

Advertisement

މިހާރު ލޯކަލް މާރުކޭޓު ހިންގާ ބިމުގައި އެ އިމާރާތް އެޅުމަށް ސިޓީ ކައުންސިލުން އާންމުކުރި ޕްލޭނުގައި ބުނެފައިވާ ގޮތުން އެ ބިން ހުސްކުރުމަށްފަހު މިހާރު ގޮޅި ހިންގާ ފަރާތްތަކަށް މާލޭގެ ދެ ސަރަހައްދެއްގައި ވަގުތީ މާރުކޭޓުތަކެއް އެޅޭނެ އެވެ. ނަމަވެސް މިނިސްޓްރީން ވަނީ އެކަންވެސް ހުއްޓުވާފަ އެވެ.

އެގޮތުން ހައި ކޯޓު ކުރިމަތީ އޮންނަ، މިހާރު ވަގުތީގޮތުން ޕާކިންއަށް ބޭނުންކުރާ މާލޭ ކޮށި ނަމްބަރު 211 ގައި އެޅުމަށް ސިޓީ ކައުންސިލުން ނިންމި ވަގުތީ މާރުކޭޓު ނޭޅޭނެ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ފޮނުވި އެ ސިޓީގައި މިނިސްޓްރީން ބުނީ އެ ބިމަކީ ދައުލަތުގެ ބޭނުމަށް ނަގާފައިވާ ބިމެއް ކަމަށެވެ.

މި މަޝްރޫއާ ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެއްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ކަންކަން މަޝްވަރާކޮށް ރާވަމުން ގެންދާތާ އަހަރެއްވެފައިވާ ކަމަށާއި މިހާރު އެ މަޝްރޫއު ވަނީ އިއުލާންކޮށްގެން، ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން ބަޔަކާ ހަވާލުކޮށްފައި ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ސިޓީއާ ގުޅިގެން ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ މަޝްރޫއު ހުއްޓުވިކަން އަދި އޭނާއަށް ނޭނގޭ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން "ކޮންމެ ކަމެއް" ކުރަން އުޅުނަސް ސަރުކާރުން ދަތިކުރާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ބޭސްމަންޓު ހިމެނޭހެން ހަތަރު ފަންގިފިލާގެ އިމާރާތެއް އެޅުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. އެގޮތުން ބޭސްމަންޓުގައި ޕާކިން އޭރިއާ، ގްރައުންޑު ފްލޯގައި މަސްމާރުކޭޓު، 1-3 ވަނަ ފްލޯއަށް އާންމު މާރުކޭޓުތައް އެޅުމަށް ނިންމާފައިވާއިރު އެ އިމާރާތުގެ ޓެރަސް އެޅުމަށް ހަމަޖެހިފައިވަނީ ކުއްޔަށް ދެވޭ ކެފޭއެއްގެ ޑިޒައިނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox