ވިލިމާލޭގައި ބަގީގެ ހިދުމަތް މި މަހު 16 ގައި ފަށަނީ، ރޯދަ މަހު ދަތުރުތައް ހިލޭ

ވިލިމާލޭގައި ދުއްވުމަށް ސިޓީ ކައުންސިލުން ގެނެސްފައިވާ ބަގީއެއް - ފޮޓޯ: ސިޓީ ކައުންސިލް

ވިލިމާލޭގައި ދުއްވުމަށް ސިޓީ ކައުންސިލުން ގެނެސްފައިވާ ބަގީއެއް - ފޮޓޯ: ސިޓީ ކައުންސިލް

ވިލިމާލޭގައި ބަގީގެ ހިދުމަތް މި މަހުގެ 16 ގައި ފަށާނެ ކަމަށާއި، ރޯދަ މަހުން ފެށިގެން ފިތުރު އީދު ނިމެންދެން ބަގީގެ އާންމު ދަތުރުތައް ހިލޭ ކުރާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ދިނުމަށް އިލެކްޓްރިކް 10 ބަގީ ވަނީ ގެނެސްފަ އެވެ. އަގުތައް ކަނޑަޅާފައިވާއިރު، އާންމު ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެކެވެ. ނަމަވެސް، ރޯދަ މަހުން ފެށިގެން ފިތުރު އީދު ނިމެންދެން އެ ދަތުރުތައް ހިލޭ ކުރެވޭނެ އެވެ.

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރޯދަ މަހު ބަގީގެ އާންމު ދަތުރުތައް ހިލޭކުރި ނަމަވެސް، ކުލީ ދަތުރުތަކަށް އަގު ނަގާނެ ކަމަށެވެ.

އަމިއްލަ ދަތުރުތަކުގެ އަގުތައް

  • 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
  • 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
  • 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

ފިތުރު އީދަށް ފަހު ވެސް، 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރެޖިސްޓަ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ބަގީގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފަށާއިރު، އެމްޓީސީސީން ވަނީ އެ އަވަށުގައި މިނީ ބަހުގެ ހިދުމަތް ފަށައިފަ އެވެ. މިކަމާއި ގުޅިގެން މޭޔަރު މުއިއްޒު މީގެ ކުރިން ވަނީ އެމްޓީސީސީއަށް ވަރަށް ބޮޑަށް ފާޑުކިޔުއްވާފަ އެވެ.

"ކައުންސިލް އިން ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ބަގީ ސާވިސް ފެށުމަށް ހުރިހާ ތައްޔާރީއެއްވެ ނިމިފައި އޮއްވައި ސަރުކާރުން މިކަން ކުރަން އުޅުމަކީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ނާތަހުޒީބް އަމަލެއް،" ވިލިމާލެއަށް މިނީ ބަސް ތައާރަފްކުރުމާ ގުޅިގެން އޭރު ކުރެއްވި ޓުވީޓެއްގައި ޑރ. މުއިއްޒު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ފެށީ، ކުރިން އެ އަވަށުގައި ބަގީގެ ހިދުމަތް ދޭން ހަވާލުކުރި އަމިއްލަ ކުންފުނިން އެ ހިދުމަތް ހުއްޓާލުމުންނެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ކުރިއަށްނުދާތީ، އެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި އޮތް ކުންފުނިން އެ މަސައްކަތް ހުއްޓާލައި، ދީފައިވާ ބިންތައް ހަތް ދުވަސް ތެރޭގައި ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެ ކުންފުންޏަށް އެންގުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ އެނގުމަށް އަމަލު ނުކުރަން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި އޮތީ އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެހެން ނަމަވެސް، އެ ކުންފުނިން ވަނީ ފަހުން އެ މަސައްކަތް 99 ހޯލްޑިންސް ކުންފުންޏަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox