ޗެލްސީގެ ޒިޔެޗަށް ޕީއެސްޖީ އަށް ބަދަލުނުވެވުނީ ކީއްވެ؟

Feb 2, 2023, 4:42 AM
ޗެލްސީގެ ޒިޔެޗަށް ޕީއެސްޖީ އަށް ބަދަލުނުވެވުނީ ކީއްވެ؟

ޕެރިސް (ފެބްރުއަރީ 2) - ޗެލްސީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ވިންގް، ހަކީމް ޒިޔެޗް އަށް، ޓްރާންސްފާ މާކެޓްގެ ފަހު ދުވަހުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ބަދަލުނުވެވުމާ ގުޅޭގޮތުން މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވޭއިރު، ގިނަ ތުހުމަތުތަކެއް ޗެލްސީ އާއި ޕީއެސްޖީ އަށް އަމާޒުވެއްޖެ އެވެ.

ޒިޔެޗް، 29، ވަނީ ހަ މަސް ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އަށް ބަދަލުވުމަށް، މެޑިކަލް ހަދައި، ކޮންޓްރެކްޓަކާ މެދު ވެސް ހުރިހާ ކަމެއް ފައިނަލްކޮށްފަ އެވެ. އެކަމަކު، ޗެލްސީ އާއި ޕީއެސްޖީން ފަހު ވަގުތު ޒިޔެޗްގެ ޓްރާންސްފާ ރަޖިސްޓްރީ ކުރަން ފޮނުވަން ޖެހޭ ލިޔެކިޔުންތައް ވަގުތަށް ފުރިހަމަކޮށްފައި ނުވާތީ، ޒިޔެޗްގެ ޑީލް އެއްކޮށް ނިންމައިނުލެވުނެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޒިޔެޗް ގެންދަން ޕީއެސްޖީން ދޭން އެއްބަސްވި ލޯން ފީއާ މެދު ފަހު ވަގުތު ޗެލްސީން ހިތްހަމަނުޖެހި، ގަސްދުގައި ލިޔެކިޔުންތައް ވަގުތަށް ނުފޮނުވީ އެވެ. ފްރާންސްގެ ލެކިއުޕޭ ނޫހުން ރިޕޯޓްކުރާ ގޮތުގައި ޗެލްސީން ބެންފީކާގެ އެންޒޯ ފެނާންޑޭސްގެ ޑީލް ނިންމަން ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން، ޒިޔެޗްގެ ޑީލްގައި ފަރުވާ ކުޑަކޮށްލީ އެވެ. އަދި ޒިޔެޗްގެ ޓްރާންސްފާއާ ގުޅޭ ނުރަނގަޅު ތިން ލިޔުމެއް ޗެލްސީން ފޮނުވި ކަމަށް ވެސް ފްރާންސް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމަކު، އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޒިޔެޗްގެ ޓްރާންސްފާ ރަޖިސްޓްރީ ކުރުމުގައި ލަސްތަކެއް އުޅުނީ ޕީއެސްޖީގެ ފަރާތުންނެވެ.

ކުރިން އަޔަކްސް އަށް ކުޅުނު ޒިޔެޗްގެ ކޮންޓްރެކްޓް ރަޖިސްޓްރީ ކުރަން ފުރުސަތެއް ދޭތޯ، ފްރެންޗް ފުޓްބޯޅަ ލީގު ހިންގާ އެލްއެފްޕީ ކައިރިން ޕީއެސްޖީން އެދުނެވެ. އެހެން ނަމަވެސް އެ އަށް އެއްބާރުލުމެއް ލިބޭ ގޮތެއް ނުވެ، ޒިޔެޗްގެ ޓްރާންސްފާގެ ދޮރުތައް ޕީއެސްޖީ އަށް އެއްކޮށް ބަންދުވީ އެވެ.

މިހާރު މި ދިމާވި ގޮތުން، ޒިޔެޗް އަށް މި ވަނީ ސީޒަނުގެ ނިޔަލަށް ޗެލްސީގައި މަޑުކުރަން ޖެހިފަ އެވެ. ޗެލްސީން މި މަހު އެކަނި ވެސް އަށް ކުޅުންތެރިން ގެނެސްފައިވާއިރު، ޒިޔެޗަށް މެޗުތަކުގައި ކުޅެލަން ލިބޭ ފުރުސަތު ކުރިއަށް ވުރެ ވެސް މަދުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox