މި އަހަރުގެ ގައުމީ ބޮޑީބޯޑިން ޓީމަކީ ކުޑަ އައްޔަ، ޖާއްޓެ، ނަޒްމީން އަދި ވިއާމް

Jan 19, 2023, 4:25 AM
މި އަހަރުގެ ގައުމީ ބޮޑީބޯޑިން ޓީމަކީ ކުޑަ އައްޔަ، ޖާއްޓެ، ނަޒްމީން އަދި ވިއާމް

ގައުމީ ބޮޑީބޯޑިން ޓީމުގެ ޖާގަ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ)، އަލީ ޖާވިދު (ޖާއްޓެ)، މުހައްމަދު ވިއާމް ދެމެހެއްޓިއިރު، މެދުކެނޑުމަކަށް ފަހު ގައުމީ ޓީމުން އަހުމަދު ނަޒްމީން ޖާގަ ހޯދައިފި އެވެ.

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ޓީމް އެކުލަވާލީ މިދިޔަ އަހަރުގެ ގައުމީ ބޮޑިބޯޑިން ލީގުގެ ތިން މުބާރާތަށް ބެލުމަށްފަހުގަ އެވެ. އެ ގޮތުން މިދިޔަ އަހަރު ކުރިއަށްދިޔަ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖާއި، މޯލްޑިވްސް ޕްރޯ ޓްރަޔަލްގެ އިތުރުން ގައުމީ ބޮޑީބޯޑިން މުބާރާތް ކަމަށްވާ ބަނޑުފިލާ ޗެލެންޖުގެ ނަތީޖާތަކަށް ބެލުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބުނު ހަތަރު ބޯޑަރުންނަކީ ކުޑަ އައްޔަ، ޖާއްޓެ، ވިއާމް އަދި ނަޒްމީން އެވެ.

ރޭންކިންގެ އެއް ވަނަ ހޯދީ ކުޑަ އައްޔަ އެވެ. އައްޔަ ވަނީ މިދިޔަ އަހަރުގެ ތިން މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ. ގައުމީ މުބާރާތް ފަސް ވަނަ ފަހަރަށް މިދިޔަ އަހަރު ކާމިޔާބުކުރި ކުޑަ އައްޔަ އަކީ އަލަށް ކުރިއަށްގެންދިޔަ ގައުމީ ބޮޑީބޯޑިން ލީގުގެ ވެސް ޗެމްޕިއަނެވެ. ކުޑަ އައްޔަ ވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ "މޯލްޑިވްސް ޕްރޯ"ގައި ވާދަކޮށް ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. އެ ގޮތުން ފިރިހެން އޯޕަން ބައިގެ ގަދަ އަށެއްގައި ވާދަކުރިއިރު، ޑްރޮޕް-ނީ ބައިގެ ސެމީ ފައިނަލުގައި އޭނާ ވާދަކުރި އެވެ.

ގައުމީ ޓީމްގެ ދެ ވަނަ ހޯދި ޖާއްޓެ ވަނީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖާއި މޯލްޑިވްސް ޕްރޯ ޓްރަޔަލްގެ ދެވަނަ ހޯދައިފަ އެވެ. ނަމަވެސް ގައުމީ މުބާރާތުގެ ހަތަރު ވަނަ ބުރުން އޭނާ ކެޓީ އެވެ. ޖާއްޓެ އަކީ ކުޑަ އައްޔަގެ ފަހަތުން ގައުމީ ޓީމްގެ ދެ ވަނަ ޖާގަ މިދިޔަ ހަ އަހަރަށް ބަލާއިރު ދަމަހައްޓަމުން އަންނަ އެތުލީޓެވެ.

ގައުމީ ލީގުގެ ތިން ވަނަ ހޯދި އަހުމަދު ނަޒްމީން ގައުމީ ޓީމްގެ ޖާގަ ކަށަވަރުކުރީ ގައުމީ މުބާރާތުގައި ހޯދި ރަނގަޅު ނަތީޖާއާ އެކު ގަ އެވެ. ނަޒްމީން ވަނީ ބަނޑުފިލާ ޗެލެންޖުގައި ފައިނަލާ ހަމައަށް އޭނާ ވާދަކުރި ހުރިހާ ހީޓެއް ކާމިޔާބުކޮށްފަ އެވެ. ފައިނަލުގައި ކުޑަ އައްޔަ އަތުން ބަލިވި ނަމަވެސް ގައުމީ ޓީމުގެ ޖާގަ އޭނާ ޔަގީންކުރި އެވެ.

ގައުމީ ޓީމްގެ ހަތަރު ވަނަ ހޯދީ ފުވައްމުލަކުގެ ބޯޑަރު މުހައްމަދު ވިއާމް އެވެ. އޭނާ އަލަށް ގައުމީ ޓީމުން ޖާގަ ހޯދީ މިދިޔަ އަހަރު އެވެ. ގައުމީ ޓީމުގައި ހިމެނިގެން މޯލްޑިވްސް ޕްރޯގައިވެސް އޭނާ ވާދަކުރި އެވެ. ވިއާމް މިދިޔަ އަހަރު ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖާއި މޯލްޑިވްސް ޕްރޯ ޓްރަޔަލްގެ ސެމީ ފައިނަލުގައި ވާދަކުރި އެވެ. ގައުމީ މުބާރާތުން ކެޓީ ކުއާޓާ ފައިނަލުންނެވެ.

ޖޫނިއާ ގައުމީ ޓީމުގައި ހިމެނޭ ބޮޑީބޯޑަރުން.

މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޖޫނިއާ ކެޓަގަރީތަކުގެ އިވެންޓުތަކަށް ފަހު ގައުމީ ޓީމުން ޖާގަ ހޯދީ އާމިން އުމަރު މޫސާ އާއި މުހައްމަދު ޖަރީޝް ޖިހާދުގެ އިތުރުން މުހައްމަދު ކައިފް އާއި އިޔާން އަހުމަދު އެވެ.

މި އެތުލީޓުންގެ ތެރެއިން އާމިން އަކީ ގައުމީ މުބާރާތުގެ ޗެމްޕިއަނެވެ. މިދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެތުލީޓު ވަނީ ރާއްޖޭގައި ކުރިއަށްގެންދިޔަ މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ފައިނަލުގައިވެސް ވާދަކޮށްފަ އެވެ.

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ސެމީ ފައިނަލުން އާމިން ބަލިވިއިރު، މޯލްޑިވްސް ޕްރޯ ޓްރަޔަލް އިން ކެޓީ ތިން ވަނަ ބުރުންނެވެ.

ޖޫނިއާ ޓީމުގައި މިދިޔަ އަހަރުވެސް ހިމެނުނު ޖަރީޝް ޖިހާދު އަކީ މިދިޔަ އަހަރުގެ ތިން މުބާރާތުގައި ވެސް ރަނގަޅު ކާމިޔާބެއް ހޯދި އެތުލީޓެކެވެ. އޭނާ ވަނީ ސީނިއާ އަދި ޖޫނިއާ ބައިގައިވެސް ވާދަކޮށް ވަރަށް ރަނގަޅު ކުރިއެރުމެއް ހޯދއިފަ އެވެ.

މުހައްމަދު ކައިފް އާއި އިޔާން އަކީ ވެސް މިދިޔަ އަހަރު ޓީމްގައި ހިމެނުނު ދެ އެތުލީޓުންނެވެ. ދެ އެތުލީޓުން ވެސް ފެނުނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އުއްމީދީ ހުނަރުތަކެއް ދައްކައިފަ އެވެ.

މި އަހަރު ވެސް ގައުމީ ބޮޑީބޯޑިން ލީގު ކުރިއަށް ގެންދިޔުމަށް އެމްބީބީއޭ އިން އޮތީ ނިންމައިފަ އެވެ. މިދިޔަ އަހަރާ ހިލާފަށް މި އަހަރު އަތޮޅުތަކުގައި މުބާރާތްތަކެއް ބާއްވަން އެމްބީބީއޭ އިން އަންނަނީ ވިސްނަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މުބާރާތްތަކުގެ ތަފްސީލްތައް އެ އެސޯސިއޭޝަނުން އިއުލާން ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox