އިދިކޮޅު ލީޑަރުން ވެރިކަމާ ނުތޮޅޭނެކަމުގެ ވައުދާއެކު ޔާމީން ފަހަތުގައި ތިބޭނެ ކަމުގެ ޔަގީންކަން ދީފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީން، އެ ޕާޓީގެ ބައެއް އިސްވެރިންނާއެކު؛ ޕާޓީން ދެނީ ޔާމީން ނޫން ކެންޑިޑޭޓެއް ނުނެރޭނެ ކަމުގެ ޔަގީންކަން--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީން، އެ ޕާޓީގެ ބައެއް އިސްވެރިންނާއެކު؛ ޕާޓީން ދެނީ ޔާމީން ނޫން ކެންޑިޑޭޓެއް ނުނެރޭނެ ކަމުގެ ޔަގީންކަން--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ލީޑަރުން ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ނުކުރާނެ ކަމުގެ ވައުދާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަހަތުގައި ތިބޭނެކަމުގެ ޔަގީންކަން އެބޭފުޅުން މިއަދު ދެއްވައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ނެންގެވުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ޔާމީނަށް އަދިވެސް އެބަ އޮތް ކަމަށާއި އެ ޕާޓީގެ އެއްވެސް ލީޑަރަކު އެހެން އެއްވެސް ސިޔާސީ ފަރާތަކާއެކު މަޝްވަރާ ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކުރަނީ މަތީ މަރުހަލާގެ ކޯޓުތަކުން ޔާމީން މިނިވަން ވެދާނެ ކަަމަށް، އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އިރާދަކުރެއްވިއްޔާ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ދެ ވަނަ ކެންޑިޑޭޓަކަށް ޕީޕީއެމް/ޕީއެންސީއަކުން ނުވިސްނަން، ނުވެސް ވިސްނާނަމޭ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް."

މީގެ ކުރިން ނޮވެމްބަރު، 2019، ގައި ވެސް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާ ޔާމީންގެ މައްޗަށް ހުކުމް ކުރުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު ބާއްވާ ޝަރީއަތުގެ މަޖިލީހެއްގަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ޔާމީން ނޫން "ޗޮއިސް"އެއް އެ ޕާޓީގެ ނެތް ކަމަށް ތަކުރާރު ކޮށް ވިދާޅުވެފަ އެވެ. ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަން ކުރައްވާނެ ގޮތް ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އަބްދުއްރަހީމް ވިދާޅުވީ އެފަދަ ހާލަތެއް ނެތް ކަމަށެވެ.

ނޫސްވެރިން ވަނީ ތަކުރާރުކޮށް އެހެން ކެންޑިޑޭޓެއް ނެރުމާމެދު ސުވާލުކޮށްފަ އެވެ. އެހެންނަމަވެސް އަބްދުއްރަހީމް ވިދާޅުވީ ޔާމީންއަކީ އެންމެ ގާބިލް ލީޑަރު ކަމަށެވެ. އަދި އެކަމަށް އެހެން ބޭފުޅަކު ޝައުގުވެރިކަން ވެސް ނެތް ކަމަށް ޕާޓީގެ އިސް އެހެން ބޭފުޅުންގެ ހާޒިރުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ހީނުކުރައްވާތި، އަޅުގަނޑުމެން މިތާނގައި މިތިބަ މީހުންނަކީ ބައިބައި ވާނެ ބައެއް ނޫން. ބައިބައި ނުކުރެވޭނެ މި ޓީމެއް، ސާފުކޮށް މި ދަންނަވަނީ. ބައިބައި ނުކުރެވޭނެ، އަޅުގަނޑުމެން އެއް ހަށިގަނޑެއްގެ ގޮތުގައި މި ތިބީ،" މާލޭ މޭޔަރު އަބްދުﷲ މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ގައްސާން މައުމޫން ފަހަތުގައި ބަހައްޓަވައިގެން އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox