ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން ކުޑަ އައްޔަ އާއި އާމިން ހޯދައިފި

ގައުމީ ބޯޑީބޯޑިން ލީގުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި ކުޑަ އައްޔަ (ވ) އާއި ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދި އާމިން (ކ)-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ބޯޑީބޯޑިން ލީގުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި ކުޑަ އައްޔަ (ވ) އާއި ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދި އާމިން (ކ)-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި އަހަރު އަލަށް ރާއްޖޭގައި ބޭއްވި އެމްޓީސީސީ ގައުމީ ބޮޑީބޯޑިން ލީގުގެ އޯޕަން ބައިގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަލީ (ކުޑަ އައްޔަ) ހޯދިއިރު، ޖޫނިއާ އޯޕަން ބައިގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ހޯދައިފި އެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދިޔަ ގައުމީ ބޮޑީބޯޑިން ލީގަށް ޕޮއިންޓް ލިބޭ ގޮތަށް މި އަހަރު ކުރިއަށްދިޔައީ ތިން މުބާރާތެކެވެ. އެއީ މި އަހަރުގެ މާޗް މަހު ކުރިއަށްދިޔަ ބުރުނުޝިކާރު ޗެލެންޖާއި ޖުލައި މަހު ކުރިއަށްދިޔަ މޯލްޑިވްސް ޕްރޯ ޓަރަޔަލްސްގެ އިތުރުން މިއަދު ނިމުނު ގައުމީ ބަނޑުފިލާ ޗެލެންޖް އެވެ.

ގައުމީ ލީގުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދީ ތިން މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދައިގެން ތަފާތު ބޮޑު ލީޑަކާ އެކުގަ އެވެ. ކުޑަ އައްޔަ އަށް ލީގުގެ ޗެމްޕިއަންކަން އިއްޔެ އޮތީ ޔަގީންވެފަ އެވެ. ސަބަބަކީ އޭނާ އާއި އެންމެ ގާތުން ވާދަކުރި އަލީ ޖާވިދު (ޖާއްޓެ) ބަނޑުފިލާ ޗެލެންޖުގެ ހަތަރު ވަނަ ބުރުން ކެޓުމުންނެވެ. ކުޑަ އައްޔަ އާއި އެއް ހީޓެއްގައި ވާދަކޮށް ޖާއްޓެ ކެޓުމުން ޕޮއިންޓްގެ ފަރަގަށް ބަލާއިރު، ކުޑަ އައްޔަ ފަހަތަށް ޖައްސާލެވޭނެ އެހެން އެތުލީޓެއް ނެތެވެ.

މިއަދު ކުރިއަށްދިޔަ ގައުމީ ބަނޑުފިލާ ޗެލެންޖު ކުޑަ އައްޔަ ކާމިޔާބުކުރީ ފައިނަލުގައި އަހުމަދު ނަޒްމީންއާ ވާދަކޮށް 5.19ގެ ތަފާތުން ހީޓު ކާމިޔާބު ކޮށްގެންނެވެ. ފައިނަލުގައި ކުޑަ އައްޔަ ވަނީ 12.00ގެ ސްކޯއެއް ހޯދައިފަ އެވެ. ނަޒްމީން އަށް ލިބުނީ 6.81 ގެ ސްކޯ އެކެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ފައިނަލް ހީޓުގެ ތެރެއިން އައްޔަ އަޅަން އަރާ އޮތް ރާޅަށް ނަޒްމީން އަރަނީ- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ފައިނަލް ހީޓުގެ ތެރެއިން އައްޔަ އަޅަން އަރާ އޮތް ރާޅަށް ނަޒްމީން އަރަނީ- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ފައިނަލް ހީޓުގެ ތެރެއިން އައްޔަ އަޅަން އަރާ އޮތް ރާޅަށް ނަޒްމީން އަރަނީ- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިހާތަނަށް މި މުބާރާތުގައި ރަނގަޅު ޕާފޯމަންސެއް ދައްކަމުންއައި ނަޒްމީން އަށް މި ހީޓުގައި އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވީ ހީޓުގެ އެންމެ ފުރަތަމަ ރާޅަށް ކުޑަ އައްޔަ އަރާ އޮއްވައި، އެ ރާޅަށް އޭނާ އެރުމުން އިންޓަފިއަރެންސެއްގެ ގޮތުގައި ޖަޖުން ނިންމި ހިސާބުންނެވެ. އެހެންކަމުން، މި ހީޓުގައި ނަޒްމީން ދެ ވަނަ އަށް އެންމެ މަތިން ހޯދި ރާޅުގެ ސްކޯގެ އެއް ބައި ވަނީ އުނިކޮށްފަ އެވެ.

ފިރިހެން އޯޕަން ބައިގެ ތިން ވަނަ ހޯދީ އާމިން އެވެ. ތިން ވަނަ ހޮވި ހީޓުގައި އާމިން ކުރި ހޯދީ އަޝްރަފް ހަސަންއާ ވާދަކޮށް ކުޑަތަފާތަކުން ކުރި ހޯދައިގެންނެވެ. އާމިން 10.57ގެ ސްކޯއެއް ހޯދިއިރު، އަޝްރަފް އަށް ހޯދުނީ 10.33ގެ ސްކޯ އެކެވެ.

ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އާމިން ހޯދީ މިއަދު ނިމުނު ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައި ކާމިޔާބު ކޮށްގެންނެވެ. ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން އާމިން ހޯދީ ފައިނަލުގައި މުހައްމަދު ޖަރީޝް ޖިހާދު ބަލިކޮށްގެންނެވެ.

ގައުމީ ޓީމްގެ ޖަރީޝް އަތުން އާމިން ފައިނަލުގައި މޮޅުވީ 11.53ގެ ބޮޑު ތަފާތަކުންނެވެ. ފައިނަލް ހީޓުގައި އާމިން ވަނީ 14.33ގެ ސްކޯ އެކެވެ. މުޅި މުބާރާތުގައި ވެސް ރަނގަޅު ސްކޯތަކެއް ނެރުނު ޖަރީޝް އަށް ފައިނަލުން ލިބުނީ 2.80ގެ ސްކޯ އެކެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގެ ފައިނަލުގައި އާމިން އާއި ޖަރީޝް ވާދަކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގެ ފައިނަލުގައި އާމިން އާއި ޖަރީޝް ވާދަކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގެ ފައިނަލުގައި އާމިން އާއި ޖަރީޝް ވާދަކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޖޫނިއާ ބައިގެ ތިންވަނަ ހޯދީ މުހައްމަދު ކައިފް އެވެ. ތިން ވަނަ ހޮވި ހީޓުގައި ކައިފް ވަނީ 10.50ގެ ސްކޯއެއް ހޯދާފަ އެވެ. މިބައިގެ ހަތަރުވަނަ އަށް ދިޔައީ ޝިބްތު އެވެ.

ބަނޑުފިލާ ޗެލެންޖުގެ ޑްރޮޕް ނީ ބައިގެ ޗެމްޕިއަންކަން ހޯދީވެސް ކުޑަ އައްޔަ އެވެ. އަލީ ޝާމް ރާފިއުއާ ވާދަކޮށް ފައިނަލް ހީޓު ކުޑަ އައްޔަ ކާމިޔާބުކުރީ 12.33ގެ ސްކޯ އަކުންނެވެ. ޝާމް އަށް ލިބުނީ 3.00ގެ ސްކޯއެކެވެ. މިބައިގެ ތިން ވަނަ ހޯދީ މުހައްމަދު ވިއާމް އެވެ.

ބަނޑުފިލާ ޗެލެންޖުގައި އަލަށް ހިމަނައިގެން ކުރިއަށްގެންދިޔަ މާސްޓާސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިބްރާހިމް ޝިމާން އެވެ. އޭނާ ފައިނަލް ހީޓު ކާމިޔާބުކުރީ މުހައްމަދު ރިލްވާންއާ ވާދަކޮށް 4.80ގެ ތަފާތަކުންނެވެ. ފައިނަލުގައި ޝިމާން 9.67ގެ ސްކޯއެއް ހޯދިއިރު، ރިލްވާން އަށް ހޯދުނީ 4.87ގެ ސްކޯ އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox