މުބާރާތެއްގައި ރާޅާ އަޅަން މި އެރުނީ 20 އަހަރު ފަހުން!

ގައުމީ ބަނޑުފިލާ ޗެލެންޖުގެ މާސްޓާސް ކެޓަގަރީގައި މުހައްމަދު މުސްތަފާ ރާޅާ އަޅާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގައުމީ ބަނޑުފިލާ ޗެލެންޖުގެ މާސްޓާސް ކެޓަގަރީގައި މުހައްމަދު މުސްތަފާ ރާޅާ އަޅާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބޮޑިބޯޑިންގެ މުބާރާތެއް ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ދުވަހުގެ ހަނދާންތައް އާކުރަމުން ރާޅުގަނޑު ސަރަހައްދުގައި އިނދެ މުހައްމަދު މުސްތަފާ (މުސްތޮ) ދައްކަމުން ދިޔަ ވާހަކައިން ހާމަވި އެއް ކަމަކީ މި އަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖާ އެކު ކުރީގެ ތަރިންނަށް ލިބުނު އަގުހުރި ފުރުސަތެވެ. ގައުމީ ލެވެލްގައި ފުރަތަމަ ފަހަރަށް މާސްޓާސް ކެޓަގަރީ ނުވަތަ 40 އަހަރުން މަތީގެ ރާޅާ އެޅުންތެރިންނަށް ހާއްސަ ކެޓަގަރީއެއް ހިމެނުމެވެ.

"އެންމެ ފުރަތަމަ ރާޅާ އަޅަން އެރުނީ 90 ގެ ފަހުކޮޅު، ހީވަނީ 1998 ހެން، ދޯ ޝިމާން" މުސްތޮ ކުރީގެ ހަނދާންތައް އާކުރި އެވެ.

ރާޅާ އެޅުމުގެ މުބާރާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ އަހަރު ކަމަށްވާ 2001 ވަނަ އަހަރުގެ މުބާރާތުގައި އޭނާ ވާދަކުރި އެވެ. އޭގެ ފަހުން 2002 ގައި އޮތް މުބާރާތަށް ފަހު އޭނާ ބޯޑު ބަހައްޓާފައި ނުކުތީ މި ކުޅިވަރަށް ހިދުމަތްކުރުމަށް އެހެން ދިމާލަކަށެވެ.

"އޭރު ރާޅާ އަޅާ މީހުން އުޅޭނެ. އެކަމަކު، ދެން ޖަޖުންވެސް ތިބެންޖެހޭނެތާ. އެހެންވެ، މި ކަމަށް ހުސްވެ މިވީހާ ދުވަހުކުރިކަމަކީ ޖަޖުކުރުން. ދޭތެރެއަކުން ދާނެ ބްރޭކެއް ވެސް. އެކަމަކު، ހަމަ ޖަޖުކުރުން ކަމަކީ" ރާއްޖޭގައި މިވަގުތު ތިބި އިންޓަނޭޝަނަލް ބޮޑީބޯޑިން އެޕްރޫވްޑް ޖަޖުންގެ ތެރޭގައި ހިމެނޭ މުސްތޮ ބުންޏެވެ.

ޖަޖެއްގެ ގޮތުގައި ހުރެ އެހެން ބޯޑަރުންގެ ހުނަރުތައް ބަލާލައިން ލިބޭ ހިތްހަމަޖެހުން ވެސް އޭނާ ފާހަގަކުރީ ރާާޅަށް އެރި އޮތުމާއި އެއް ފެންވަރެއްގަ އެވެ. ބާވީސް އަހަރު ފަހުން މުބާރާތެއްގައި ވާދަކޮށްލަން ފުރުސަތު ލިބޭނެ ކަމަށް އޭރު މުސްތޮ އުއްމީދެއް ނުކުރެ އެވެ.

މުސްތޮ އެކޭ އެއްގޮތަށް ކުރީގެ ބޮޑީބޯޑިން ޗެމްޕިއަން އިބްރާހިމް ޝިމާންގެ ވިސްނުން ވެސް ހުރީ ޒުވާން ބޯޑަރުންނަށް ފުރުސަތުދީ އެ ކުދިންނަށް އުނގަންނައި ދިނުމުގަ އެވެ. މަދުމަދުން ރާޅަށް އެރި އުޅުނު ނަމަވެސް ކުރީގެ އެކުވެރިންނާ އެކު ގައުމީ ފެންވަރުގެ މުބާރާތެއްގައި ވާދަކޮށްލަން ފުރުސަތު ލިބޭނެ ކަމަށް އޭނާ އެއްވެސް ވަރަކަށް އުއްމީދު ނުކުރެ އެވެ.

ރާއްޖޭގެ ބޮޑިބޯޑިންގެ ކުރީގެ ޗެމްޕިއަން އިބްރާހިމް ޝިމާން ރާޅަކާ އަޅާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރާއްޖޭގެ ބޮޑިބޯޑިންގެ ކުރީގެ ޗެމްޕިއަން އިބްރާހިމް ޝިމާން ރާޅަކާ އަޅާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގެ ބޮޑިބޯޑިންގެ ކުރީގެ ޗެމްޕިއަން އިބްރާހިމް ޝިމާން ރާޅަކާ އަޅާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"މާސްޓާސް ކެޓަގަރީ އޮތީމަ އޭރުގެ މީހުންނާއިއެކު ވާދަކޮށްލައި މަޖާކޮށްލަން ޗާންސް މި ލިބުނީ މުބާރާތެއްގެ ތެރެއިން. ގާތް ގަނޑަކަށް 11 އަހަރު ފަހުން ވަރަށް ސަޅި އަނެއްހެން މި އޮޕޮޗުނިޓީ" ގައުމީ ފެންވަރުގެ ހަ މުބާރާތެއް މީގެ ކުރިން ކާމިޔާބު ކޮށްފައިވާ ޝިމާން ބުންޏެވެ.

އޭނާ ބުނީ މިހާރުގެ ކުދިން މި ކަމަށްދޭ އަހަމިއްޔަތާއި ފޯރިއަށް ބަލާއިރު ރާއްޖޭގެ ބޮޑީބޯޑިންގެ ކުރިމަގު ވަރަށް އުޖާލާ ކަމަށެވެ. އެކި އުމުރުގެ އުއްމީދީ ބޯޑަރުން ފެނުމުން އެކަމުގެ ހިތްހަމަޖެހުން އޭނާ ފާހަގަކުރި އެވެ.

"އަހަރުމެން އޭރު މުބާރާތްތަކުގައި ވާދަކުރިއިރު ކުޑަ އައްޔަ އެކަނި އުޅޭނީ. ދެން މިތިބީ ހުސް އާ ކުދިން. ވަރަށް ހުނަރުވެރި ކުދިން އެބައުޅޭ." ޝިމާން ބުންޏެވެ.

މި ފަހަރު ލިބުނު ފުރުސަތުގައި ޝިމާން ވަނީ ފިރިހެން އޯޕަން ބައިގައިވެސް ވާދަކޮށްފަ އެވެ. އޭނާ ކެޓީ ކުއާޓާ ފައިނަލާ ހިސާބުންނެވެ.

މުސްތޮ އާއި ޝިމާން އެކޭ އެއްގޮތަށް މާސްޓާސް ބައިގައި މި އަހަރު ވާދަކުރާ އަނެއް ހަތަރު ބައިވެރިން ވެސް ދެއްކީ އެއް ވާހަކަ އެކެވެ. އެމްބީބީއޭ އިން އިސްނަގައިގެން ކުރީގެ ބޯޑަރުންނަށް މި ހުޅުވާލި ފުރުސަތަކީ އޭރުގެ ހަނދާންތައް އާކޮށްލަން ލިބުނު އުފާވެރި ފުރުސަތެކެވެ. އޭރުގެ ބޮޑީބޯޑިންގެ ހާލަތާއި ފެންވަރު މިހާރުގެ މީހުންނަށް ދައްކާލަން ލިބުނު ފުރުސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox