ބަނޑުފިލާ ޗެލެންޖު: ޖޫނިއާ ބައިގެ ފައިނަލުގައި ވާދަކުރާނީ އާމިން އާއި ޖަރީޝް

Dec 23, 2022, 3:04 AM
ގައުމީ ބަނޑުފިލާ ޗެލެންޖުގެ ތެރެއިން އާމިން - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ތެރެއިން އާމިން - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު

އެމްޓީސީސީ ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގެ ފައިނަލުން އާމިން އުމަރު މޫސާ އާއި މުހައްމަދު ޖަރީޝް ޖިހާދު ޖާގަ ހޯދައިފި އެވެ.

މި އަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގައި ވާދަކުރާ އެތުލީޓުން ވަނީ އެހެން އަހަރުތަކާ ހިލާފަށް އެއް ފެންވަރެއްގެ ފެންވަރު ރަނގަޅު ޕާފޯމަންސެއް ދައްކައިފަ އެވެ. އެ ގޮތުން ފައިނަލުން ޖާގަ ހޯދީ ދެ އެތުލީޓުންނަކީ މުބާރާތުގެ އޯޕަން ބައިގެވެސް ރަނގަޅު ހިސާބަކަށް ދަތުރުކުރި ދެ އެތުލީޓުންނެވެ.

ޖޫނިއާ އޯޕަން ބައިގެ ފައިނަލުން އާމިން ޖާގަ ހޯދީ ސެމީ ފައިނަލުގައި މުހައްމަދު ކައިފްގެ މައްޗަށް ކުޑަ ތަފާތަކުން ކުރި ހޯދައިގެންނެވެ. އާމިން އަށް 9.90ގެ ސްކޯއެއް ލިބުނުއިރު، ކައިފް އަށް ލިބުނީ 8.23ގެ ސްކޯ އެކެވެ.

އާމިން އަކީ މި އަހަރުގެ އޮގަސްޓް މަހު ރާއްޖޭގައި އޮތް އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ މޯލްޑިވްސް ޕްރޯ ބައިގެ ފައިނަލުގައި ވާދަކުރި އެތުލީޓެވެ. އެ މުބާރާތުގައި އާމިން ދެއްކި ހުނަރާ އެކު ޖޫނިއާ ބައިގެ ދުނިޔޭގެ ރޭންކިންގައި ވެސް ރަނގަޅު ހިސާބެއްގައި އޭނާ ހިމެނުނެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގެ އޯޕަން ބައިގެ ސެމީ ފައިނަލުގައި ވެސް ވާދަކުރި އާމިން ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުގައި ނުކުތީ މުހައްމަދު ޝިބްތު އާއި މުހައްމަދު އަޒާން އަހުމަދުއާ ދެކޮޅަށެވެ. މި ހީޓު އާމިން ކާމިޔާބުކުރީ ފަސޭހަކަމާ އެކު 8.67ގެ ސްކޯއަކުންނެވެ.

އާމިން ވަނީ އިއްޔެ އެކަނި ވެސް ހަ ހީޓެއްގައި ވާދަކޮށްފަ އެވެ. ގާތް ގާތުގައި ބައެއް ހީޓުތަކުގައި ވާދަކުރަން ޖެހުނުއިރު، އޭގެ ސަބަބުން އޭނާގެ ޕާފޯމަންސަށް ވެސް ކުޑަކޮށް އަސަރުކުރި ކަމަށް ބެލެވެ އެވެ. އެހެންނަމަވެސް މި ޗެލެންޖާ އެކުވެސް ޖޫނިއާ ބައިގެ ފައިނަލުން ޖާގަ ހޯދައި ފިރިހެން އޯޕަން ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދުމަކީ ރަނގަޅު ކާމިޔާބީއެކެވެ.

ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގައި ޖަރީޝް ރާޅާ އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގައި ޖަރީޝް ރާޅާ އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގައި ޖަރީޝް ރާޅާ އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޖޫނިއާ ބައިގެ ފައިނަލުން ޖަރީޝް ޖާގަ ހޯދީ ސެމީ ފައިނަލުގައި މުހައްމަދު ޝިބްތު އަތުން މޮޅުވެގެންނެވެ. މި ހީޓު ޖަރީޝް ކާމިޔާބުކުރީ 10.67ގެ ސްކޯ އަކުންނެވެ. ޝިބްތު އަށް ލިބުނީ 7.04ގެ ސްކޯ އެކެވެ.

ޖޫނިއާ ބައިގެ ކުއާޓާ ފައިނަލް ހީޓުގައި ޖަރީޝް ނުކުތީ ކައިފް އާއި އިޔާން އަހުމަދުއާ ދެކޮޅަށެވެ. ގައުމީ ޖޫނިއާ ޓީމުގައި ހިމެނޭ ތިން ބައިވެރިންގެ ހީޓު ޖަރީޝް ކާމިޔާބުކުރީ 8.17ގެ ސްކޯއަކުންނެވެ. ދެން، 7.30ގެ ސްކޯއަކުން ކައިފް ދެ ވަނަ އަށް ދިޔައިރު، ހީޓުގެ ފުލަށް ގޮސް މުބާރާތުން ކެޓީ އިޔަން އަހުމަދު އެވެ.

މި އަހަރު ޖޫނިއާ ބައިގައި 15 އެތުލީޓުން ވާދަކުރިއިރު، އޭގެ ތެރޭގައި 10 އަހަރުން ދަށުގެ ދެ އެތުލީޓުން ހިމެނެ އެވެ.

މުބާރާތުގައި ދެން ކުރިއަށްދާ ހީޓުތަކަށް ބަލާއިރު، ޑްރޮޕް-ނީ ބައިގެ ސެމީ ފައިނަލް ހީޓުތަކާއި ފައިނަލް މިއަދު އޮންނާނެ އެވެ. އަދި މި ފަހަރު އަލަށް ތައާރަފްކުރި މާސްޓާސް ކެޓަގަރީގެ ސެމީ ފައިނަލާއި ފައިނަލް ވެސް މިއަދު އޮންނާނެ އެވެ. މިއަދު ހަވީރު އޮންނަ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ކުރިން ޖޫނިއާ ބައި އަދި އޯޕަން ބައިގެ ފައިނަލް ހީޓުތައްވެސް ކުރިއަށްދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox