ބަނޑުފުލާ ޗެލެންޖު: ކުޑަ އައްޔަ އާއި ނަޒްމީން އޯޕަން ބައިގެ ފައިނަލަށް

Dec 23, 2022, 3:00 AM
ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ފައިނަލުން ޖާގަ ހޯދި ކުޑަ އައްޔަ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ފައިނަލުން ޖާގަ ހޯދި ކުޑަ އައްޔަ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިހާރު ކުރިއަށްދާ "ގައުމީ ބަނޑުފިލާ ޗެލެންޖު 2022"ގެ ފިރިހެން އޯޕަން ބައިގެ ފައިނަލުން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާއި އަހުމަދު ނަޒްމީން ޖާގަ ހޯދައިފި އެވެ.

ގައުމީ ބޮޑީބޯޑިންގެ ލީގުގެ މި އަހަރުގެ ފަހު މުބާރާތް ކަމަށްވާ ބަނޑުފިލާ ޗެލެންޖުގައި މި އަހަރު 36 ރާޅާ އެޅުންތެރިން ވާދަކުރެ އެވެ. އެ ގޮތުން. 36 އެތުލީޓުންގެ ތެރެއިން 27 އެތުލީޓުން ފިރިހެން އޯޕަން ބައިގައި ވާދަކުރެ އެވެ.

ފިރިހެން އޯޕަން ބައިގެ ފައިނަލުން ބަނޑުފިލާ ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަން ކުޑަ އައްޔަ ޖާގަ ހޯދީ ސެމީ ފައިނަލުގައި އަޝްރަފް ހަސަން ބަލިކޮށްގެންނެވެ. ވާދަވެރިކޮށް ދިޔަ ސެމީ ފައިނަލް ހީޓު ކުޑަ އައްޔަ ކާމިޔާބުކުރީ 12.10ގެ ސްކޯ އަކުންނެވެ. އަޝްރަފް އަށް ލިބުނީ 9.84ގެ ސްކޯއެކެވެ.

ކުޑަ އައްޔަ އަތުން ސެމީ ފައިނަލުގައި ބަލިވި އަޝްރަފް އަކީ މި މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ޕާފޯމަންސެއް ދައްކަމުން އަންނަ އެއް އެތުލީޓެވެ. އެ ގޮތުން ހުރިހާ އިވެންޓެއް އެއްކޮށް ޖުމްލަ ސްކޯ އެންމެ މަތިން ހޯދި އެތުލީޓަކީ ވެސް އަޝްރަފް އެވެ. އޭނާ ވަނީ އޯޕަން ބައިގެ ދެ ވަނަ ބުރުގައި 15.50ގެ ސްކޯއެއް ހޯދައިފަ އެވެ.

ސެމީ ފައިނަލް ހީޓުގެ ކުރިން ފިރިހެން އޯޕަން ބައިގެ ހަތަރު ވަނަ ބުރުގައި އަޝްރަފް ވަނީ އައްޔައާ އެއް ހީޓެއްގައި ވާދަކޮށް އައްޔަ ބަލިކޮށްފަ އެވެ. ގައުމީ ޓީމުގެ އަލީ ޖާވިދު (ޖާއްޓެ) ވެސް ވާދަކުރި އެ ހީޓުން އަޝްރަފް އެއް ވަނަ ހޯދީ 11.50ގެ ސްކޯ އަކުންނެވެ. ދެ ވަނަ އައްޔަ އަށް ލިބުނީ 11.07ގެ ސްކޯ އަކުންނެވެ. އެ ހީޓުން ތިން ވަނަ އަށް ގޮސް އޯޕަން ބައިން ކެޓީ ޖާއްޓެ އެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ފައިނަލުން ޖާގަ ހޯދި ކުޑަ އައްޔަ ރާޅާ އަޅަނީ- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ފައިނަލުން ޖާގަ ހޯދި ކުޑަ އައްޔަ ރާޅާ އަޅަނީ- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ފައިނަލުން ޖާގަ ހޯދި ކުޑަ އައްޔަ ރާޅާ އަޅަނީ- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މުބާރާތުގެ އޯޕަން ބައިގެ ތިން ވަނަ ބުރުގައި ވެސް ކުޑަ އައްޔަގެ ވިދުން ފެނުނީ ފަނޑުކޮށެވެ. އެ ގޮތުން ތިން ވަނަ ބުރުގެ ފުރަތަމަ ހީޓުގައި އަލީ ޝާމް ރާފިއު ވަނީ އައްޔަ ފަހަތަށް ޖައްސާލާ އެ ހީޓު ކާމިޔާބުކޮށްފަ އެވެ. ޝާމް އެ ހީޓުން ކުރި ހޯދީ 10.60ގެ ސްކޯ އަކުންނެވެ. އައްޔަ ދެ ވަނަ އަށް ދިޔައީ 8.33ގެ ސްކޯ އަކުންނެވެ.

އޯޕަން ބައިގެ ތިން ވަނަ ބުރާއި ހަތަރު ވަނަ ބުރުގެ ހީޓުތައް ކާމިޔާބު ނުކުރެވުނު ކަމުގައި ވިޔަސް ކުޑަ އައްޔަ ވަނީ ނޮކްއައުޓް ބުރާ ހިސާބުން ފޯމަށް އެޅި ފެންވަރު ދައްކާލައިފަ އެވެ. އެ ގޮތުން ކުއާޓާ ފައިނަލް ފަހު ހީޓުގައި ގައުމީ ޖޫނިއާ ޓީމުގެ އުއްމީދީ އެތުލީޓު މުހައްމަދު ޖަރީޝް ޖިހާދު އަތުން ކުޑަ އައްޔަ ވަނީ މޮޅުވެފަ އެވެ. މި ހީޓު، ކުޑަ އައްޔަ ކާމިޔާބުކުރީ 10.97ގެ ސްކޯ އަކުންނެވެ. ދެ ވަނަ ހޯދި ޖަރީޝް އަށް ލިބުނީ 9.73ގެ ސްކޯ އެކެވެ.

އޯޕަން ބައިގެ ފައިނަލުން އަހުމަދު ނަޒްމީން ޖާގަ ހޯދީ އާމިން އުމަރު މޫސަ އާ ވާދަކޮށް ސެމީ ފައިނަލުގައި ކުރި ހޯދައިގެންނެވެ. ގައުމީ ރޭންކިންގެ ފަސް ވަނައިގައި އޮތް ނަޒްމީން ވަނީ ސެމީ ފައިނަލް ހީޓުގައި 10.73ގެ ސްކޯއެއް ހޯދައިފަ އެވެ. އާމިން އަށް ލިބުނީ 8.96ގެ ސްކޯ އެކެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ފައިނަލުން ޖާގަ ހޯދި އަހުމަދު ނަޒްމީން - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު
ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ފައިނަލުން ޖާގަ ހޯދި އަހުމަދު ނަޒްމީން - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ފައިނަލުން ޖާގަ ހޯދި އަހުމަދު ނަޒްމީން - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު

މިހާތަނަށް ފިރިހެން އޯޕަން ބައިގައި އެޅި ހުރިހާ ހީޓެއް ވެސް ރަނގަޅު ސްކޯތަކަކާ އެކު ކާމިޔާބުކުރި ނަޒްމީންއާ އެންމެ ބޮޑު ވާދައެއް ކުރީ ކުއާޓާ ފައިނަލުގައި އަލީ ޝާމް ރާފިއު އެވެ. މި ހީޓު ނަޒްމީން ކާމިޔާބުކުރީ 0.17ގެ ފަރަގަކުންނެވެ. ނަޒްމީން އަށް 9.17ގެ ސްކޯއެއް ލިބުނުއިރު، ޝާމް އަށް ލިބުނީ 9.00ގެ ސްކޯ އެކެވެ.

ހަތަރު ވަނަ ބުރުގައި ނަޒްމީން ކުރި ހޯދީ އިބްރާހިމް ޝިމާން އާއި ހަސަން އަމަން އާ ވާދަކޮށް 9.93ގެ ސްކޯއަކާ އެކުގަ އެވެ. އެ ހީޓުން ދެ ވަނަ ހޯދި ޝީމާން އަށް ލިބުނީ 7.84ގެ ސްކޯ އެކެވެ. އަމަން އަށް ލިބުނީ 4.83ގެ ސްކޯ އެކެވެ.

މުބާރާތުގެ ތިން ވަނަ ބުރުގައި ނަޒްމީން ވަނީ ފަސޭހަކަމާ އެކު މުހައްމަދު ޖަރީޝް ޖިހާދު އަތުން ކުރި ހޯދާފަ އެވެ. ތިން ވަނަ ބުރުގެ ހަ ވަނަ ހީޓު ނަޒްމީން ކާމިޔާބުކުރީ 12.60ގެ ސްކޯއަކާ އެކުގަ އެވެ. ޖަރީޝް އަށް ލިބުނީ 6،23ގެ ސްކޯ އެކެވެ.

ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަން ކަނޑައެޅުމަށް ޕޮއިންޓް ދެވޭނީ އޯޕަން ބައިން އެކަންޏެވެ. އެހެންކަމުން، މިއަދު ކުރިއަށްދާ އޯޕަން ބައިގެ ފައިނަލަށް ފަހު ރާއްޖޭގެ ފުރަތަމަ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން ކަނޑައެޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox