ގައުމީ ބަނޑުފިލާ ޗެލެންޖު: ކުޑަ އައްޔަ، ފަޒީހު، ޝާމް އަދި ވިއާމް ޑްރޮޕް-ނީ ބައިގައި ސެމީއަށް

Dec 21, 2022, 10:54 AM
ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޑްރޮޕް ނީ ބައިގެ ކުޑަ އައްޔަ ރާޅާ އަޅާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޑްރޮޕް ނީ ބައިގެ ކުޑަ އައްޔަ ރާޅާ އަޅާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިހާރު ކުރިއަށްދާ އެމްޓީސީސީ ގައުމީ ބަނޑުފިލާ ޗެލެންޖު2022ގެ ޑްރޮޕް ނީ ބައިގެ ސެމީ ފައިނަލުން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ)، ދާވޫދު ފަޒީހު، އަލީ ޝާމް ރާފިއު އަދި މުހައްމަދު ވިއާމް ޖާގަ ހޯދައިފި އެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބަނޑުފިލާ ޗެލެންޖަކީ މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފަހު މުބާރާތެވެ. މީގެ ކުރިން މި އަހަރު ލީގުގެ ތެރޭގައި ހިމަނައިގެން ޕޮއިންޓް ލިބުނު ދެ މުބާރާތަކީ ބުރުނުޝިކާރު ބޮޑީބޯޑިން ޗެލެންޖާއި މޯލްޑިވްސް ޕްރޯ 2022ގެ ޓްރަޔަލްސް އެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޑްރޮޕް-ނީ ބައިގައި މިފަހަރު 11 އެތުލީޓެއް ވާދަކުރެ އެވެ. ސެމީ ފައިނަލު ފުރަތަމަ ހީޓުގައި ވާދަކުރާނީ ކުޑަ އައްޔަ އާއި ފަޒީހު އެވެ. ކުޑަ އައްޔަ ސެމީގެ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި އަމިން އުމަރު މޫސާ އާއި މުހައްމަދު ވިއާމްއާ ދެކޮޅަށް ނުކުމެ ހީޓުގެ އެއް ވަނަ ހޯދައިގެންނެވެ. މި ހީޓުގައި އައްޔަ 9.63ގެ ސްކޯއެއް ހޯދި އެވެ.

އައްޔަ ކުއާޓާ ފައިނަލުގައި ހޯދި ސްކޯއަކީ ޑްރޮޕް-ނީ ބައިގައި މި ފަހަރުގެ ތިން ވަނަ އަށް އެންމެ މަތީ ސްކޯ އެވެ. މީގެ ކުރިން އެންމެ މަތީ ދެ ސްކޯ ވެސް ހޯދީ އައްޔަ އެވެ. މި ގޮތުން ފުރަތަމަ ބުރުގައި 10.03ގެ ސްކޯއެއް ހޯދިއިރު، ތިންވަނަ ބުރުގައި 14.33ގެ ސްކޯއެއް ހޯދި އެވެ.

ފަޒީހު އަށް ސެމީގެ ޖާގަ ލިބުނީ ކުއާޓާ ފައިނަލުގެ ހީޓު ދޭއްގައި ވާދަކޮށް ދެ ވަނަ ލިބުމުންނެވެ. ފޯރިގަދަ ހީޓެއްގެ ގޮތުގައި ފާހަގަވި މި ހީޓުގެ ދެ ވަނަ އޭނާ އަށް ލިބުނީ 4.00ގެ ސްކޯ އަކުންނެވެ. އެއް ވަނަ ހޯދި ޝާމް ރާފިއު ވެސް ސެމީގެ ޖާގަ ހޯދި އެވެ. އޭނާ ވަނީ 5.10ގެ ސްކޯއެއް ހޯދައިފަ އެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޑްރޮޕް ނީ ބައިގެ މުހައްމަދު ވިއާމް ރާޅާ އަޅާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޑްރޮޕް ނީ ބައިގެ މުހައްމަދު ވިއާމް ރާޅާ އަޅާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޑްރޮޕް ނީ ބައިގެ މުހައްމަދު ވިއާމް ރާޅާ އަޅާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކުއާޓާ ފައިނަލުގައި ކުޑަައައްޔައާ ވާދަކޮށް ވިއާމް ދިޔައީ ދެ ވަނަ އަށެވެ. އޭނާ އަށް ލިބުނީ ކުއާޓާ ފައިނަލު ހީޓުގައި 7.16ގެ ސްކޯ އެކެވެ. މިއީ މި މުބާރާތުގެ ޑްރޮޕް-ނީ ބައިގައި ވިއާމްގެ އެންމެ މަތީ ސްކޯ އެވެ.

ބަނޑުފިލާ ޗެލެންޖުގެ އެންމެ ފޯރިގަދަ ބައިކަމަށްވާ މެންސް އޯޕަން ބަޔަށް ބަލާއިރު، މި ބައިގެ ދެ ބުރުގެ ހީޓުތައް މިހާރު ވަނީ ނިމިފަ އެވެ. ދެ ވަނަ ބުރުގައި އެންމެ މަތިން ސްކޯ ހޯދައި މި މުބާރާތުގެ އެންމެ މަތީ ސްކޯ ހޯދީ އަޝްރަފް ހަސަން އެވެ. އޭނާ ވަނީ ދެ ވަނަ ބުރުގެ ހީޓު ތިނެއްގައި 15.50ގެ ސްކޯއެއް ހޯދާފައެވެ.

ތިން ވަނަ ބުރުގެ ހީޓުތަކަށް ބަލާއިރު، ހީޓު އެކެއް 5.70ގެ ސްކޯއަކުން ކާމިޔާބުކުރީ ހުސައިން ނޫރައްދީން އެވެ. ދެ ވަނަ ހީޓު 9.30ގެ ސްކޯއަކުން ހަސަން އަމަން ކާމިޔާބުކުރިއިރު، ހީޓު ތިނެއް ކާމިޔާބުކުރީ އަޝްރަފް އެވެ.

މެންސް އޯޕަން ބައިގެ ތިން ވަނަ ބުރުން ޖާގަ ހޯދާފައިވަނީ 19 އެތުލީޓުންނެވެ. ހަތަރު ވަނަ ބުރުން ޖާގަ ލިބޭނީ ތިންވަނަ ބުރުގެ ހަ ހީޓުގައި ވާދަކޮށް ކޮންމެ ހީޓަކުންވެސް ކުރި ލިބޭ ދެ ބައިވެރިންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox