ކަރޯ، ރިލްވާން، ޝިމަން އަދި ރިފާއީ މާސްޓާސް ކެޓަގަރީގެ ސެމީއަށް

Dec 21, 2022, 6:36 AM
"ބަނޑުފިލާ ޗެލެންޖު 2022"ގެ މާސްޓާސް ކެޓަގަރީގައި ބޯޑަރަކު ރާޅާ އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"ބަނޑުފިލާ ޗެލެންޖު 2022"ގެ މާސްޓާސް ކެޓަގަރީގައި ބޯޑަރަކު ރާޅާ އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބޮޑީބޯޑިންގެ ގައުމީ މުބާރާތް ކަމަށްވާ "ބަނޑުފިލާ ޗެލެންޖު"ގައި މި އަހަރު އަލަށް ތައާރަފްކުރި މާސްޓާސް ޑިވިޝަންގެ ސެމީ ފައިނަލުން އަހުމަދު ފައުޒާން (ކަރޯ)، އަހުމަދު ރިފާއީ، އިބްރާހިމް ޝިމަން، އަދި މުހައްމަދު ރިލްވާން ޖާގަ ހޯދައިފި އެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށް މިދިޔަ އާދިއްތަ ދުވަހު ފެށި "ގައުމީ ބަނޑުފިލާ ޗެލެންޖް" އަކީ ގައުމީ ބޮޑީބޯޑިން ލީގުގެ މި އަހަރުގެ އެންމެ ފަހު މުބާރާތެވެ. މި އަހަރުގެ މުބާރާތުގައި ހަތަރު ކެޓަގަރީއެއްގައި 35 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގައި މި އަހަރު އަލަށް ހިމެނި މާސްޓާސް ކެޓަގަރީގެ ކުއާޓާ ފައިނަލު ހީޓުތައް މިހާރު ނިމިފައިވާއިރު ސެމީ ފައިނަލުން ހަތަރު ބޯޑަކަރަށް ވަނީ ފުރުސަތު ލިބިފަ އެވެ. އެ ގޮތުން ސެމީ ފައިނަލު ހީޓު އެކެއްގައި ވާދަކުރާނީ އަހުމަދު ފައުޒާން އާއި މުހައްމަދު ރިލްވާން އެވެ.

ފައުޒާން ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލް ހީޓު އެކެއް 5.17ގެ ސްކޯއަކުން ކާމިޔާބު ކޮށްގެންނެވެ. ރިލްވާން ވަނީ ކުއާޓާ ފައިނަލް ހީޓު ދޭއްގައި ވާދަކޮށް 5.37ގެ ސްކޯއަކާ އެކު ދެ ވަނަ ހޯދައިފަ އެވެ. ފައުޒާން އާއި ރިލްވާން ވަނީ މުބާރާތުގެ ފުރަތަމަ ބުރުގައި ވެސް ވާދަކޮށްފަ އެވެ. އެ ފަހަރު ރިލްވާންގެ މައްޗަށް ފައުޒާން ކުރި ހޯދީ 6.54 ގެ ސްކޯއަކުންނެވެ. އެ ހީޓުގައި ރިލްވާން އަށް ލިބުނީ 2.77ގެ ސްކޯ އެކެވެ.

މާސްޓާސް ކެޓަގަރީގެ ސެމީ ފައިނަލު ހީޓު ދޭއްގައި ވާދަކުރަނީ އިބްރާހިމް ޝިމަން އާއި އަހުމަދު ރިފާއީ އެވެ.

ޝިމަން ސެމީގެ ޖާގަ ހޯދީ ކުއާޓާ ފައިނަލު ހީޓު ދޭއްގައި ވާދަކޮށް 9.50ގެ ސްކޯއަކުން އެ ހީޓު ކާމިޔާބު ކޮށްގެންނެވެ. ޝިމަން އަކީ މިހާތަނަށް މާސްޓާސް ޑިވިޝަންގައި އެންމެ މަތީ ސްކޯތައް ހޯދި އެތުލީޓެވެ. އޭނާ ވަނީ ފުރަތަމަ ބުރުގައި ވެސް މި ޑިވިޝަންގައި މިހާތަަނަށް ހޯދި އެންމެ މަތީ ސްކޯ ކަމަށްވާ 11.67ގެ ސްކޯއެއް ވެސް ހޯދައިފަ އެވެ.

ސެމީ ފައިނަލު ދެ ވަނަ ހީޓުގައި ޝިމަން އާ ދެކޮޅަށް ނުކުންނަ އަލީ ރިފާއީ އަށް ގަދަ ހަތަރަކުން ފުރުސަތު ލިބުނީ ކުއާޓާ ފައިނަލުގައި އޭނާ ވާދަކުރި ހީޓުން ދެ ވަނަ ލިބުމުންނެވެ. އެ ހީޓުގައި ފައުޒާން އާ ވާދަކޮށް ރިފާއީ އަށް ދެ ވަނަ ލިބުނީ 2.16ގެ ސްކޯ އަކުންނެވެ.

މުބާރާތުގެ އެހެން ކެޓަގަރީތަކަށް ބަލާއިރު ޖޫނިއާ ބައިގައި މިއަދު ކުރިއަށްދާނީ ކުއާޓާ ފައިނަލް ހީޓުތަކެވެ. ޖުމްލަ 15 އެތުލީޓުން ވާދަކުރި ޖޫނިއާ ބައިގެ ކުއާޓާ ފައިނަލު ހީޓު އެކެއްގައި ވާދަކުރާނީ މުހައްމަދު އަޒާން އަހުމަދު ، އާމިން އުމަރު މޫސާ އަދި މުހައްމަދު ޝިބްތު އެވެ.

ކުއާޓާ ފައިނަލް ހީޓު ދޭއްގައި ވާދަކުރާނީ ގައުމީ ޖޫނިއާ ޓީމްގެ ތިން އެތުލީޓުން ކަމަށްވާ މުހައްމަދު ކައިފް، މުހައްމަދު ޖަރީޝް ޖިހާދު އަދި އިޔާން އަހުމަދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox