ބަނޑުފިލާ ޗެލެންޖު: ޖޫނިއާ ބައިގައި ވާދަވެރި ހީޓުތަކެއް

Dec 19, 2022, 7:33 AM
"ބަނޑުފިލާ ޗެލެންޖު 2022" ގެ ހީޓެއްގެ ތެރެއިން ބޮޑީބޯޑަރަކު ރާޅުގައި.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

"ބަނޑުފިލާ ޗެލެންޖު 2022" ގެ ހީޓެއްގެ ތެރެއިން ބޮޑީބޯޑަރަކު ރާޅުގައި.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

އިއްޔެ ފެށި ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގައި ވާދަވެރި ހީޓުތަކަކާ އެކު އާ ތަރިންތަކެއް ފެނިއްޖެ އެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދަ ބޮޑީބޯޑިން ލީގުގެ އަހަރުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ "ބަނޑުފިލާ ޗެލެންޖު 2022"ގައި ފުރަތަމަ ދުވަހު ކުރިއަށް ގެންދިޔައީ މެންސް އޯޕަން ބައިގެ ހީޓުތަކާއި، ޖޫނިއާ ބައިގެ ހީޓުތަކެވެ. ދެ ބަޔަށް ބަލާއިރު އެންމެ ވާދަވެރިކޮށް ފެނުނީ ޖޫނިއާ ބައިގެ ހީޓުތަކެވެ.

ޖޫނިއާ ބައިގެ ފުރަތަމަ ބުރުގައި އެންމެ ވާދަވެރިކޮށް ފެނުނީ ދެ ވަނަ ހީޓާއި ހަތަރު ވަނަ ހީޓެވެ. ދެ ވަނަ ހީޓުގައި މުހައްމަދު ކައިފް އާއި މުހައްމަދު އަޒާން އަހުމަދު ވާދަކޮށް ކައިފް ކުރި ހޯދީ 0.27ގެ ތަފާތަކުންނެވެ. ކައިފް އެންމެ މަތިން ސްކޯކުރި ދެ ރާޅަށް 6.87ގެ ސްކޯއެއް ލިބުނު އިރު، އަޒާންގެ ސްކޯއަކީ 6.60 އެވެ.

ފުރަތަމަ ބުރުގައި މުހައްމަދު ޖަރީޝް ޖިހާދު އާއި އިޔާން އަހުމަދު އަދި ޝިބްތު ވާދަކުރި ހީޓު ފެނުނީ ވެސް ވާދަވެރިކޮށެވެ. މި ހީޓުގައި ހަތް އަހަރުގެ ޔޫސުފް ޔުއާން މުހައްމަދު ވެސް ވާދަކުރި އެވެ. ހީޓުން އެއް ވަނަ ހޯދި ޖަރީޝް އަށް ލިބުނީ 6.60ގެ ސްކޯ އެކެވެ. ދެ ވަނަ އަށް ދިޔަ އިޔާން އަށް 6.30ގެ ސްކޯއެއް ލިބުނުއިރު، ތިން ވަނަ އަށް ދިޔަ ޝިބްތު އަށް ލިބުނީ 4.27ގެ ސްކޯއެކެވެ. އުއްމީދީ ބޯޑަރު ޔުއާން އަށް ލިބުނީ 2.47ގެ ސްކޯއެކެވެ.

ޖޫނިއާ ބައިގެ ފުރަތަމަ ހީޓުގައި ވާދަކުރީ ކަޔާން އަބްދުﷲ އަރީފް އާއި އަމަން އަހުމަދު އެވެ. މި ހީޓު 1.3ގެ ތަފާތަކުން ކާމިޔާބުކުރީ ކަޔާން އެވެ. ކަޔާން އަށް 2.80ގެ ސްކޯއެއް ލިބުނު އިރު، އަމަން އަށް ލިބުނީ 1.50ގެ ސްކޯއެކެވެ.

"ބަނޑުފިލާ ޗެލެންޖު 2022" ގެ އިވެންޓެއްގެ ތެރެއިން ޖޫނިއާ ބޮޑީބޯޑަރަކު އިވެންޓަށް ފަހު،--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

ޖޫނިއާ ބައިގައި ދެން އޮތް ހީޓު ކާމިޔާބުކޮށް ތިން ވަނަ ބުރުން ދެން ޖާގަ ހޯދީ އާމިން އުމަރު މޫސާ އެވެ. އޭނާ ވާދަކުރި ހީޓުން އާމިން ވަނީ 7.10ގެ ސްކޯއެއް ހޯދާފަ އެވެ.

އިއްޔެ ކުރިއަށްދިޔަ އެހެން ހީޓުތަކަށް ބަލާއިރު މެންސް އޯޕަން ބައިގައި މިވަގުތު ލީގު ރޭންކިން އެއްވަނައިގައި އުޅޭ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ވަނީ ރަނގަޅު ސްކޯއަކާއިއެކު ތިން ވަނަ ބުރުން ޖާގަ ހޯދާފަ އެވެ. އިއްޔެގެ ހީޓުތަކަށް ބަލާއިރު އެންމެ މަތީ ސްކޯއެއް ހޯދި ކުޑަ އައްޔަ ވަނީ ފުރަތަމަ ހީޓުގައި ވާދަކޮށް 11.57ގެ ސްކޯއެއް ހޯދާފަ އެވެ. އެ ހީޓުން ދެވަނަ އަށް ދިޔަ ކައިފް އަށް ލިބުނީ 5.27ގެ ސްކޯއެކެވެ. ތިންވަނަ އަށް ދިޔައީ ކަޔާން އެވެ.

ފިރިހެން އޯޕަން ބައިގެ އެހެން ހީޓުތަކަށް ބަލާއިރު، އަލީ ޖާވިދު (ޖާއްޓެ) ވާދަކުރި ހީޓު ކާމިޔާބުކުރީ 8.77ގެ ސްކޯއަކާއިއެކު ގަ އެވެ. އެ ހީޓުން ދެވަނައަށް ދިޔައީ 6.20ގެ ސްކޯއެއް ހޯދި އިޔާންއެވެ. ތިންވަނަ އަށް ދިޔައީ 6.10ގެ ސްކޯއަކާއިއެކު އަޝްރަފް އަހުމަދު އެވެ.

ގައުމީ ޓީމްގެ މުހައްމަދު ވިއާމް ހަތަރު ވަނަ ހީޓު ކާމިޔާބުކުރީ ހުސައިން އަމަން އަލީއާ ވާދަކޮށް 2.70ގެ ތަފާތަކުންނެވެ. ވިއާމް އަށް 6.80ގެ ސްކޯއެއް ލިބުނުއިރު އަމަން އަށް ލިބުނީ 4.10ގެ ސްކޯއެކެވެ.

މެންސް އޯޕަން ބައިގައި ޖަރީޝް އާއި އާމިން ވާދަކުރި ހީޓުވެސް ފެނުނީ ވަރަށް ވާންކޮށެވެ. މި ހީޓު އާމިން ކާމިޔާބުކުރީ 7.20ގެ ސްކޯއަކުންނެވެ. ދެވަނަ ޖަރީޝަށް ލިބުނީ 6.97ގެ ސްކޯއަކުންނެވެ. ތިން ވަނަ އަށް ދިޔައީ 2.30ގެ ސްކޯއެއް ލިބުނު ހުސައިން ނޫރައްދީން އެވެ.

ފިރިހެން އޯޕަންގެ ހީޓު ހަޔެއް ކާމިޔާބުކޮށް ތިންވަނަ ބުރުން ޖާގަ ހޯދީ އަހުމަދު ނަޒްމީން އެވެ. އޭނާ އަށް 6.20ގެ ސްކޯއެއް ލިބުނުއިރު، ދާވޫދު ފަޒީހު އަށް ލިބުނީ 5.90ގެ ސްކޯއެކެވެ. ހީޓުން ތިންވަނަ ހޯދީ 3.10ގެ ސްކޯއަކާއިއެކު ހަސަން އަމަން އެވެ.

ފިރިހެން އޯޕަން ބައިގެ ފަހު ހީޓުގައި އަލީ ޝާމް ރާފިއު ވަނީ ޖޫނިއާ ބޯޑަރު އަޒާންގެ މައްޗަށް ކުރި ހޯދާފަ އެވެ. 5.76ގެ ސްކޯއަކާއިއެކު ޝާމް ހީޓު ކާމިޔާބުކުރިއިރު، އަޒާން އަށް ލިބުނީ 4.60ގެ ސްކޯއެކެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގައި މިއަހަރު އިންސާފުކުރަމުން އަންނަ ޖަޖިން ޕެނަލްއަކީ ދުނިޔޭގެ ބޮޑީބޯޑިންގެ މައި އިދާރާ (އައިބީސީ)ގެ ސަޓިފައިޑް ޖަޖުންކަން ފާހަގަކޮށްލެވެ އެވެ.

ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަން ކަނޑައަޅާ ބަނޑުފިލާ ޗެލެންޖުގެ ހީޓުތައް މިއަދުވެސް ކުރިއަށްދާނެ އެވެ. މިއަދު ފެށުމަށް ހަމަޖެހިފައިވަނީ މާސްޓާސް ބައިގެ ހީޓުތަކުންނެވެ. އޭގެ ފަހުން ޑްރޮޕް ނީގެ ފުރަތަމަ ބުރުގެ ހީޓުތައްވެސް ކުރިއަށްދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox