"ގައުމީ ބަނޑުފިލާ ޗެލެންޖު 2022" މާދަމާ ފަށަނީ

Dec 17, 2022, 6:14 AM
ޮއޮގަސްޓް މަހު މާލޭގައި ކުރިއަށްދިޔަ މޯލްޑިވްސް ޕްރޯ އިވެންޓްގެ ތެރެއިން.--- ފޮޓޯ: އަދަދު

ޮއޮގަސްޓް މަހު މާލޭގައި ކުރިއަށްދިޔަ މޯލްޑިވްސް ޕްރޯ އިވެންޓްގެ ތެރެއިން.--- ފޮޓޯ: އަދަދު

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދަ ބޮޑީބޯޑިން ލީގުގެ އަހަރުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ "ބަނޑުފިލާ ޗެލެންޖު 2022" މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

މާދަމާއިން ފެށިގެން މި މަހުގެ 23 އަށް ކުރިއަށްގެންދާ ގައުމީ ބަނޑުފިލާ ޗެލެންޖު 2022 ގައި މި އަހަރު ފަސް ކެޓަގަރީއަކަށް އިއުލާންކުރި ނަމަވެސް އަންހެން ޑިވިޝަންގައި އެއްވެސް އެތުލީޓެއް ވާދަނުކުރާތީ އެ ޑިވިޝަން ނުހިމަނައި ކުރިއަށްދާނީ ހަތަރު ޑިވިޝަނެވެ. އޭގެ ތެރޭގައި މި އަހަރު މުޅިން އަލަށް ހިމެނި މާސްޓާސް ޑިވިޝަން ހިމެނެ އެވެ. މި ޑިވިޝަންގައި ވާދަކުރާނީ 35 އަހަރުން މަތީގެ އެތުލީޓުންނެވެ.

"ބަނޑުފިލާ ޗެލެންޖު 2022" އަކީ މި އަހަރު ބޮޑީބޯޑިންގެ ލީގުގައި ހިމެނޭ ފަސް ވަނަ މުބާރާތެވެ.

އެމްބީބީއޭ އިން މައުލޫމާތު ދިން ގޮތުގައި މި ފަހަރު މާސްޓާސް ޑިވިޝަން ހިމެނި މައިގަނޑު ސަބަބަކީ ބޮޑީބޯޑިންގެ ކުރީގެ އެތުލީޓުންނަށް ވާދަވެރި މާހައުލެއްގައި ރާޅާ އަޅައި ހުނަރުތައް ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ގައުމީ ލީގަށް ޕޮއިންޓް ލިބޭ އުސޫލުން މި އަހަރު ކުރިއަށް ގެންދިޔައީ ދެ މުބާރާތެކެވެ. އެއީ އަހަރުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ ބުރުނުޝިކާރު ޗެލެންޖާއި، ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށް މިދިޔަ ޖޫން މަހު ކުރިއަށްގެންދިޔަ މޯލްޑިވްސް ޕްރޯ ޓްރަޔަލްސް އެވެ. ދެ އިވެންޓުން ލިބުނު ޕޮއިންޓްތަކާ އެކު މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ.

މިދިޔަ ދެ މުބާރާތަށް ވުރެ ގިނައިން ޕޮއިންޓް ކަނޑައަޅާފައިވާ ގައުމީ މުބާރާތަކީ އަންނަ އަހަރުގެ ގައުމީ ޓީމަށް ހޮވުމަށް ވެސް ލިބޭނެ ރަނުގެ ފުރުސަތެކެވެ. އެ ގޮތުން މި މުބާރާތަށް ފަހު ޖުމްލަ ރޭންކިން ޕޮއިންޓަށް ބަލައި އާ ގައުމީ ޓީމު ވެސް އިއުލާން ކުރާނެ އެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގައި އެންމެ ވާދަވެރިވާނެކަމަށް ބެލެވެނީ ޖޫނިއާ ބައެވެ. ޖޫނިއާ ޑިވިޝަންގައި 15 އެތުލީޓުން ވާދަކުރާއިރު، ހުރިހާ އެތުލީޓުންވެސް ފެންނަނީ ވަރަށް އެއްވަރުކޮށެވެ. މިއީ އެމްބީބީއޭ އިން މިއަހަރު ޖޫނިއާ އެތުލީޓުން ބިނާ ކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ އެވެ.

އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާ އެތުލީޓުން މީގެ ތެރެއަށް ނެރުމަށް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގިއިރު، މި އަަހަރު ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ މުބާރާތް ކަމަށްވާ މޯލްޑިވްސް ޕްރޯގައި ވާދަކުރުމަށް ރާއްޖެ އައި ދުނިޔޭގެ ދެ ޗެމްޕިއަނުން ކަމަށްވާ ބްރެޒިލްގެ ނޭމަރާ ކަވާލިއޯ އާއި ފްރާންސްގެ އަމައުރީ ލަވާންގެ ހާއްސަ ކިޑްސް ކްލިނިކް ތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

އަލަށް ހިމެނި މާސްޓާސް ޑިވިޝަންގައި ހަ އެތުލީޓުން ވާދަކުރާއިރު ޑްރޮޕް ނީ ބައިގައި 11 އެތުލީޓުން އަދި ފިރިހެން އޯޕަން ބައިގައި 27 އެތުލީޓުން ވާދަކުރެ އެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖާ އެކު މި އަހަރު އެމްބީބީއޭ އިން ހަ މުބާރާތެއް ބާއްވަން ތާވަލްކުރި އެވެ. އޭގެ ތެރޭގައި ހިމެނޭ ލަބޭރާ ބޮޑީބޯޑިން ޗެލެންޖާއި، ސުލްޓާން އޮފް ތަނބުރުދޫ އާއި އަދަހުކުރު ގޮންޖެހުމުގެ އިތުރުން މުލަ ބޮޑީބޯޑިން ޗެލެންޖް މި އަހަރު އެކި ސަބަބުތަކާ ހުރެ ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ. އެމްބީބީއޭގެ އަމާޒަކީ މި ހުރިހާ މުބާރާތެއް އަންނަ އަހަރުގެ ކަލަންޑަރުގައި ހިމަނައިގެން ބޭއްވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox