ވޯލްޑް ކަޕް ޓިކެޓް: 2.9 މިިލިއަން ޓިކެޓް ވިއްކައި ގަތަރުން ރަޝިއާ ފަަހަތަށް ޖައްސާލައިފި

Nov 21, 2022, 8:24 AM
ވޯލްޑް ކަޕް ޓިކެޓް: 2.9 މިިލިއަން ޓިކެޓް ވިއްކައި ގަތަރުން ރަޝިއާ ފަަހަތަށް ޖައްސާލައިފި

ދޯހާ، ގަތަރު (ނޮވެމްބަރު 21) - މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތަކަށް 2.9 މިލިއަން ޓިކެޓް ވިއްކައި، ގަތަރުން ރަޝިއާގެ ވޯލްޑް ކަޕްގެ ޓިކެޓް ވިއްކުމުގެ ރެކޯޑަށް ވުރެ ކުރިއަށް ޖެހިލައިފި އެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ޖުމްލަ އެކު ވިކިފައިވަނީ 2.4 މިލިއަން ޓިކެޓެވެ. އެކަަމަކު، ގަތަރުން ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ މިހާތަނަށް ވެސް 2.9 މިލިއަން ޓިކެޓް ވިއްކައިފަ އެވެ. މިއީ ގަތަރު ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ހުޅަނގުގެ މީޑިއާތަކުން ކުރާ މަސައްކަތުގެ ބާރެއް ނެތްކަން ދައްކުވައިދޭ ކަމުގެ ހެއްކެއް ކަމަށް ގަތަރު ވޯލްޑް ކަޕް ކޮމިޓީން ގަބޫލުކުރެ އެވެ.

ގަތަރު ވޯލްޑް ކަޕް ކޮމިޓީގެ ތަރުޖަމާނު މީޑިއާ އަށް ބުނެފައިވަނީ އެންމެ ގިނަ ޓިކެޓް ގަނެފައިވަނީ ގަތަރުގެ އިތުރުން ސައުދީ އަރަބިއްޔާ، އެމެރިކާ، މެކްސިކޯ، އިންގްލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އާޖެންޓީނާ، ފްރާންސް، އިންޑިއާ އަދި ބްރެޒިލް އެވެ.

ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅުންނާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.-

މި ފަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕާ އެކު އަހަރު ނިމޭއިރު، ފީފާގެ އާމްދަނީ ޖުމްލަ އެކު މި ހަތަރު އަހަރަށް ބަލާއިރު އުޅޭނީ 7.5 ބިލިއަން ޑޮލަރުގައި ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. މިއީ މީގެ ހަތަރު އަހަރު ކުރިން، ނިމުނު ދައުރަށް ވުރެ އެއް ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

އަންނަ އަހަރުގެ މާޗް މަހު، ފީފާގެ ރައީސްގެ މަގާމުގައި ތިން ވަނަ ދައުރެއް ފައްޓަވަން ފުރުސަތު ފަހިވެފައިވާ އިންފަންޓީނޯ ވިދާޅުވީ ގަތަރުން ސާބިތުކޮށްދެނީ ވޯލްޑް ކަޕަކީ ގައުމެއްގެ ސައިޒަށް ބަލައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކަމަށް ގާބިލުނަމަ ހައިބަތު ބޮޑުނޫން ގައުމަކަށް ވެސް އެކަން ކުރެވިދާނެ ކަން ކަމަށެވެ.

ދެން ވޯލްޑް ކަޕް ބާއްވަން ނިންމާފައިވާ، އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި 2026 ހޯސްޓްކުރާ ވޯލްޑް ކަޕްގައި 48 ގައުމު ވާދަކުރާއިރު، އެ ކަމަށް އިޝާރާތް ކުރައްވައި އިންފަންޓީނޯ ވިދާޅުވީ ތަފާތު ބައްރު ގައުމުތަކުގެ ގައުމުތަކުގެ ގިނަ މެޗުތަކެއް ބަލާލަން ލިބުމަކީ ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox