ގެޒޭލް ބާޒާރަށް، އީޖާދީ ހައްލުން ރައްކާތެރިކަމާއި އިތުބާރު

Sep 15, 2022, 3:28 AM
ގެޒޭލް ބާޒާރަށް، އީޖާދީ ހައްލުން ރައްކާތެރިކަމާއި އިތުބާރު

މަސައްކަތުގެ މާހައުލުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭނުން ކުރާނެ ފެންވަރު ރަނގަޅު ސާމާނު ނެތުމެވެ. ކުރަން ޖެހޭ މަސައްކަތް އެތައް ގުނައަކަށް ބުރަ ވެގެންދާ ވާހަކަ އާއި މަސައްކަތް ނިމޭއިރު އަވަދިވެފައި ހުންނަ ވާހަކަ އަކީ އަބަދުމެ އަޑުއިވޭ ޝަކުވާ އެކެވެ. މި ކަންކަމަށް ހައްލު ވެލިގާއިން ގެނެސްދެނީ މޮޅު ބުރޭންޑުތަކުގެ ފެންވަރު ހުރި ސާމާނުންނެވެ. މި ފަހަރު އެފަދަ ހައްލެއްގެ ލިސްޓަށް އިތުރުކޮށްލީ މަޝްހޫރު ބުރޭންޑެއް ކަމަށްވާ ގެޒޭލް ބުރޭންޑު އެވެ.

ގެޒޭލްއަކީ ކޮބާ؟

ގެޒޭލްއަކީ ޒަމާނީ މައްސަލަތަކަށް އީޖާދީ ހައްލު ގެނެސްދިނުމުގައި ރައްކާތެރި، އިތުބާރު ހިފޭ ސާމާނު ބޭނުން ކުރާ ފަރާތްތަކުގެ މެދުގައި ނަން ހިނގާ ބުރޭންޑެކެވެ. ކޮންމެ ބާވަތެއްގެ މަސައްކަތެއް ވިޔަސް އެކަމެއް ދެގުނަ އަވަސްކޮށްލަދޭ މި ބްރޭންޑުގެ ސާމާނަކީ ހައްޓަށް ލުއި އަދި އެހާމެ ފެންވަރު ރަނގަޅު، ވަރުގަދަ ސާމާނެވެ.

މި ކުންފުނީގެ ސާމާނުތަކަކީ ބޭނުން ކުރާ މީހާގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން އުފައްދާފައިވާ ސާމާނެ އެވެ. މަސައްކަތު މާހައުލުގެ ރައްކާތެރިކަމަށް ބޮޑު އިސްކަމެއް ދީގެން އުފައްދާފައިވާ މި ބުރޭންޑުގެ ޓޫލްސްއަށް އޯސީއެޗްއޭ (އޮޝާ)، އީއެން131، ޓީޔޫވީ އަދި ޖީއެސް ފަދަ ބައިނަލްއަގުވާމީ އޯގަނައިޒޭޝަންތަކުގެ ސެޓިފިކެޓު ލިބިފައިވެ އެވެ.

ލިބެން ހުރީ ކޯއްޗެއް؟

ވެލިގާއިން ލިބެންހުރި ގެޒޭލް ބުރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ހަރުގަނޑާއި ބަރު އެއްޗެތި އުފުލާ ގެންގުޅުން ލުއި ފަސޭހަކޮށްލަދޭ ޕެލެޓު ޖެކާއި ޝޮޕް ކެރޭނުގެ އިތުރުން މަސައްކަތުގެ ސާމާނު ރައްކާތެރިކަމާއި އެކު ތަރުތީބުކޮށްލައިގެން ގެންގުޅެވޭނެ ފަދަ ޓޫލް ސްޓޮރޭޖު ފަދަ އެތައް ބައިވަރު އުފެއްދުންތަކެއް ހިމެނެ އެވެ. ތިރީގައި މިފާހަގަކޮށްލަނީ އޭގެ ތެރެއިން ބައެއް އުފެއްދުންތަކެވެ.

މި އަތުކީހުގެ 16 އިންޗިން ފެށިގެން 22 އިންޗީ ލިބެން އެބަ ހުރި. އަގަކީ 265 ރ.
މި އަތުކީހުގެ 16 އިންޗިން ފެށިގެން 22 އިންޗީ ލިބެން އެބަ ހުރި. އަގަކީ 265 ރ.

މި އަތުކީހުގެ 16 އިންޗިން ފެށިގެން 22 އިންޗީ ލިބެން އެބަ ހުރި. އަގަކީ 265 ރ.

އަތުކީސް

ގެޒޭލްގެ އަތުކީހުގެ އެކި ވައްތަރުތައް އެބަ ހުއްޓެވެ. އާންމުކޮށް މި ފެންނަ ޒާތުގެ އަތުކީހާއި އެކި މަސައްކަތްތަކަށް ހާއްސަ އަތުކީސް ލިބެން އެބަ ހުއްޓެވެ. އޭގެ އެކި ސައިޒުތައް ވެސް ލިބެން އެބަ ހުއްޓެވެ. ސޯޅަ އިންޗިން ފެށިގެން 22 އިންޗީގެ އަތުކީސް އެބަ ހުއްޓެވެ. ފެށޭ އަގަކީ 265ރ. އެވެ.

ގެޒޭލްގެ ހަރުގަނޑެއް

އެލުމިނިއަމް ހަރުގަނޑު

ފަސް ފޫޓުގެ ދިގު މި ހަރުގަނޑުގައި ހުރެގެން ގާތްގަނޑަކަށް ނުވަ ފޫޓު އުހުގައި ހުންނަ މަސައްކަތްތައް ދަތިކަމެއް ނެތި ފުރިހަމަ ކޮށްލެވޭނެ އެވެ. އެހީތެރިއަކު ކައިރީގައި ނެތަސް މި ހަރުގަނޑު ބޭނުން ކުރާ މީހަކު އިރުއިރުކޮޅުން ސާމާނު ހޯދަން ފައިބާކަށް ނުޖެހޭނެ އެވެ. އެލުމިނިއަމުން ހަދާފައިވާ މި ހަރުގަނޑުގެ އެންމެ މަތީބައި ހާއްސަ ކުރެވިފައިވަނީ މަސައްކަތު ސާމާނުތައް ނުވެއްޓޭނެހެން ހަރުކޮށް އަތުރާލެވޭ ގޮތަށެވެ. އަތްފޯރާ އަގެއްގައި ލިބެންހުރި މިހަރުގަނޑަކީ އެހާމެ ކޮލެޓީ ރީތި އުފެއްދުމެކެވެ.

މި ބްރޭންޑުގެ ތަފާތު ވައްތަރުގެ ތަފާތު ސައިޒުގެ، އެކި ބޭނުންތަކަށް ބޭނުންކުރާ 12 ވައްތަރެއްގެ ހަރުގަނޑު ވެލިގާގައި އެބަ ހުއްޓެވެ.

ސާމާނު ދަބަސް

ބަރާބަރު 20 އިންޗި އަށް އަނގަ ހުޅުވާލެވޭ ގެޒޭލް ސާމާނު ދަބަހަކީ އެތެރޭގައި 25 ޖީބާއި ހޯލްޑަރުތައް ހުންނަ މުޅީން ވޯޓަޕުރޫފް ދަބަހެކެވެ. ކޮނޑުގައިވެސް އަޅުވާލެވޭ މި ދަބަހަކީ ފަސޭހައިން ހަލާކު ނުވާ ގޮތަށް ޕޮލިސްޓައިން އުފައްދާފައިވާ މޮޅު ދަބަހެކެވެ. ތައްޔާރުކޮށްފައި ވަނީ ދަބަހުގެ ބޭރުގައި ކޫރުން އެޅި އަވަހަށް ބާ ނުވާނޭ ގޮތަށެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން ހުރެވެސް ހުޅުވާލައި ބޭނުންކޮށްލެވޭނެ އެވެ.

ގެޒޭލްގެ ޕްލެޓް ޖެކެއް

ޕެލެޓް ޖެކް

ތިން ހާސް ކިލޯގެ ބަރުދަން އުފުއްލާލުމުގެ ގާބިލުކަން ލިބިފައިވާ މި ޖެކަކީ ދަބަރު ނުޖަހާނޭ ގޮތަށް ހާޑު ކުރޯމް ޕުލޭޓު ކުރެވިފައިވާ މޮޅު އުފެއްދުމެކެވެ. މަސައްކަތުގެ މާހައުލުގައި ބަރު އެއްޗެތި އުފުލުމުގެ ތަކުލީފު ނައްތާލަދޭ މި ޖެކުގެ ދަތްގަނޑު ހަދާފައިވަނީ ސީ ގުރޭޑުގެ ވަރުގަދަ ދަގަނޑުންނެވެ. ގެންގުޅެން ފަސޭހަ ގެޒޭލް ޕެލެޓު ޖެކަކީ ގިނަ ބައެއްގެ އިތުބާރު ހޯދާގައިވާ ކޮލެޓީ ރަނގަޅު އުފެއްދުމެކެވެ.

މީގެ އިތުރުން އެހެން ވައްތަރުގެ ޖެކާއި، ހައިޑްރޯލިކް ޑްރަމް ޖެކު ވެސް އެބަ ހުއްޓެވެ.

އިންފްރާ ތަމޮމީޓަރު

އަތް ނުފޯރާ ހިސާބުގައި ހުރި އެއްޗެއްގެވިޔަސް ނުވަތަ އެ އެއްޗަކާ ކައިރިވުން ރައްކާތެރި ނޫން އެއްޗެއްގެ ފިނިހޫނުމިން ކަށަވަރު ކޮށްލަން ވިޔަސް މިވަރެއް ނޯންނާނެ އެވެ. ތިން މީޓަރުގެ އުސްމިނަކުން ވެއްޓުނު ނަމަވެސް ހަލާކު ނުވާ މިތަމޮމީޓަރަކީ އައިޕީ65 ރޭޓިންގެ ބޭނުންކޮށްލަން ފަސޭހަ އެއްޗެކެވެ. އަދި މިއަށް ހާއްސަ ގެޒޭލް ދަބަހެއް ލިބޭނެ އެވެ. މި ތަމޮމީޓަރު ކޮންމެ އެއްޗަކަށް އަމާޒު ކޮށްލިޔަސް އެންމެ 240 މިލިސުކުންތުގެ ތެރޭގައި އެ އެއްޗެއްގެ ފިނިހޫނުމިން ހޯދާލަ އެވެ. އަގަށް ބަލާއިރު މާބޮޑު ނޫން މި އުފެއްދުމަކީ ވެސް ފެންވަރު ރަނގަޅު، ލުއިކަން ގެނެސްދޭ އެއްޗެކެވެ.

މި ފާހަގަކޮށްލީ ބައެއް ސާމާނެވެ. ގެޒޭލްގެ ގިނަ ވައްތަރުތައް ވެލިގާއިން ލިބެން އޮބަ ހުއްޓެވެ. އޮންލައިންކޮށް ވެސް ބަލާލެވޭނެ އެވެ.

ވެލިގާގެ އޮންލައިން ފިހާރަ، ވެލިގާ.ކޮމް

ވެލިގާގެ އޮންލައިން ފިހާރަ (ވެލިގާ.ކޮމް) އިން ހުރިހާ ސާމާނެއް ގަނެވޭނެ އެވެ. ނެޓުން ގަނެލައިގެން ރަށަށް ވިޔަސް، އަތަށް ވިޔަސް، ޑެލިވަރީކޮށް ދެ އެވެ. މި އޮންލައިން ފިހާރައިން ވަގުތުން ފައިސާ ވެސް ދައްކާލެވެ އެވެ. އެހާ ވެސް ފަސޭހަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox