ޗެލްސީ އަށް އިތުރު ކުޅުންތެރިން ބޭނުންވޭ: ޓުޗެލް

Aug 30, 2022, 1:20 AM
ޗެލްސީ އަށް އިތުރު ކުޅުންތެރިން ބޭނުންވޭ: ޓުޗެލް

ލަންޑަން (އޮގަސްޓް 30) - ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ޗެލްސީން އިތުރު ކުޅުންތެރިން ހޯދަންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

މިދިޔަ ސީޒަނަށް ފަހު ޗެލްސީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާފައިވާއިރު، މި ސީޒަނަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން މިހާތަނަށް އެ ޓީމުން ވަނީ ރަނގަޅު ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އެގޮތުން، ނަޕޯލީ އަށް ކުޅެމުންދިޔަ ސެނެގާލްގެ ޑިފެންޑަރު ކަލީދޫ ކުލިބާލީ އާއި މެންޗެސްޓާ ސިޓީ އަށް ކުޅެމުންދިޔަ ރަހީމް ސްޓާލިން އާއި ބްރައިޓަންގެ ލެފްޓް ބެކް ކުކުރޭލާ އާއި އެސްޓަން ވިލާ އަށް ކުޅެމުންދިޔަ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރު ކާނީ ޗުކްވުއެމެކާ އަދި އިޓަލީގެ ޒުވާން މިޑްފީލްޑަރު ސެޒާރޭ ސަސާޑޭއީ ހިމެނެ އެވެ.

ސްކޮޑް އިތުރަށް ވަރުގަދަ ކުރުމަށް، ޗެލްސީން ދަނީ ޓްރާންސްފާ ބާޒާރުގައި ހަރަކާތްތެރި ވަމުންނެވެ. އެ ގޮތުން ލެސްޓާ ސިޓީ އަށް ކުޅެމުންދާ ފްރާންސްގެ ޑިފެންޑަރު ވެސްލީ ފޮފާނާ އާއި ބާސެލޯނާގެ ފޯވަޑް ޕިއޭ އެމެރިކް އޮބާމަޔަން ހޯދުމަށް ޗެލްސީން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓުޗެލް ބުނީ ޗެލްސީގެ ސްކޮޑް އިތުރަށް ވަރުގަދަ ކުރުމަށް ބައެއް މަގާމުތަކަށް އިތުރު ކުޅުންތެރިން ބޭނުންވާ ކަމަށެވެ. އަދި ޓްރާންސްފާ ބާޒާރު ބަންދުވާން ކުޑަ ދުވަސްކޮޅަކަށްވެފައި ވާއިރު، އެންމެ ބޭނުންވާ ގޮތަށް ކުޅުންތެރިން ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލްކުރާ ކަމަށެވެ.

"ކޮންމެ ގޮތަކަށް ޓްރާންސްފާ ބާޒާރު ނިމުނަސް، އަހަރެން ބަލާނީ އަހަންނަށް ލިބޭ ސްކޮޑްގެ ބޭނުންކޮށްގެން ކަންތައްތައް ހައްލުކުރަން،" ޓުޗެލް ބުންޏެވެ.

ޗެލްސީން ވަނީ އެ ޓީމަށް ކުޅެމުން އައި އިނގިރޭސި މިޑްފީލްޑަރު، ރޮސް ބާކްލޭގެ ކޮންޓްރެކްޓް އުވާލައިފަ އެވެ. މީގެ އިތުރުން ޗެލްސީގެ އިނގިރޭސި މިޑްފީލްޑަރު، ކޮނާ ގެލަގާ ގަންނަން އިނގިރޭސި ކްލަބަކުން 32 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ޗެލްސީން އަންނަނީ އެވަޓަންގެ އެންތަނީ ގޯޑަން ގަންނަން ކުރާ މަސައްކަތުގައި ކުރިހޯދުމުގެ ގޮތުން އެ ޑީލުގެ ތެރެއިން އެވަޓަން އަށް އަރްމާންޑޯ ބްރޯޖާ ދޫކޮށްލަން ވެސް ވާހަކަ ދައްކަމުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތުހެމްޓަންއާ ދެކޮޅަށް ޗެލްސީ ނުކުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox