އެމްޓީސީސީ ނޯތު ލީގު: ދުވާފަރާއި އަލިފުށި އެއްވަރު

Aug 25, 2022, 2:31 AM
އެމްޓީސީސީ ނޯތު ލީގުގައި އަލިފުށްޓާއި ދުވާފަރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އެންއެސްސީ ބިގްމޭން (އައްޔަ)

އެމްޓީސީސީ ނޯތު ލީގުގައި އަލިފުށްޓާއި ދުވާފަރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އެންއެސްސީ ބިގްމޭން (އައްޔަ)

އެމްޓީސީސީ ނޯތު ލީގުގެ ގްރޫޕް ޑީގެ މެޗުތައް ރ. އަލިފުށީގައި އިއްޔެ ފެށިއިރު، ފުރަތަމަ މެޗުން އަލިފުށި ރެކްރިއޭޝަން ކްލަބާއި ދުވާފަރު ސްޕޯޓްސް ކްލަބް 2-2 އިން އެއްވަރުވެއްޖެ އެވެ.

އެފްއޭއެމް ނޯތު ލީގުގައި ފުރަތަމަ ތިން ގްރޫޕްގެ މެޗުތައް މިހާރު ވަނީ ނިމިފަ އެވެ. އަލިފުށީގައި ކުރިއަށްދާ ގްރޫޕް ޑީގެ މެޗުތަކަކީ ރ. އަތޮޅުގެ ރަށްތަކުގެ ޓީމުތަކުގެ މެޗުތަކެވެ. ދުވާފަރާއި އަލިފުށީގެ އިތުރުން ދެން މި ގްރޫޕްގައި އޮތީ އުނގޫފާރެވެ.

އަލިފުށީ ޓާފް ދަނޑުގައި ވިއްސާރައިގެ ތެރޭގައި އިއްޔެ ފެށި މެޗުގެ ހަތަރު ވަނަ މިނިޓްގައި ދުވާފަރުން ލީޑުނެގީ އެ ޓީމުގެ އިސްމާއިލް މުހައްމަދު ހިލޭ ޖެހުމަކުން ޖެހި ގޯލަކުންނެވެ. ކުރިން ފުރަތަމަ ޑިވިޝަނުގައި ވެލެންސިއާ އަށް ކުޅުނު އިސްމާއިލް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކައިރީ ކަނަށެވެ. މެޗުގެ 16 ވަނަ މިނިޓްގައި އަލިފުށީ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި ދުވާފަރުން ލީޑުފުޅާކުރި އެވެ. ދުވާފަރުގެ މުހައްމަދު އަލީ ޖެހި ބޯޅައެއް އަލިފުށީ ކީޕަރު އަބްދުއްސަދާދު އާދަމް ގައިގައި ޖެހިފައި ނުކުތް ވަގުތު އިސްމާއިލް ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އަހުމަދު ނިމާދު (ނިމާ)ގެ ކޯޗުކަމުގައި ކުޅޭ ދުވާފަރުން ލީޑުފުޅާކުރިތާ ދެ މިނިޓް ފަހުން އަލިފުށީގެ ކެޕްޓަން، އާދަމް އިމްރާން (އިންނަ) ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފަ އެވެ. ހާފުގެ މެދެއްހާ ހިސާބުން އިންނަ ފޮނުވާލި ހިލޭ ޖެހުން ގޯލުގެ ކަނަށް ވަންއިރު، ދުވާފަރު ކީޕަރު ހުސެއިން ނައުފަލް އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން އަލިފުށިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ވަނީ މެޗުގެ 65 ވަނަ މިނިޓްގައި ކާމިޔާބުކޮށްފަ އެވެ. މި ގޯލު ޖެހީ އޭރިއާތެރެއަށް ހުރަސްވި ބޯޅައަކަށް ހުސްކޮށް އަރައި ރަޒާން އަލީ އެވެ.

މެޗުން މޮޅުވާން ދުވާފަރާއި އަލިފުށިން ވެސް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ދެ ޓީމު އެއްވަރުވެގެން މެޗު ނިމުނީ އެވެ.

ނޯތު ލީގުގެ ގްރޫޕް ޑީގެ މެޗެއް ދެން އޮންނާނީ ހުކުރު ދުވަހު ހަވީރު އެވެ. ދުވާފަރު އެ ދުވަހުގެ މެޗުގައި ނުކުންނާނީ މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ކުޅޭ އުނގޫފާރާ ދެކޮޅަށެވެ.

އެމްޓީސީ ނޯތު ލީގުގެ ފުރަތަަމަ ޑިވިޝަނުން ޖާގަ ހޯދާފައިވާ ޓީމުތަކަށް ބަލާއިރު، ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް، ކުޅުދުއްފުށީ ޒިގްޒެޒް ފޯ ޔޫތު ލިންކޭޖް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓް، ޔުނިޓީ ސްޕޯޓްސް، ކެނދިކުޅުދޫ ފުޓްބޯލް ކްލަބް އަދި ޓީމު ހޮޅުދޫ އެވެ. ދެން މި ގްރޫޕަށް ވަންނާނީ ގްރޫޕް ޑީގެ އެއް ވަނަ އާއި ދެ ވަނަ އެވެ.

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގަށެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ. ކޮންމެ ޒޯނެއްގައި ވެސް އެއް ވަނަ ޑިވިޝަނާއި ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން އޮންނާނެ އެވެ.

ކޮންމެ ޒޯނެއްގެ އެއް ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމު 2023/2024 ގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި އޮންނަ އަށް ކްލަބްގެ އިތުރުން ކޮންމެ ޒޯނެއްގެ ފުރަތަމަ ޑިވިޝަން ޗެމްޕިއަނުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox