ރައީސް، ގައުމީ ބޮޑީބޯޑިން ޓީމަށް ހިތްވަރު ދެއްވައިފި

Jul 19, 2022, 9:26 AM
ގައުމީ ބޮޑީބޯޑިން ޓީމާ އެކު ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު ނަންގަވާފައިވާ ފޮޓޯއެއް.--- ފޮޓޯ: ރައީސް އޮފީސް

ގައުމީ ބޮޑީބޯޑިން ޓީމާ އެކު ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު ނަންގަވާފައިވާ ފޮޓޯއެއް.--- ފޮޓޯ: ރައީސް އޮފީސް

އަަލަށް އެކުލަވާލި ގައުމީ ބޮޑީބޯޑިން ސީނިއާ ޓީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި، މި މަހު ފަހުކޮޅުގައި ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ މަތީ ފެންވަރުގެ ބޮޑީބޯޑިން މުބާރާތް، ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގައި ކާމިޔާބު ހޯދުމަށް ހިތްވަރު ދެއްވައިފި އެވެ.

ގައުމީ ބޮޑީބޯޑިން ޓީމެއް މި އަހަރު އެކުލަވާލީ ފުރަތަަމަ ދެ މުބާރާތް ކަމަށްވާ އެމްޓީސީސީ ބުރުނު ޝިކާރު ޗެލެންޖްގެ އިތުރުން މޯލްޑިވްސް ޕްރޯ ޓަރަޔްލްސްގެ ނަތީޖާއަށް ބަލައިފަ އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި އިވެންޓްގައި ރައީސް އާއި ސީނިއާ ގައުމީ ބޮޑީބޯޑިން ޓީމުގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ސައްތާރާއި ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އާއި ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ވަނީ ރާއްޖޭގައި މި މަހު 29 ވަނަ ދުވަހު ފަށާ އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ރާއްޖޭގައި ހޯސްޓް ކުރާ މުބާރާތް، ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގައި ރާއްޖެ ތަމްސީލްކުރާ ގައުމީ ބޮޑީބޯޑިން ޓީމުގެ ޖާޒީ އާއި ރާއްޖޭގެ ޓީމް ޕްރޮމޯޓު ކުރުމަށް ބޭނުން ކުރާ ޓީޝާޓު ރައީސް އަށް ވެދުމަށް އަރުވައިފަ އެވެ.

ގައުމީ ސީނިއާ ބޮޑީބޯޑިން ޓީމާއި ބޮޑީބޯޑިން އެސޯސިއޭޝަންގެ އިސް ބޭފުޅުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.--- ފޮޓޯ: ރައީސް އޮފީސް

ޓީމާ ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި މޫދުކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައިފަ އެވެ. އަދި މިމުބާރާތުގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެން ރައީސް ވަނީ ހިއްވަރު ދެއްވައިފަ އެވެ.

ބޮޑީ ބޯޑިން އަކީ ރާއްޖޭގައި ކުރިއަރުވައި ތަރައްގީ ކުރުމަށް ފަހި ފުރުސަތެއް އޮތް ކުޅިވަރެއް ކަން ވެސް ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ތެރޭގައި ކުޅިވަރަށް އައި ހުއްޓުމުގެ ސަބަބުން އަރައިގަންނަން ކުރެވޭ މަސައްކަތުގައި ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް މި އަހަރު ގިނަ އަދަަދަކަށް ބޭއްވޭތީ އެކަން ވެސް ރައީސް ފާހަަގަކުރެއްވި އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ، ރާއްޖޭގައި މި އަހަރު ބޮޑީބޯޑިން ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވޭނެކަން ރިޔާސީ ބަޔާނުގައި ރައީސް ހާމަކުރެއްވި ކަމަށެވެ. އަދި މިނިސްޓަރު ވަނީ މޫދު ކުޅިވަރު ރާއްޖޭގައި ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތް ފާހަގަކޮށް، ކުރިއަށް އޮތް ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގައި ވާދަކުރާ ބައިނަލްއަގުވާމީ އެތުލީޓުންގެ ސަބަބުން ރާއްޖެ އިސްތިހާރު ވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ހަތަރު ކެޓަގަރީއަކުން ދުނިޔޭގެ މަތީ ފަންތީގެ އެތުލީޓުން ވާދަކުރާ މި އިވެންޓަކީ ވޯލްޑް ޓުއާގެ ލެގެއް އޭޝިއާ ސަރަހައްދުގައި ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ޓުއާގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ފައިސާގެ އިނާމްވެސް ބޮޑު މުބާރާތެވެ. މިގޮތުން އިނާމް ފައިސާގެ ގޮތުގައި 70،000 ޑޮލަރު ހަތަރު ކެޓަގަރީ އަކަށް ބަހާލެވޭނެ އެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މި މަހުގެ 27 ގައި ހަމަވާއިރު، މިހާތަނަށް ދުނިޔޭގެ 13 ގައުމެއްގެ އެތުލީޓުން ވަނީ މުބާރާތުގައި ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަނުން ވެސް ހިމެނޭ ކަމަށް ބޮޑީބޯޑިން އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox