ދަ ގްރާންޑޭ ބަލިކޮށް ވެލެންސިއާ ހަތަރު ވަނަ އަށް

Jul 16, 2022, 12:59 PM
ވެލެންސިއާގެ އިސްމާއިލް އީސާ (މެސީ) ދަ ގްރާންޑޭ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ވެލެންސިއާގެ އިސްމާއިލް އީސާ (މެސީ) ދަ ގްރާންޑޭ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެ، ކްލަބް ވެލެންސިއާ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ވެލެންސިއާ ހަތަރަކަށް އެރީ، 18 މެޗުން 25 ޕޮއިންޓް ހޯދައިގެންނެެވެ. މާދަމާ ކުޅޭ މެޗުތަކުން މޮޅުވެގެން، ކްލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް، މެޗު ހަމަކޮށް ވެލެންސިއާގެ ކުރިއަށް ޖެހިލެވޭނެ އެވެ. މި ވަގުތު، ލީގުގެ ފަސް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ހަ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ވަނީ 17 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު، ދެ ކާޑު ހަމަވުމުގެ ސަބަބުން އެންމެ ފަހުން ކުޅުނު މެޗަށް ސަސްޕެންޝަނެއްގައި ހުރި ވެލެންސިއާގެ އަސްހަދު އަލީ (އަޑުބަރޭ) ވަނީ އެނބުރި އަތުވެފަ އެވެ. އަނިޔާގެ ސަބަބުން ދަ ގްރާންޑޭގެ އާޖެންޓީނާ ފޯވާޑް، ހޫގޯ ނިކޮލަސް އަށް އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުތައް ގެއްލުނު ނަމަވެސް މި މެޗުގައި އޭނާ ކުޅުނެވެ.

ވެލެންސިއާ އިން މެޗު ފަށައިގެން އެޓޭކަށް ޖެހިގެން ކުޅެ، ގޯލެއް ޖެހޭތޯ ކުރި މަސައްކަތުގައި އަޑޭ އަށް ރަނގަޅަށް ފޮނުވާނުލެވި އޭނާ އަތުން ފުރުސަތު ގެއްލުނީ އެވެ. ދަ ގްރާންޑޭގެ އިސްމާއިލް މަފާޒް އިބްރާހިމް ޖެހި ބޯޅައެއް ގޯލާ ސީދާނުވެދިޔައިރު، ހޫގޯ ޖެހި ޝޮޓް އަމާޒުވީ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް އަތަށެވެ.

ވެލެންސިއާގެ އަޑޭ (ކ) ދަ ގްރާންޑޭގެ އިވާން އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މެޗުގެ 20 ވަނަ މިނިޓްގައި ވެލެންސިއާގެ ކުޅުންތެރިއަކު އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ދަ ގްރާންޑޭގެ މަފާޒްގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން އޭނާ ބޭލީ އަށިގަނޑުގަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރި، ޔޫސުފް އުމެއިރު މުހައްމަދު، މެޗުގެ 28 ވަނަ މިނިޓްގައި އޭރިއާބޭރުން ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ގޯލެއް ޖެހޭތޯ ވެލެންސިއާ އިން ކުރި މަސައްކަތް ކާމިޔާބުވީ ފުރަތަމަ ހާފުގެ އިތުރު ވަގުުތުގަ އެވެ. ވެެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އޭރިއާތެެރެއިން ހުސްކޮށްލާފައި އެ ޓީމުގެ އިސްމާއިލް އީސާ (މެސީ) އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ދަ ގްރާންޑޭގެ ކީޕަރު މުހައްމަދު ތަހާ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓްގައި ދަ ގްރާންޑޭ އަށް އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ވެލެންސިއާގެ ކުޅުންތެރިއަކު އަތުގައި ޖެހުނު ބޯޅައަކަށް ދިން ޕެނަލްޓީން ހޫގޯ ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. މިއީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ފައިސަލް މަތަކުރި ދެ ވަނަ ޕެނަލްޓީ އެވެ. އެންމެ ފަހުން ޔުނައިޓެޑް ވިކްޓަރީއާ ކުޅުނު މެޗުގައި އެ ޓީމުން ފޮނުވާލި ޕެނަލްޓީ ވެސް ފައިސަލް މަތަކުރި އެެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ އުމެއިރު އޭރިއާބޭރުން ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އޭގެ ހަ މިނިޓް ފަހުން ވެލެންސިއާގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ހުސްކޮށްލާފައި އޭރިއާތެރެއިން އެ ޓީމުގެ ބިޗަޑަށް ދިން ބޯޅަ ހަމަޖެހިލާފައި ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ވެެލެންސިއާގެ އުމެއިރު (ކ) އަތުން ބޯޅަ ހޯދައިގެންދާން ދަ ގްރާންޑޭގެ ޖެންނޭ މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދަ ގްރާންޑޭ އިން ދެ ވަނަ ހާފްގައި ޖުމްލަކޮށް ބަލާއިރު، ވަރަށް ރަނގަޅަށް ކުޅުނެވެ. އެ ޓީމުން ގޯލު ޖަހަން ފުރުސަތުތައް ތަނަވަސްކުރަން ވެސް މަސައްކަތްކުރި އެވެ. އެ ގޮތުން މެޗުގެ 84 ވަނަ މިނިޓްގައި އޭރިއާތެރެއިން ދަ ގްރާންޑޭގެ މިޑްފީލްޑަރު، އަބްދުﷲ ޖުނައިދު (ޖެންނެ) ޖެހި ބޯޅަ އަމާޒުވީ ކީޕަރު ފައިސަލް އަތަށެވެ.

މެޗުގެ ފަހު މިނިޓްގައި އޭރިއާތެރެއިން ދަ ގްރާންޑޭގެ ލަންކާ ކުޅުންތެރިޔާ، މުހައްމަދު އާކިބް ހުސްކޮށް އަރައި ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އިތުރު ވަގުތުގެ ފަހު މިނިޓްގައި ދަ ގްރާންޑޭ އިން ކޯނަރެއްގައި ފޮނުވާލި ހަމަލާ ވެސް ކީޕަރު ފައިސަލް ވަނީ ހުއްޓުވައިފަ އެވެ.

ދަ ގްރާންޑޭ ލީގުގެ ފުލުގައި އޮތީ ކުޅުނު 18 މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އެވެ. މި ސީޒަނުގައި އަދި މޮޅެއް ނުލިބި އޮތް ދަ ގްރާންޑޭ އަށް ވަނީ ރެލިގޭޝަނުގައި ކުޅެން ޖެހިފަ އެވެ. ރެލިގޭޝަނުގައި ކުޅޭނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނާއި ރަނަރަޕް އަދި ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހަތުން ނިންމާ ދެ ޓީމެވެ.

ވެލެންސިއާ އިން ވަނީ ޕްރެޒިޑެންޓްސް ކަޕްގެ މެޗު ހިމަނައިގެން މި ފަހަރުގެ ސީޒަނުގައި ދަ ގްރާންޑޭ އަތުން ހަތަރު މެޗުން މޮޅުވެފަ އެވެ. އެ ހަތަރު މެޗަށް ބަލާއިރު، ވެލެންސިއާ ތިން މެޗުން މޮޅުވީ އެއް ގޯލުގެ ތަފާތުންނެވެ. މިއަދުގެ މެޗަކީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ވެލެންސިއާ މޮޅުވި ފުރަތަމަ ފަހަރެވެ.

ލީގުގައި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލަށް މޮޅެއް، ޗެލްސީ ބަލި، ޔުނައިޓެޑް ރެލިގޭޝަން ޒޯނަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލުން މޮޅެއް ހޯދިއިރު، ސަންޑަލެންޑް އަތުން ބަލިވެ ޗެލްސީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. އަދި އެސްޓަން ވިލާއާ 4-4 އިން އެއްވަރުވި މެންޗެސްޓާ ޔުނައިޓެޑް، ލީގުގައި ކުޅުނު 10 މެޗުން ލިބުނު އަށް ޕޮއިންޓާއެކު މިހާރު ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައި

ހިތްހަމަނުޖެހިފައި ހުރި އުރްބާނީގެ ފާޑުކިޔުން ރެފްރީންނަށް

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން އަތުން ރާއްޖެ ބަލިވި މެޗަށް ފަހު، ކޯޗު އުރްބާނީ ވަނީ ރެފްރީގެ ނިންމުންތަކަށާއި ވީއޭއާރް ބޭނުންނުކުރާތީ ވަރަށް ބޮޑަށް ފާޑުކިޔާފައި. މީގެ އިތުރުން، މުބާރާތަށް ރާއްޖެ ތައްޔާރުވި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން އުރްބާނީ ވަނީ ގިނަ ޝަކުވާތަކެއް ކޮށްފައި.

ބޫޓާނުން ލަންކާ ހުއްޓުވިއިރު، ބަންގްލަދޭޝް ސެމީ އަށް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނާއި ސްރީލަންކާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވުމާ ގުޅިގެން، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެއްޖެ. މި މެޗުގައި ބޫޓާނުން ފުރަތަމަ ލީޑު ނެގި ނަމަވެސް ލަންކާއިން ދެ ލަނޑު ޖަހައި ކުރިހޯދާފައިވަނިކޮށް، ބޫޓާނުން މެޗު އެއްވަރުކުރީ ފަހު ހާފުގައި ޗެންޗޯ ޖެހި ގޯލުން.

ރާއްޖެ ބަލިކޮށް ޕާކިސްތާން ސެމީ އަށް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގައި 3-0 އިން ރާއްޖެ ބަލިކޮށް ޕާކިސްތާނުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި. މިއީ ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުން ރާއްޖެ ބަލިކުރި ދެވަނަ ފަހަރު ކަމަށްވާއިރު، ރާއްޖެއަށް ސެމީގެ ފުރުސަތު ދެން އޮތީ ތިން ގޯލުގެ ތަފާތުން އިންޑިއާ ބަލިކޮށްގެން

މިސްރު ކޯޗު މަގާމުން ވަކިކޮށްފި

އާއިލީ މައްސަލަތަކެއް ސޯޝަލް މީޑިއާގައި ފެންމަތިވެފައި ވަނިކޮށް، މިސްރުގެ ފުޓްބޯޅަ ޓީމުގެ ކޯޗު ހޮސާމް މަގާމުން ވަކިކޮށް، އެ މަގާމަށް މާހިރު އައްޔަންކޮށްފި. މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މި ނިންމުން ނިންމީ ޓީމުގެ އަބުރު ހިމާޔަތްކުރުމަށް ކަމަށް ބުނެފައިވާއިރު، މީގެ ކުރިން ހޮސާމްގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައި.

ސާފް މުބާރާތްތަކަށް ވީއޭއާރް މުހިންމު: ނިޒާމްބެ

ސާފް ޗެމްޕިއަންޝިޕްގެ މުހިންމު މެޗުތަކުގައި "ވީއޭއާރް ލައިޓް" ބޭނުންކުރަން ނިންމުމަކީ ފުޓްބޯޅަ ކުރިއަރާފައިވާ މިންވަރަށް ބަލާއިރު މުހިންމު ކަމެއް ކަމަށް ކޯޗު ނިޒާމްބެ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި މި ނިޒާމުގެ ސަބަބުން ރެފްރީންގެ ނިންމުންތަކަށް ކުޅުންތެރިން ކުރާ އިތުބާރު ބޮޑުވެ، މުބާރާތުގެ ފެންވަރު ރަނގަޅުވެގެންދާނެ.

ރަންނަމާރި ޗެލެންޖު އިބޫ އާއި އާލިޔާ އަށް، ސާފް ލީގު ޔަސިން އަށް

ގައުމީ ސާފް ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ ފިރިހެން އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހުސެއިން އަރީފް (އިބޫ) ހޯދިއިރު، އަންހެން ކެޓަގަރީގެ އެއް ވަނަ ހޯދީ އާލިޔާ ލަތީފް. މި މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ޔަސިން އަހުމަދު ނާޝިދު ހޯދިއިރު، އޭނާ ވަނީ މިއަހަރުގެ ގައުމީ ސާފިން ލީގުގެ ޓައިޓަލް ވެސް ކާމިޔާބުކޮށްފައި.

Newsletter

Get the latest news delivered straight to your inbox