އިންޑިއާ އިން އިންގްލެންޑް ބަލިކުރިއިރު، ތަފާތު ދެއްކީ ހާޑިކް

Jul 8, 2022, 5:34 AM
އިންގްލެންޑް މެޗުގެ ތެރެއިން ހާޑިކް ޕާންޑްޔާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އިންގްލެންޑް މެޗުގެ ތެރެއިން ހާޑިކް ޕާންޑްޔާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ސައުތެމްޓަން (ޖުލައި 8) - ޖޯޝް ބަޓްލާގެ ކެޕްޓަންކަމުގައި އިންގްލެންޑުން ކުޅުނު ފުރަތަމަ ޓީ20 މެޗުގައި 50 ލަނޑުން އިންޑިއާ އަތުން ބަލިވިއިރު، މި މެޗުގައި އިންޑިއާގެ އޯލްރައުންޑަރު ހާޑިކް ޕާންޑްޔާ، ހާފް ސެންޗަރީ (50 ލަނޑު) ހެދުމުގެ އިތުރުން ހަތަރު ވިކެޓް ނަގައި ތަފާތު ދައްކައިފި އެވެ.

ބަޓްލާ އަށް އިންގްލެންޑް ޓީމުގެ ކެޕްޓަންކަން ދިނީ ދާދި ފަހުން އޮއިން މޯގަން ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކުރުމުންނެވެ.

ޓޮސް ދިމާވުމުން އިންޑިއާ އިން ނިންމީ ކުޅެން އެރުމަށެވެ. އެ ގޮތުން އެ ޓީމުން ވަނީ 20 އޯވަރުގެ ތެރޭ އަށް ކުޅުންތެރިން ނުބައިވެގެން 198 ލަނޑު ހަދައިފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 51 ލަނޑު ހެދި ހާޑިކާއި 39 ލަނޑު ހެދި ސޫރްޔަކުމާރް ޔާދަވްް އަދި 37 ލަނޑު ހެދި ދީޕަކް ހޫޑާ އެވެ. ބެޓިންގައި ހާޑިކް ތަފާތަކަށްވީ އިންގްލެންޑްގެ އުކުންތެރިންގެ ކޮންމެ ސްޓައިލެއްގެ ބޯޅަ އަކަށް ވެސް އޭނާ ތައްޔާރުވި މިންވަރު ރަނގަޅުވުމެވެ.

ކޮވިޑް-19 އިން ރަނގަޅު ވުމަށް ފަހު އެނބުރި އައި، ރޯހިތު ޝަރްމާ ވަނީ 14 ބޯޅައިން 24 ލަނޑު ހެދިތަނާ ނުބައިވެފަ އެވެ.

ޖަވާބުގައި އިންގްލެންޑުން ކުޅެން އެރިއިރު، ހާޑިކް ތަފާތު ދެއްކީ އޭނާ އަށް އުކަން ލިބުނު ހަތަރު އޯވަރުގައި، 33 ބޯޅައިން ހަތަރު ކުުޅުންތެރިން ނުބައިކޮށްލައިގެންނެވެ. ހާޑިކް ނެގީ، އިންގްލެންޑްގެ ޖޭސަން ރޯއި، ޑޭވިޑް މަލަން، ލިއަމް ލިވިންގްސްޓަން އަދި ސޭމް ކުރަންގެ އެވެ.

އިންޑިއާގެ ސްޕިން ބޯލަރު، ޔުޒްވެންދުރަ ޗާހާލް ވަނީ އިއްޔެގެ މެޗުގައި ދެ ވިކެޓް ނަގައިފަ އެވެ. އޭގެ ތެރޭގައި އިންގްލެންޑަށް މި މެޗުގައި އެންމެ ގިނަ ލަނޑު ހަދައިދިން މޮއީން އަލީގެ ވިކެޓް ވެސް ހިމެނެ އެވެ. މޮއީން ވަނީ 20 ބޯޅައިން 36 ލަނޑު ހަދައިފަ އެވެ.

އިންގްލެންޑްގެ ކެޕްޓަން ބަޓްލާ ނުބައިވީ، ލަނޑެއް ނުހެދި އެވެ. ބަޓްލާގެ ވިކެޓް ނެގީ، އިންޑިއާގެ ކުޅަދާނަ .އުކުންތެރިޔާ، ބުވްނޭޝްވަަރު ކުމާރް އެވެ. އިންގްލެންޑުން 19.3 އޯވަރުގެ ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 148 ލަނޑެވެ.

ދާދި ފަހުން، ނިމުނު ފޯރިގަދަ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި މުޅިން އަލަށް ވާދަކޮށް ޗެމްޕިއަންކަން، ހޯދި ގުޖުރާތު ޓައިޓަންސް ޓީމުގެ ތަރިއަކީ ހާޑިކް އެވެ. އޭނާ މި ވަނީ އޭނާ މި ވަގުތު ހުރި ރަނގަޅު ފޯމު ދަމަހައްޓައިފަ އެެވެ. ހާޑިކްގެ އަމާޒަކީ އިންގްލެންޑްގެ ތިން މެޗު ސީރީސްގައި ވެސް މޮޅަށް ކުޅެ އިންޑިއާ އަށް ކާމިޔާބު ހޯދައިދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox