ނަސްރު 82 ވަނަ މެރަތަން ދުވާނީ ގޯލްޑް ކޯސްޓްގައި

Jun 29, 2022, 10:48 AM
އެކުވެނި ސިންތެޓިކް ޓްރެެކުގައި ނަސްރު ދުވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެކުވެނި ސިންތެޓިކް ޓްރެެކުގައި ނަސްރު ދުވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑް ހޯލްޑަރު ނަސްރުﷲ އަހުމަދު (ނަސްރު)، އޭނާގެ 82 ވަނަ މެރަތަން ދުވަން އޮސްޓްރޭލިއާ އަށް މިއަދު ފުރައިފި އެވެ.

މިއީ ނަސްރުގެ ދުވުމުގެ ކެރިއަރުގައި ގޯލްޑް ކޯސްޓްގައި ބާއްވާ މެރަތަން ދުވުމުގެ އިވެންޓެއްގައި ބައިވެރިވާ ހަ ވަނަ ފަހަރެވެ. ގޯލްޑް ކޯސްޓް މެރަތަން އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ.

މެރަތަން ރަނާސްގެ ކޯޗުކަން ވެސް ކުރަމުން އަންނަ ކުޅަދާނަ ދުވުންތެރިޔާ، ނަސްރު ވަނީ މިިދިޔަ މާޗް މަހު ތުރުކީގައި މެރަތަން އެއް ދުވެފަ އެވެ. އޭގެ ފަހުން އޭޕްރީލް މަހު ބެންގަލޫރުގައި ބޭއްވި މެރަތަންގައި ދުވެ، ފޯމު ދެމެހެއްޓި އެވެ. އެންމެ ފަހުން ދުވީ މި މަހު ތައިލެންޑްގެ ފުކެޓްގައި ކުރިއަށްދިޔަ މެރަތަންގަ އެވެ.

ކޮވިޑާ ހެދި އައި ހުއްޓުމަށް ފަހު އަލުން ފަށައިގެން ނަސްރު އަންނަނީ ގަވާއިދުން ދުވުމުގެ އިވެންޓްތަކުގައި ބައިވެރިވެ، އޭނާގެ ޓާގްޓްތަކައިގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ. މެރަތަން ދުވުމުގެ އިތުރުން ނަސްރު އަކީ މެރަތަން އަށް ޝައުގުވެރިވާ ފަރާތްތަކަށް ޓްރެއިނިން ދިނުމުގައި ވެސް ކުޅަދާނަ ކޯޗެކެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ވެސް، އަނިޔާއިން ރިކަވާވެގެން ފިޓްވުމުގެ ބޭނުމުގަޔާއި މެރަތަން ދުވުމުގެ ޝައުގުވެރިކަމާއި ފިޓްނަސް ހިފެހެއްޓުމުގެ ގޮތުން އަންނަނީ މެރަތަން ރަނާސްއާ އެކު ޓްރެއިނިން ހަދަމުންނެވެ.

ނަސްރު (ވ) އާއި ދަގަނޑޭ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކުގައި ދުވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސިފައިންގޭގެ ސްޓާފް ސާޖަންޓް، ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅުގަ އެވެ. ދުވުމުގެ ތެެރެއަށް ރަސްމީކޮށް ނުކުންނަން ނަސްރަށް ހިތްވަރު ލިބުނީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ ތެރެއިން ކުރެވުނު ތަޖުރިބާ އަކުންނެވެ.

ނަސްރު، މި ވަގުތު އަމާޒުހިފައިގެން ހުރީ މެރަތަން ދުވެގެން ސަރަަހައްދުގެ ނޫނީ ދުނިޔޭގެ ރެކޯޑަކާ ހަމައަށް ވާސިލްވުމެވެ. އެ ދަތުރުގައި އޭނާ އަމާޒަކީ އަމިއްލަ ކުރިއެރުންތަކުގެ އަލީގައި ކުރިއަށް ދިއުން އެކަންޏެއް ނޫނެވެ. އާ ދުވުންތެރިން އުފައްދައި، ގިނަ ދުވުންތެރިންނަށް ކޯޗުކޮށްދީގެން އިންޓަނޭޝަނަލް އިވެންޓްތަކަށް ގެންގޮސް ރާއްޖެ އަށް ރީތި ނަން ހޯދައިދޭން މަސައްކަތްތައް ކުރުމެވެ.

މި މަސައްކަތުގައި މިހާތަނަށް ވެސް އޭނާ ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން އެންމެ ފަހުން މި މަހު ފުކެޓްގައި ދުވި މެރަތަންގައި ނަސްރުގެ ކޯޗުކަމުގައި ވާދަކުރި އައިޝަތު ރާނިޔާ އަށް ވަނީ ފަސް ކިލޯމީޓަރާއި ހާފް މެރަތަންގެ އުމުރުފުރާ ބައިން އެއް ވަނަ ލިބިފަ އެވެ. ރާނިޔާގެ ޕޭސްމާކަރަކަށް ދުވުނީ ނަސްރު އެވެ. ރާއްޖޭގެ ގައުމީ ޓީމުގައި ވެސް ހިމެނޭ ދިގު ދުވުންތެރިޔާ، މުހައްމަދު ރަޝީދު (މޯޑު)ގެ ކޯޗަކީ ވެސް ނަސްރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox