ދަ ގްރާންޑޭ ބަލިކޮށް އީގަލްސް އިން ފަރަގުކުޑަކޮށްފި

Jun 27, 2022, 1:25 PM
ދަ ގްރާންޑޭގެ ވިޖުދާން (ކ) ކައިރިން އީގަލްސްގެ ހަންނަ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ދަ ގްރާންޑޭގެ ވިޖުދާން (ކ) ކައިރިން އީގަލްސްގެ ހަންނަ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް ކްލަބް އީގަލްސް އިން ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ޕޮއިންޓުގެ ފަރަގުކުޑަކޮށްފި އެވެ.

ލީގުގެ ދެ ވަނަ ބުރުގައި މާޒިޔާ ކުޅުނު ފަހު މެޗުން ވަނީ ރޭ ފަހު ވަގުތު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު، އީގަލްސް މިއަދު މޮޅުވުމުން މާޒިޔާގެ ލީޑު ވަނީ ފަސް ޕޮއިންޓަށް ކުޑަވެފަ އެވެ. ދެ ވަނަ ބުރުގެ މެޗުތައް މާޒިޔާ އާއި އީގަލްސް އަށް ނިމުނުއިރު، މާޒިޔާ އެއް ވަނައިގައި އޮތީ 14 މެޗުން 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 14 މެޗުން ވަނީ 35 ޕޮއިންޓް ލިބިފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން 11 ވަނަ މިނިޓްގައި އީގަލްސް އިން ލީޑުނެގީ އިމްރާން ނަޝީދު (އިންމަ) ދިން ބޯޅައަކުން އަހުމަދު ހަސަން (އައްމަޑޭ) އެވެ. އައްމަޑޭ ފޮނުވާލި ބޯޅަ ދަ ގްރާންޑޭ ގޯލުގައި ހުރި ލެބަނަންގެ ކީޕަރު، މުހައްމަދު ތަހާ އަށް މަތަނުކުރެވުނެވެ. ތަހާ އަކީ ކުރިން އީގަލްސް އަށް ކުޅުނު ކީޕަރެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އިން ދެ ވަނަ ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ދަ ގްރާންޑޭ އިން ވަނީ ދެ ވަނަ ހާފް ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ދަ ގްރާންޑޭ އިން ނެގި ކޯނަރެއް، އީގަލްސްގެ ގޯލްކީޕަރު، ހަސަން އަލީފް އިބްރާހިމް ޖައްސާލި ބޯޅަ ލިބުނީ ދަ ގްރާންޑޭގެ އަބްދުﷲ ޖުނައިދު (ޖެންނެ) އަށެވެ. ޖެންނެ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ގޯލު ރޮނގުމަތީގައި ހުރި އީގަލްސްގެ ޑިފެންޑަރު ސޮލާހު އަލީ ބޯމަތިން ގޮހެވެ.

ދަ ގްރާންޑޭ ޓީމުގެ ޖެންނެ މިއަދުގެ މެޗުގެ ތެރެއިން ބޯޅަ ހިފައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އީގަލްސް އިން ލީޑުނަގަން މެޗުގެ 66 ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) ނެގި ހުރަަހަކުން ހިސާމް ސަލީމް (ކޮކީ) ބޮލުން ޖެހި ބޯޅަ ކީޕަރު ތަހާ ފައިގައި ޖެހިފައި ނުކުތް ވަގުތު އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) ޖެހި ރީބައުންސް ބޯޅަ ދިޔައީ ބޭރަށެވެ.

އީގަލްސް އިން ލީޑުނެގީ މެޗުގެ 76 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. މިއީ ހަންނަ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދަ ގްރާންޑޭގެ ކޮލަމްބިއާ ޑިފެންޑަރު އިވާން ސައިސޭޑޯ ފައިގައި ޖެހިފައި ވަން ގޯލެކެވެ.

ދަ ގްރާންޑޭ އިން ވަނީ މެޗުގެ 88 ވަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ބަދަލަކަށް ކުޅެން އެރި އިސްމާއިލް ނަޒީހު ބޮލުން ޖެހި ބޯޅަ ބަލައިނުގަތީ އޮފްސައިޑްވުމުންނެވެ. ދަ ގްރާންޑޭގެ އާޖެންޓީނާ ފޯވާޑް، ހޫގޯ ނިކޮލަސް ބޮލުން ޖައްސާލި ބޯޅައަށް ނަޒީހު އެރިއިރު، ހުރީ އޮފްސައިޑް މަގާމެއްގަ އެވެ.

އީގަލްސް އިން ވަނީ މި މެޗުގެ ދެ ވަނަ ހާފުގައި އެ ޓީމުން ދާދި ފަހުން ގެނައި، ތަޖިކިސްތާން މިޑްފީލްޑަރު ޒަރްޑިއޭވް ޖަމޯލިއްދީން އާއި ރެއާލް މެޑްރިޑްގެ ސީ ޓީމަށް (ޔޫތު ޓީމަށް) ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު، ބްރޫނޯ ވިނީޝިއުސް ކުޅެން އަރުވައިފަ އެވެ. ވިނީޝިއުސް އަށް ކުރި ފައުލަކަށް ލިބުނު ހިލޭ ޖެހުމަކުން ހަންނަ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި މިރޭ ކްލަބް ވެލެންސިއާ ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ އެވެ. މެޗު ފަށާނީ 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox