85 ޓާފް ދަނޑުގެ މަސައްކަތް ކުރެވޭތީ ހިތްހަމަޖެހޭ: މަހުލޫފް

Jun 20, 2022, 5:58 AM
ގުރައިދޫ ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި އިވެންޓްގެ ތެެރެއިން މިނިސްޓަރު މަހުލޫފް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ގުރައިދޫ ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި އިވެންޓްގެ ތެެރެއިން މިނިސްޓަރު މަހުލޫފް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 85 ޓާފް ދަނޑުގެ މަސައްކަތް ކުރެވެމުންދާތީ އެކަމާ ހިތްހަމަޖެހޭ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ކ.ގުރައިދޫގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ ގުރައިދޫ ދަނޑުގެ މަސައްކަތް ނިމިފައި ހުރީ ބޭނުންވި "ދުވެލީގައެއް ނޫން" ކަމަށެވެ. އަދި ބޭނުންވި ދުވަހަށް ވުރެ ލަހުން ދަނޑުގެ މަސައްކަތް ނިމުނީތީ، މިނިސްޓަރު ވަނީ އެ ކަމަށް މައާފަށް އެދިފަ އެވެ

"މި ދަނޑު ހުޅުވިގެންދާތީ އުފާކުރަން. މީގެ ކުރިން ގުރައިދޫން ރާއްޖޭގެ ފުޓްބޯޅައިގައި އެ ހޯދާފައިވާ، ކުރިއެރުން، ކާމިޔާބު، އެ ހިސާބަށް އަލުން ދިއުމަށްޓަކައި، މި ދަނޑުގެ ބޭނުންހިފާނެ ކަމަށް އުންމީދު ކުރަން. މިއަދު، އަޅުގަނޑު ތިބޭފުޅުންނަށް ދޭން ބޭނުންވާ އުފާވެރި ހަބަރަކީ އަޅުގަނޑު މިތަނަށް އައުމުގެ ކުރިން މި އައީ މި ދަނޑުގެ ރޮސްޓްރަމް އާއި ލައިޓް ވެސް އިއުލާނުކޮށްފައި،" މަހުލޫފް ވިދާޅުވި އެވެ.

އިއްޔެގެ ހާއްސަ މެޗަށް ފަހު ބައިވެރިވި ފަރާތްތައް ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: ނައިބު ރައީސް

މަހުލޫފް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ 25 ވަރަކަށް ރަށުގައި ބޮޑު ދަނޑު ގާއިމްކުރަން ވައުދުވެ ވަޑައިގަތް ކަމަށެވެ. މިހާތަނަށް ކުރެވުނު މަސައްކަތްތައް ބަލާއިރު ވެސް ވަރަށް ގިނަ ދަނޑުތަކެއްގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު އައިސް ވާހަކަ ދައްކާއިރު މީގެ 40 އާ ގާތްކުރާ ދަނޑުގެ މަސައްކަތް ނިންމާލެވި، މިއަދު އަޅުގަނޑު އަޕްޑޭޓް ބަލާލިއިރު، ޖުމްލަ ކޮށް މުޅި ރާއްޖޭގައި މީގެ 85 ދަނޑުގެ މަސައްކަތް ކުރެވޭ ކަމީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހޭ ކަމެއް،" މަހުލޫފް ވިދާޅުވި އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު މަހުލޫފް ހާޒިރުކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާ ޓާފް ދަނޑުގެ މަސައްކަތް ލަސްވާ ސަބަބުތައް އޮޅުންފިލުވަން ރައްޔިތުންގެ މަޖިލީހުގެ އެކި ދާއިރާތަކުގެ މެމްބަރުން ސުވާލުކުރެއްވި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވަނީ ދަނޑުތަކުގެ ސްޕީޑް ލަސްވަނީ ކޮންޓްރެކްޓަރުންގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.

ގުރައިދޫ ދަނޑުގެ މަސައްކަތް އެއްކޮށް ނިމުމުން ރާއްޖޭގެ ލީގުގެ މެޗުތައް ގުރައިދޫ ދަނޑުގައި ކުޅެން މަސައްކަތް ކުރާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އެ ކަމަށް އޮތް ފަސޭހަ އަކީ ގުރައިދޫ އަކީ މާލެ ކައިރީ އޮތް ރަށަކަށްވުން ކަމަށާއި މެޗުތައް ކުޅެވޭނެ ގޮތަކާ ބެހޭގޮތުން އެފްއޭއެމާ މަޝްވަރާކުރާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އިއްޔެ ކުޅުނު ހާއްސަ މެޗުގެ ތެރެއިން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އައްސަދު ބޯޅަ ހިފައިގެން.--- ފޮޓޯ: ރައީސް އޮފީސް

ގުރައިދޫ ދަނޑު ހުޅުވަން އިއްޔެ ވަނީ ހާއްސަ މެޗެއް ވެސް ކުޅެފަ އެވެ. ގުރައިދޫގެ ޓީމަކާއި ނައިބު ރައީސް ފައިސަލް ނަސީމް ކުޅުއްވި ޓީމެއްގެ މެޗެއް ކުރިއަށްދިޔައިރު، ނައިބް ރައީސްގެ ޓީމުގައި ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުން ހިމެނުނެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ ކުޅިވަރުގެ ތެރެއިން ކުރިއަށް ދެވޭނީ ގުޅުން ރަނގަޅުވެގެން އެކުވެރިކަން ދެމި އޮވެގެން ކަަމަށާއި އުންމީދަކީ ރާއްޖޭގެ ކުޅިވަރުގައި އެކަން ވީ އެންމެ ރަނގަޅަށް ކުރިއަށް ދިއުމަށް ކަމަށެވެ.

ގުރައިދޫގައި ޓާފް ދަނޑެއް އަޅައި، އެ ތަނުގައި މެޗެއް ކުޅެން ތައްޔާރުވާއިރު، މީގެ 25 ވަރަކަށް އަހަރު ކުރީގެ ހަނދާންތައް އާވެގެންދާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވެސް ސްކޫލް ހަޔާތުގައި ވަރަށް ކުޑައިރު، މި ގުރައިދޫ އަށް ވަރަށް ގިނަގިނައިން އާދެވި، މި ގުރައިދޫ އޭރުގެ ފުޓްބޯޅަ ދަނޑުގައި އަޅުގަނޑު 20 ނަމްބަރު ޖޯޒީ މިއަދު އިއްތިފާގުން މި ލިބުނީ. މި 20 ނަމްބަރު ޖަހައިގެން އަޅުގަނޑުގެ ސްކޫލް ދުވަސްވަރުގައި ކުޅުނީ، އެހެންވެ، އެ ހަނދާންތައް މިއަދު އާދޭ. މީގެ 25 ނޫނީ 30 އަކަށް އަހަރު ކުރީގެ ހަނދާންތައް އެއީ،" ނައިބު ރައީސް ވިދާޅުވި އެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު ވަނީ ގުރައިދޫ ޓާފް ދަނޑު ހުޅުވަން ނައިބު ރައީސް ފައިސަލް ވަޑައިގެންނެވީތީ އެކަން ފާހަގަކުރައްވައި، އެ ކަމަށްޓަކައި ޝުކުރުއަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox