ހުރިހާ ކުޅިވަރަކަށް ހަަމަހަމަ ފުރުސަތު އެބައޮތް: ރައީސް

Jun 15, 2022, 12:04 PM
ޖޫނިއާ ޗެސް ޓީމުގެ ކުޅުންތެރިންނާ އެކު ރައީސް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޖޫނިއާ ޗެސް ޓީމުގެ ކުޅުންތެރިންނާ އެކު ރައީސް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ކުރާ މަސައްކަތުގައި ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތު އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މި ގޮތަށް ވިދާޅުވީ، އއ. އުކުޅަހުގައި މިއަދު ފެށުމަށް ތައްޔާރުވަމުން އަންނަ ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕްގެ ކުރިން، ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސް ފަރާތްތަކާއި ޖޫނިއާ ކުޅުންތެރިންނާ އެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. މިއީ އުކުޅަަހަށް ޖޫނިއާ ކުޅުންތެރިން ދިއުމުގެ ކުރިން ހިތްވަރު ދެއްވުމަށް ބޭއްވި ބައްދަލުވެމެކެވެ.

އޭޝިއާ ސަރަހައްދުގެ ނުވަ ގައުމަކުން 180 ކުދިން ބައިވެރިވާ ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން 35 ކުޅުންތެރިން ވާދަކުރާނެ އެވެ. ފަސް އުމުރުފުރާއަކުން ދިވެހި ކުޅުންތެރިން ވާދަކުރާއިރު، މިއީ މިހާތަނަށް ބައިނަލްއަގްވާމީ ޗެސް މުބާރާތެއްގައި ވާދަކުރާ ދިވެހިރާއްޖޭގެ ރާއްޖޭގެ އެންމެ ބޮޑު ޓީމެވެ.

ޖޫނިއާ ޗެސް ޓީމާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު ފޮޓޯ އަކަށް ހުއްޓިލައިގެން--- ފޮޓޯ: ރައީސް އޮފީސް

ހުރިހާ ކުޅިވަރެއް ހަަމަހަމަ ފުރުސަތުތައް ދީގެން ޑިވެލޮޕްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒްކުރުމުގައި މިހާރު އާދެވިފައިވަނީ ރަނގަޅު ހިސާބަކަށް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

"ފުރުސަތުތައް ފަހިކޮށްދީ އެ ކުޅިވަރުތައް ތަރައްގީ ކުރުމަށްޓަކައި ހުރިހާ ކުޅިވަރަކަަށް ހަމަހަމަ ފުރުސަތު ދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ގެންގުޅޭ އެއް ސިޔާސަތަކީ ރާއްޖޭގައި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުން،" ރައީސް އޮފީސް ވެބްސައިޓްގައި ހިމަނާފައިވެ އެވެ.

"އެ ގޮތުން ރާއްޖޭގައި ބޭރުގެ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ދިވެހި ކުޅުންތެރިންނަށް އޭގެ ފައިދާ ކުރާނެ އަދި ދިވެހި ރާއްޖޭގައި އެ ކުޅިވަރެއް ތަރައްގީ ކުރުމަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ސިފަކުރެއްވި އެވެ،"

މި ސަރުކާރު އައި ފަހުން ރާއްޖޭން ވަނީ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތެއް 2019 ވަނަ އަހަރު އައްޑޫގައި ހޯސްޓްކުރުމުގެ އިތުރުން މިދިޔަ މަހު ވަނީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތް މާލޭގައި ބާއްވައިފަ އެވެ.

ޖޫނިއާ ޗެސް ޓީމާ މުހާތަބުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް

އަންނަ މަހުގައި ރާއްޖޭގައި ބާއްވާ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް ހޯސްޓްކުރަން ހަމަޖެހިފައިވަނީ ކ. މާފުށީގަ އެވެ. އަދި އަންނަ މަހު މާލޭ ރާޅުގަނޑު ސަރަހައްދުގައި، އައިބީސީ މޯލްޑިވްސް ބޮޑީބޯޑް ޕްރޯ ބާއްވަން އަންނަނީ ހަލުވި ދުވެލީގައި މަސައްކަތް ކުރަމުންނެވެ.

ރައީސް ސޯލިހު ވަނީ ޖޫނިއާ ޓީޓީ މުބާރާތް ކުރިއަށް ދިޔައިރު، މެޗުތައް ބައްލަވަން ސޯސަލް ސެންޓަރު އިންޑޯ ހޯލަށް ވަޑައިގެން ޖޫނިއާ ގައުމީ ޓީޓީ ޓީމަށް ހިތްވަރު ދެއްވައިފަ އެވެ.

މީގެ އިތުރުން ރާއްޖޭން ހޯސްޓް ކުރި މުބާރާތްތަކަށް ބަލާއިރު، މިދިޔަ އަހަރު ވަނީ ސާފް ޗެމްޕިއަންޝިޕާއި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް މާލޭގައި ހޯސްޓްކޮށްފަ އެވެ. މި އަހަރު އެފްއައިވީބީގެ ބީޗް ޓުއާ ވޮލީ މުބާރާތްތަކެއް ރާއްޖޭގައި ބާއްވާއިރު، އަންނަ ޑިސެމްބަރު މަހު މާލޭގައި ސެންޓްރަލް ޒޯން އަންހެން އަދި ފިރިހެން މުބާރާތް ހޯސްޓް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox