ބައިނަލްއަގުވާމީ ޗެސް މުބާރާތް ހޯސްޓްކުރަން އުކުޅަސް ތައްޔާރު

Jun 14, 2022, 3:25 AM
ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އއ. އުކުޅަހުގައި މާދަމާ ބައިނަލްއަގުވާމީ ޗެސް (ރާޒުވާ) މުބާރާތް ފަށަން ތައްޔާރުވެއްޖެ އެވެ.

ތަފާތު ނުވަ ގައުމަކުން 180 ވަރަކަށް ކުޅުންތެރިން ބައިވެރިވާ، ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މާދަމާ އިން ފެށިގެން މި މަހު 23 އަށް އުކުޅަހުގައި ކަމަށް އިއުލާނުކުރީ މިދިޔަ ފެބްރުއަރީ މަސް ތެރޭގަ އެވެ.

މުބާރާތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ރޭ ވަނީ ޒުވާނުންގެ މަރުކަޒު ސެމިނާ ރޫމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. ބައިވެރިވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ އިސް ވެރިންނެވެ.

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަަތަމަ ޖޫނިއާ ޗެސް މުބާރާތް، 18 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަވާއިރު، މި މުބާރާތުގައި ހަ ކެޓަގަރީއެއް ކުރިއަށްދާނެ އެވެ. އެއީ 18 އަހަރުން ދަށް، 16 އަހަރުން ދަށް، 14 އަހަރުން ދަށް، 12 އަހަރުން ދަށް، 10 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 8 އަހަރުން ދަށުގެ އުމުރުފުރާ އެވެ. ކޮންމެ އުމުރުފުރާއެއްގައި ވާދަކުރާނީ ކޮންމެ ގައުމަކުން އަންހެން އަދި ފިރިހެން އެންމެ ކުޅުންތެރިއެކެވެ.

އާންމު ގޮތެއްގައި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅޭ ތިން ފޯމެޓް ކަމަށްވާ، ރެޕިޑް، ކްލަސިކް އަދި ބްލިޓްޒް ބީޗް ޗެސް ފޯމެޓަށްވެސް މި މުބާރާތުގެ މެޗުތައް ކުރިއަށްދާނެ އެވެ. ރާއްޖޭގެ 35 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މަހުލޫފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު، މަހުލޫފް ވިދާޅުވީ އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ބައިނަލްއަގުވާމީ ޗެސް މުބާރާތެއް ބޭއްވުމަކީ އަތޮޅު ތެރެއަށް ބައިނަލްއަގުވާމީ މުބާރާތްތައް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ.

"ޒަމާނުއްސުރެން މާލެ އަށް ހުރިހާ ކަމެއް ބަރޯސާވެ މާލޭގެ މުބާރާތްތައް ވެސް ހޯސްޓުކުރާ ވާހަކަ ދައްކަމުންދަނީ. އެކަން ބަދަލުކުރުމުގެ ކަމެއްގެ ގޮތުން ހަގީގަތުގައި އަޅުގަނޑުމެން ޗެސް (ރާޒުވާ) މުބާރާތް އުކުޅަހަށް މި ގެންދަނީ،" މަހުލޫފް ވިދާޅުވި އެވެ. "ކުޑަ ކުޅިވަރެއް، ބޮޑު ކުޅިވަރެއް ނުބަލާ ހުރިހާ ކުޅިވަރުތަކަކަށް ވެސް ހަމަހަމަކަމާ އެކީގައި ފުރުސަތު ހަމަ ފޯރުކޮށްދިނުމުގެ ވިސްނުމުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ،"

ގިނަ ދުވަސްތަކެއް ވަންދެން ރަސްމީ ހޯލެއް ނެތި ރާއްޖޭގައި ޗެސްގެ އެކި ހަރަކާތްތައް ބާއްވަމުން އައިސް 2019 ވަނަ އަހަރުގެ އޮގަސްޓްމަހުވަނީ ނެޝަނަލް ޗެސް އާކޭޑް ހުޅުވާފަ އެވެ. ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކުރި ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ ރާޒުވާ މުބާރާތް ހޯސްޓްކުރަން އުކުޅަސް ހަމަޖެއްސީ އެކަން ކުރެވޭނެ ގާބިލްކަން ހުރި ވަސީލަތެއް އެ ރަށުގައި ގާއިމްވެފައި ހުރުމުންނެވެ. ދާދި ފަހުން ސަރުކާރުން ވިއަވަތި ކޮންފަރެންސް ބޭއްވީ ވެސް އުކުޅަހުގަ އެވެ.

ބައިނަލްއަގުވާމީ ޗެސް މުބާރާތް އުކުޅަހަށް ގެންދިޔައިރު، މިއީ މި ސަރުކާރު އައި ފަހުން ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭން ބޭރަށް ގެންދާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން އައްޑޫގައި ވަނީ 2019 ވަނަ އަހަރު ސައުތު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް ހޯސްޓްކޮށްފަ އެވެ. މިދިޔަ މަހު ވަނީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތް މާލޭގައި ބާއްވައިފަ އެވެ.

އަންނަ މަހުގައި ރާއްޖޭގައި ބާއްވާ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް ހޯސްޓްކުރަން ހަމަޖެހިފައިވަނީ ކ. މާފުށީގަ އެވެ. އަދި އަންނަ މަހު މާލޭ ރާޅުގަނޑު ސަރަހައްދުގައި، އައިބީސީ މޯލްޑިވްސް ބޮޑީބޯޑް ޕްރޯ ބާއްވަން އަންނަނީ ހަލުވި ދުވެލީގައި މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

ލިވަޕޫލަށް މޮޅެއް، ބޯންމައުތުން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލުން 2-0 އިން ބްރައިޓަން ބަލިކުރިއިރު، ބޯންމައުތުން ވަނީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައި. މި މޮޅާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ޖެހިލިއިރު، ޔުނައިޓެޑުން މި މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ނުލައި

ޓީސީ ބަލިކޮށް ބިސް ބުރު ފަސް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި. ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގާއި މުހައްމަދު ޒިދާން އީސާ

އެތުލެޓިކޯ ސަޕޯޓަރުން ކިބައިން އަލްވަރޭޒް މައާފަށް އެދިއްޖެ

މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން ދެވުނު އިންޓަވިއުއެއްގެ ސަބަބުން، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން ފޯވާޑް ޖޫލިއަން އަލްވަރޭޒް މައާފަށް އެދިއްޖެ. އޭނާ ބުނިގޮތުގައި އެ ވަގުތު ކަންތައް ކުރެވުނު ގޮތް ގޯސްކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރޭ

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

ސާފަށް ތައްޔާރުވާން ރާއްޖޭން އިންޑޮނޭޝިއާގައި ކޭމްޕްކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި މަހުގެ 26 އިން އަންނަ މަހުގެ 2 އަށް ކުރިއަށްދާ މި ކޭމްޕަށް ފަހު، ޓީމު މުބާރާތަށް ފުރާނީ އަލުން ރާއްޖެ އައުމަށް ފަހުގައި.

Newsletter

Get the latest news delivered straight to your inbox