ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން މެޕްސް އާއި އެމްއެންޔޫ އަށް

Jun 1, 2022, 8:23 AM
ޔުނިވާސިޓީގެ ކުޅުންތެރިން ޗެމްޕިއަން ތަށި އުފުލާލަަނީ - ފޮޓޯ: މުހައްމަދު ޝާބިން

ޔުނިވާސިޓީގެ ކުޅުންތެރިން ޗެމްޕިއަން ތަށި އުފުލާލަަނީ - ފޮޓޯ: މުހައްމަދު ޝާބިން

ޔުނިވާސިޓީތަކާއި ކޮލެޖް އަދި ހައި ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2022"ގެ ފިރިހެން ބައިން މެޕްސް ކޮލެޖް އަދި އަންހެން ބައިން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން، މޯލްޑިވްސް ހޭންޑްބޯލް އެސޯސިއޭޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިޔަ މުބާރާތުގައި ރޭ ފައިނަލުގެ މެޗުތައް ނިންމާލާފައިވާއިރު, ފިރިހެން ބައިން މެޕްސް ކޮލެޖް ޗެމްޕިއަންކަން ހޯދީ މައި ކޮލެޖް ބަލިކޮށެވެ. ފައިނަލުގެ އަންހެން މެޗުގައި އެމްއެންޔޫއިން ކާމިޔާބު ހޯދީ ކްލިކް ކޮލެޖް ބަލިކޮށެވެ.

ފައިނަލުގައި އެމްއައި ކޮލެކް ބަލިކުރި މެޕްސް ކޮލެޖުން ތަށި އުފުލާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މުބާރާތުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމްއައި ކޮލެޖްގެ އައިމަން އާދަމް އެވެ. އަންހެން އެންމެ މޮޅު ކުޅުންތެރިޔާއަކީ ގައުމީ ޔުނިވާސިޓީގެ ފިރުޝާނާ ނަސީރު އެވެ.

އެންމެ މޮޅު ހަތް ކުޅުންތެރިން ވެސް ވަނީ ހޮވައިފަ އެވެ. އެގޮތުން ފިރިހެން ބައިން އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ, ވިލާ ކޮލެޖްގެ އިބްރާހިމް އަލްތާފް ހާފިޒާއި ވިލާ ކޮލެޖްގެ މުހައްމަދު ހާދިފް އާއި އެމްއައި ކޮލެޖްގެ އައިމަން އާދަމް އާއި އެމްއައި ކޮލެޖްގެ އަހުމަދު ނޫހް އާއި އެމްއައި ކޮލެޖްގެ އިބްރާހިމް މުސްފިރާއި މެޕްސް ކޮލެޖްގެ އިބްރާހިމް ރަޝީދު އަދި މެޕްސް ކޮލެޖްގެ އަބްދުالله ހިޝާން އެވެ.

އަންހެން ބައިން އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ, އެމްއެންޔޫގެ ފިރުޝާނާ އާއި ކްލިކް ކޮލެޖްގެ އައިޝަތު ނަޝާޔާ އާއި ސީއެޗްއެސްއީގެ އައިޝަތު އިބާ އަހުމަދާއި އެމްއެންޔޫގެ ރުނާ އިބްރާހިމާއި ކްލިކް ކޮލެޖްގެ ފާތިމަތު ނިއުޝާ އާއި ކްލިކް ކޮލެޖްގެ ރައިޝާ ޝަރީފް އަދި ސީއެޗްއެސްއީގެ ކައުސަރު އަހުމަދެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ, އަންހެން ބައިން މެޕްސް ކޮލެޖް އަދި ފިރިހެން ބައިން އެމްއެންޔޫ އެވެ.

ގައުމީ ހޭންޑް ބޯލް ދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުރިއަށް ދިޔަ ފައިނަލް ދެ މެޗް ވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އޮތީ ވާދަވެރިކޮށެވެ. ކޮލެޖް ދަރިވަރުންގެ މެދުގައި ފޯރީގައި ކުރިއަށް ދިޔަ މުބާރާތް އެސްޓީއޯ, އެލިއާ އަދި އުރީދޫ މޯލްޑިވްސް އިން ސްޕޮންސާކުރި އެވެ. މި މުބާރާތުގެ އޮގަނައިޒިން ޕާޓްނަރަކީ ކްލަބް ޒެފްރޯލް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް ތަށްޓާއި މެޑަލް ހަވާލުކޮށްދެއްވީ, ފައިނަލް މެޗްގެ ޝަރަފުވެރި މެހެމާން, އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ.

މި މުބާރާތުގައި ޔުނިވާސިޓީ/ކޮލެޖް ތަކުން ހަތް ޓީމް އަދި ހައި ސްކޫލްތަކުން އެއް ޓީމު ބައިވެރިވި އެވެ. ޔުނިވާސިޓީ/ކޮލެޖްތަކުން ބައިވެރިވެފައިވާ ޓީމުތަކަކީ ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން، ވިލާ ކޮލެޖް ސްޓޫޑެންޓްސް އެސޯސިއޭޝަން، މެޕްސް ކޮލެޖް، ކްލިކް ކޮލެޖް، މޯލްޑިވްސް ބިޒްނަސް ސްކޫލް އަދި އެމްއައި ކޮލެޖެވެ.

ހައި ސްކޫލް ތަކުން ބައިވެރިވެފައިވަނީ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިންނެވެ.

މި މުބާރާތުގެ ފިރިހެން ބައިގައި ހަތް ޓީމު އަދި އަންހެން ބައިގައި އަށް ޓީމު ވާދަކުރި އެވެ.

އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ކުޅިވަރު ސެކްރެޓަރީ އަހުމަދު ވަފާދު ހިލްމީ ވިދާޅުވި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ހޭންޑްބޯލް ކުޅޭ ޒުވާން ކުޅުންތެރިން އުފެއްދުމެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން އިންޓަ ކޮލެޖް ހޭންޑްބޯލް މުބާރާތް ނުބޭއްވި އޮތުން ނިމުމަކަށް ގެނެސް ކޮލެޖްތަކުގެ މެދުގައި ފޯރީގައި މި މުބާރާތް ކުރިއަށް ގެންދިއުން ކަމަށް ވަފާދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox