އެސޯސިއޭޝަން ކަޕް: ޕޮލިހާއި ވެމްކޯ ސެމީ ފައިނަލަށް

Jun 1, 2022, 4:39 AM
ރޭގެ މެޗުގެ ތެރެއިން ޕޮލިހުގެ ޝަހާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ރޭގެ މެޗުގެ ތެރެއިން ޕޮލިހުގެ ޝަހާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން، ކުލަބު ވެމްކޯ އާއި އެންމެ ފަހުގެ ރަނަރަޕް ޕޮލިސް ކުލަބު ޖާގަ ހޯދައިފި އެވެ.

ވޮލީބޯޅަ ސީޒަންގެ ފުރަތަމަ އަންހެން މުބާރާތުގެ ސެމީ ފައިނަލުން ޗެމްޕިއަން ވެމްކޯ ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްގެންނެވެ. މި ގްރޫޕުން ދެން ސެމީގެ ޖާގައެއް ހޯދީ ކުލަބު ވޮލީބޯލް އެވެ.

ގްރޫޕް ބީ އިން ސެމީ ފައިނަލްގެ ޖާގަ އެއް ޔަގީންކޮށްފައިވާ ޕޮލިހުން ވެސް ވަނީ މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކުރީ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވެމްކޯ އިން ގެންދިޔައީ 25-7، 25-11 އަދި 25-4 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެމްކޯގެ އައިޝަތު މާޖިދާ އެވެ.

ވެމްކޯ އަތުން ހިންމަފުށި ބަލިވުމުން ބާކީ އެއް މެޗު އޮއްވާ ކުލަބު ވޮލީބޯލް އަށް ވަނީ ސެމީގެ ޖާގަ ޔަގީންވެފަ އެވެ. ކުލަބު ވޮލީބޯލް އަށް ބާކީ އޮތީ ވެމްކޯއާ ދެކޮޅަށް ކުޅޭ ގްރޫޕުގެ ފަހު މެޗެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕުގެ އެއް ވަނަ ލިބޭނެ އެވެ.

ގްރޫޕް ބީގައި ޕޮލިހުގެ ވަރުގަދަ ފެށުން އެ ޓީމުން ދެމެހެއްޓީ ތިން ވަނަ މެޗުގައި ހާފް ލައިން ލިންކޭޖް ސީދާ ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ދެ ސެޓުން ޕޮލިހުން ފަސޭހަކަމާއެކު 25-8، 25-3 އިން ކާމިޔާބުކުރި އެވެ. ތިން ވަނަ ސެޓުގައި މުހިންމު ގިނަ ކުޅުންތެރިން ބެންޗަށް ލުމަށް ފަހު އާ ގިނަ ކުޅުންތެރިންނަށް ޕޮލިހުން ފުރުސަތު ދިނެވެ. އޭގެ ފައިދާ ނަގައި ހާފްލައިންލިންކޭޖުން ނަގައި، މި ސެޓު 23-25 އިން ކާމިޔާބުކުރި އެވެ.

އެކަމަކު، ހަތަރު ވަނަ ސެޓުގައި އަނެއްކާ ވެސް ޕޮލިހުން ކުޅުން ވަރުގަދަކޮށް 25-5 އިން ސެޓު ގެންގޮސް، މެޗު ކާމިޔާބުކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސް ކުލަބުގެ ނޭޕާލް އެޓޭކަރު ކަމަނާ ބިސްތާ އެވެ.

މުބާރާތުގެ މެޗެއް ދެން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުރިއަށް ހުރިއިރު، ހުކުރު ދުވަހުގެ ރޭ ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ އަލްމާ ސްޕޯޓްސް ކުލަބާއި ޔޫތު ނިއު ޖެނެރޭޝަނެވެ. އެރޭ ކުޅޭ ފަހު މެޗުގައި ކުލަބު އީގަލްސް ނުކުންނާނީ ދިވެހި ސިފައިންގެ ކުލަބާއި ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox