ސަސް ބަލިކޮށް ޓީސީ ތިން ވަނަ އަށް

May 10, 2022, 1:01 PM
ލަނޑު ޖެހުމަށް ފަހު ޓީސީގެ މުއްޓި އުފާފާޅުކުރަނީ.--- ފޮޓޯ: އެފްއޭއެމް

ލަނޑު ޖެހުމަށް ފަހު ޓީސީގެ މުއްޓި އުފާފާޅުކުރަނީ.--- ފޮޓޯ: އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2-1 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ޓީސީ ތިން ވަނަ އަށް އެރީ 12 މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ސަސް އަށް ވަނީ 12 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ފަސް ވަނައިގައި އޮތީ 11 މެޗުން 14 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ވިކްޓްރީ މާދަމާރޭ ކުޅޭނީ ދެ ވަނައިގައި އޮތް ކްލަބް އީގަލްސްއާ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިއަދުގެ މެޗުގައި ފުރަތަމަ ހަމަލާ ފޮނުވާލީ ޓީސީންނެވެ. މެޗުގެ ތިން ވަނަ މިނިޓްގައި ޓީސީގެ ކަނާތު ބެކް، އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ނެގި ހުރަހަކުން އެ ޓީމުގެ މިސްރު ފޯވާޑް އޮމަރު ސަލާހު ބޮލުން ޖެހި ބޯޅަ އަމާޒުވީ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަތަށެވެ.

ސަސްގެ ފުރަތަަމަ ހަމަލާ ފެނުނީ ނުވަ ވަނަ މިނިޓްގަ އެވެ. ސަސްގެ ކެޕްޓަން ޔަސްފާދު ހަބީބު (މުލަކޭ) ހުސްކޮށްލާފައި އެ ޓީމުގެ ރިހާމް އަބްދުލް ގަނީ (ބޮބީ) އަށް ދިން ބޯޅަ އޭރިއާތެރެއިން ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ޓީސީން ލީޑުނަގަން މެޗުގެ 15 ވަނަ މިނިޓްގައި ހަމްދޫން އަބްދުލް ލަތީފަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ސަސްގެ ކީޕަރު ޝަފީއު ޖެހި ބޯޅައެއް ލިބުމުން، ހަމްދޫން ގޯލަށް ފޮނުވާލަން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އެކަމަކު، އޭގެ ހަތް މިނިޓް ފަހުން ޓީސީގެ ކުރިއަށް ކުޅޭ އައިހަމް ހަމްދޫން ވަނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި ޓީސީ އަށް ލީޑުނަގައިދީފަ އެވެ. ކޯނަރަކުން ސަސް އޭރިއާތެރެއަށް ހުރަސްވި ބޯޅަ ކީޕަރު ޝަފީއު އަތުގައި ޖެހިފައި އޭރިއާތެރެއަށް ވެއްޓުމުން ހަމްދޫން ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޓީސީގެ އައިހަމް ހަމްދޫން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މިއީ އުމުރުން 18 އަހަރުގެ އައިހަމް ފުރަތަމަ ޑިިވިޝަނުގައި ޖެހި ފުރަތަމަ ގޯލު.

ސަސް އިން ނަތީޖާ ހަމަހަމަކުރަން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، 32 ވަނަ މިނިޓްގައި އެ ޓީމުގެ މުހައްމަދު ސާމިރު ޖެހި ހިލޭޖެހުން ޓީސީގެ ސްރީ ލަންކާ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

ސަސް އިން އެއްވަރުކުރީ މެޗުގެ 42 ވަނަ މިނިޓްގައި މުލަކޭ އެވެ. ސަސްގެ މުހައްމަދު ސަހާއު (ބޭލް) ޓީސީގެ ޑިފެންސް ފަހަތަށް ހުސްކޮށްލާފައި ކުޅުނު ބޯޅަ ހިފައިގެން ވަދެ، މުލަކޭ ފޮނުވާލި ޝޮޓް ބްލޮކްވެފައި ރީބައުންސް ބޯޅަ ވެއްޓުނީ ގޯލު ކުރިމައްޗަށެވެ. ހުސްކޮށް އޮތް ގޯލަށް ބޯޅަ ވައްދާލައި، މުލަކޭ ސަސް އަށް އެއްވަރުކޮށްދިނެވެ.

ނަތީޖާ ހަމަހަމަކުރިތާ ތިން މިނިޓް ފަހުން ސަސް އަށް ލީޑުނަގައިދޭން މުލަކޭ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއްގައި ޓީމު އެހެން ކުުޅުންތެރިއަކަށް ނުދީ ޖަހަން އުޅުމުން އެ ބޯޅަ ގެއްލުނީ އެވެ. މުލަކޭއާ އެކު ގޯލަށް ބޯޅަ ފޮނުވާލަން އެރި ސަސްގެ އަލީ ނަސޫހު ރަޝީދު (ޕިލާ)ގެ ބޭނުންހިފިނަމަ އެ ފުރުސަތުގައި ގޯލެއް ޖެހޭނެ ޖާގައޮތެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މާގިނައިރެއްނުވެ ސަސްގެ ޕިލާ އަށް ލިބުނު ހުސް ފުރުސަތުން ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ. މެޗުގެ 63 ވަނަ މިނިޓްގައި ސަސްގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ޓީސީގެ އައިހަމް ޖެހި ބޯޅަ ކީޕަރު ޝަފީއު ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އެ ކޯނަރު ނެގުމުގެ ކުރިން އައިހަމް ހަމްދޫން ބަދަލުގައި މުހައްމަދު މުސްލިހު (މުއްޓި) ވަނީ ކުޅެން އަރުވައިފަ އެވެ. އެ ކޯނަރުން މުއްޓި ވަނީ ގޯލު ޖަހައިފަ އެވެ. ކުޅެން އެރި ގޮތަށް ލިބުނު ފުރަތަމަ ފުރުސަތުން ބޮލުން ގޯލަށް ބޯޅަ ފޮނުވާލައި، ޓީސީ އަށް އަލުން ލީޑުނަގައިދިނެވެ.

ލީޑުފުޅާކުރަން ޓީސީގެ މުއްޓި އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ސަސްގެ ޑިފެންޑަރުން ބްލޮކްކުރިއިރު، އޮމަރު ޖެހި ބޯޅަ ސަސްގެ ކީޕަރު ޝަފީއު ވަނީ ހުއްޓުވައިފަ އެވެ.

ސަސް އިން ނަތީޖާ ހަމަހަމަކުރަން ކުރިއަށް ޖެހިގެން ކުޅުނު ވަގުތު ދެ ޕެނަލްޓީއެއް ހޯދަން އެޕީލްކުރި ނަމަވެސް ރެފްރީ ރައޫފް ރައީފް ނިންމީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ. ރެފްރީގެ ނިންމުންތަކަށް މެޗަށް ފަހު ސަސްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ލީގުގައި މިރޭ ކުޅޭނީ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox