ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Apr 26, 2022, 7:25 AM
އެންމެ ފަހުން ބޭއްވި ގައުމީ ވޮލީބޯޅަ މުބާާރާތުގެ މެޗެއްގެ ތެެރެއިން.--

އެންމެ ފަހުން ބޭއްވި ގައުމީ ވޮލީބޯޅަ މުބާާރާތުގެ މެޗެއްގެ ތެެރެއިން.--

އަންނަ މަހު ބާއްވަން ނިންމާފައިވާ ވީއޭއެމް އެސޯސިއޭޝަން ކަޕްގެ އަންހެން އަދި ފިރިހެން ޑިިވިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވީއޭއެމުން އިއްޔެ ގެޒެޓްގައި ހިމަނައި، އެ އެސޯސިއޭޝަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިއުލާނުކޮށްފައިވާ ގޮތުގައި އަންނަ މަހު 19-30 އަށް ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅޭ އެސޯސިއޭޝަން ކަޕްގައި ބައިވެރިވާން ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ހަމަވާނެ އެވެ. އަދި 12 ވަނަ ދުވަހުގެ ކުރިން ޓީމު ލިސްޓު ހުށަހަޅަން ޖެހޭނެ އެވެ.

އެސޯސިއޭޝަން ކަޕް އެންމެ ފަހުން ބާއްވާފައިވަނީ މީގެ ތިން އަހަރު ކުރިންނެވެ. ވީއޭއެމް ހިންގުން ނޯމަލައިޒްވުމާއި ކޮވިޑް-19ގެ ބްރޭކުގެ ސަބަބުން ކުޅިވަރަށް އައި ހުއްޓުމުގެ ތެރޭގައި މިދިޔަ އަހަރުތަކުގައި ލޯކަލް ވޮލީބޯޅަ މުބާރާތްތައް އޮތީ ހުއްޓިފަ އެވެ.

ވީއޭއެމް އިން އެސޯސިއޭޝަން ކަޕް ރާވާފައިވަނީ ފުރަތަމަ ޕްރިލިމިނަރީ ބުރެއް ކުޅޭ ގޮތަށެވެ. އެ ގޮތުން އެ ބުރުގައި ގިނަ ޓީމުތަކެއް ވާދަކުރާއިރު، އެ ތަނުން ފައިނަލަށް ހޮވޭ ދެ ޓީމެއް ފައިނަލް ބުރަށް ކޮލިފައިވާނެ އެވެ. ފައިނަލް ބުުރުގައި ޖުމްލަ ހަ ޓީމެއް ކުޅޭއިރު، މި ވަގުތު ހަތަރު ޖާގަ އޮތީ ޔަގީންވެފަ އެވެ. އެއީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، ގުޑީސް ސްޕޯޓްސް ކްލަބް އަދި ސްޕޯޓްސް ކްލަބް ސިޓީ އެވެ.

މެއި މަހު އެސޯސިއޭޝަން ކަޕް ބޭއްވުމަށް ފަހު ޖޫން މަހުގެ ތެރޭގައި ވީއޭއެމްގެ ގައުމީ ލީގާއި ގައުމީ މުބާރާތް ކުރިއަަށް ގެންދިއުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.

އެހެން އަހަރުތަކާ ހިލާފަށް ވީއޭއެމުން މިފަހަރުގެ ވޮލީބޯޅަ ސީޒަން ޝައުގުވެރިކޮށް ގެންދިއުމަށް ވަނީ ގިނަ ކަންތައްތަކެއް ރާވައިފަ އެވެ. އެގޮތުން ސަޕޯޓަރުންނަށް ގިނަ ފުރުސަތުތައް ލިބޭ ގޮތަށް ވޮލީ ސީޒަން ގެންދަން ނިންމާފައިވާއިރު، މުބާރާތް އިސްތިހާރުކުރަން ބަލާއިރު، މުޅިން އާ ކަންތައްތަކެއް މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ ތެރެއިން ފެނިގެންދާނެ ކަަމަށް ވީއޭއެމުން މައުލޫމާތު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox