ރެއާލަށް އޮތް ފައިދާ އަކީ މުއްސަނދި ތާރީހު: އަންޗެލޮޓީ

Apr 26, 2022, 12:38 AM
ރެއާލަށް އޮތް ފައިދާ އަކީ މުއްސަނދި ތާރީހު: އަންޗެލޮޓީ

މެންޗެސްޓާ (އޭޕްރީލް 26) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ކުރިމަތިލާއިރު، ޗެމްޕިއަންސް ލީގުގައި ރެއާލް އިން ހޯދާފައިވާ މުއްސަނދި ތާރީހަކީ ފައިދާއެއް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ތޭރަ ފަހަރު މުބާރާތް ކާމިޔާބުކޮށް، ރެއާލް އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ކްލަބެވެ. އަނެއްކޮޅުން، ސިޓީ އަށް އަދި މިހާތަނަށް ޗެމްޕިއަންސް ލީގުގެ ކާމިޔާބު ކުރެވޭ ގޮތެއް ނުވެ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިދިޔަ ސީޒަންގައި ސިޓީ ކުޅުނު ނަަމަވެސް، ފައިނަލްގައި ޗެލްސީ އަތުން ވަނީ ބަލިވެފަ އެވެ.

"މި މުބާރާތުގައި ރެއާލް އިން ހޯދާފައިވާ ކާމިޔާބީތަކުގެ މުހިންމުކަން މި ކްލަބަށް ވަރަށް ބޮޑަށް އިހުސާސްވޭ. މާޒީގައި ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުން، މި ކްލަބުގެ ހައިބަތު އިހުސާސްކުރެވޭ. ރެއާލްގެ ޖޯޒީގައި ކުޅޭއިރު، ކުޅުންތެރިންގެ ކޮނޑުމަތީ އެޅިފައިވާ ބޮޑު ޒިންމާ އިހުސާސްކުރެވޭނެ. އެކަމަކު އެއީ ޕޮޒިޓިވް ގޮތެއްގައި،" އަންޗެލޮޓީ ބުންޏެވެ.

ސިޓީ އާއި ރެއާލް ވަނީ 2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބައްދަލުކޮށްފަ އެެވެ. ސިޓީ ބަލިކޮށް، އެ ފަހަރު ފައިނަލަށް ދިޔައީ ރެއާލެވެ. އެކަމަކު، ސިޓީން އޭގެ ބަދަލު ހިފީ 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާލް ކަޓުވާލައިގެނެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅޭ މެޗުގައި ރެއާލްގެ ބްރެޒިލް މިޑްފީލްޑަރު ކަސިމޭރޯ އަށް ކުޅެވޭނެކަމުގެ އުންމީދު ކުޑަ ކަމަށް އަންޗެލޮޓީ ބުންޏެވެ. ޑޭވިޑް އަލަބާ ވެސް ފިޓުވާނެކަމުގެ ޔަގީންކަމެއް ނެތެވެ. އެކަމަކު، ފްރާންސްގެ ޑިފެންޑަރު ފެރްލާންޑް މެންޑީ މާދަމާގެ ރޭގެ މެޗަށް ފިޓެވެ.

އަންޗެލޮޓީ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ތަރި ކަރިމް ބެންޒެމާ ރަނގަޅު ފޯމެއްގައި ހުރުމެވެ. އެ ގޮތުން ގަދަ 16 ބުރުގައި ޕީއެސްޖީ އަތުންނާއި ކުއާޓާ ފައިނަލުގައި ޗެލްސީ އަތުން ރެއާލް މޮޅުވުމުގައި ބެންޒެމާ އިސް ރޯލެއް ކުޅުނެވެ. އަންޗެލޮޓީ ބުނީ ބެންޒެމާގެ ގޯލުތަކަށް ބަރޯސާވުން އެއީ މި ވަގުތަށް ރަނގަޅު ކަމެއް ކަމަށް ރެއާލްގެ މެޗުތަކުގެ ނަތީޖާ އިން ފެންނަން ހުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox