ސަސް ބަލިކޮށް އީގަލްސް އިން ފަރަގުކުޑަކޮށްފި

ސަސްގެ ވިޝާހު (ކ) ކައިރިން އީގަލްސްގެ ހަންނަ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސަސްގެ ވިޝާހު (ކ) ކައިރިން އީގަލްސްގެ ހަންނަ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2-1 އިން ބަލިކޮށް، ކްލަބް އީގަލްސް އިން ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެމެދު ޕޮއިންޓުގެ ފަރަގުކުޑަކޮށްފި އެވެ.

މިރޭގެ މެޗަށް ފަހު ލީގު 10 ދުވަހުގެ ބްރޭކެއް ނަގާއިރު، މާޒިޔާ އެއް ވަނައިގައި އޮތީ 10 މެޗުން 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 10 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ތިން ވަނައިގައި އޮތީ 10 މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް 10 މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ.

ފަސް ވަނައިގައި އޮތް ސަސް އާއި ހަ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް އަދި ހަތް ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވަނީ 10 މެޗުން 11 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތީ ލީގުގައި މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމު ދަ ގްރާންޑޭ އެވެ. ދަ ގްރާންޑޭ އަށް ވަނީ 10 މެޗުން ޕޮއިންޓެއް ލިބިފަ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި އީގަލްސްގެ މިޑްފީލްޑަރު އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އޭރިއާބޭރުން ޖެހި ބޯޅަ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން ސަސްގެ ފުރަތަމަ ހަމަލާ ފޮނުވާލީ އަލީ ނަސޫހު ރަޝީދު (ޕިލާ) އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ސީދާނުވެ، އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

އީގަލްސް އިން ފުލުފުލުގައި ކުރަމުންދިޔަ އެޓޭކްތަކުގައި ނަތީޖާ އެއް ނުކުތީ މެޗުގެ 20 ވަނަ މިނިޓްގަ އެވެ. އީގަލްސްގެ ޒައިން ޒަފަރު އަރިމަތިން ބޯޅަ ހިފައިގެން ވަދެ، އޭރިއާތެރެއިން އެ ޓީމުގެ އަހުމަދު ހަސަން (އައްމަޑޭ) އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައި، އެ ޓީމަށް ލީޑުނަގައިދީފަ އެވެ.

މެޗުގެ 24 މިނިޓްގައި އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) ގޯލެއް ޖެހި ނަމަވެސް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އޭގެ ފަހުން ވެސް ލީޑުފުޅާކުރަން އީގަލްސް އިން ރަނގަޅު ދެ ފުރުސަތު ނަގާލި އެވެ. އެ ގޮތުން ޒައިން އަރިމަތިން ނެގި ހުރަހެއް ދިފާއުކުރަން އެރި ކީޕަރު ޝަފީއު އަތުގައި ޖެހިފައި ބޯޅަ ލިބުނީ އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށެވެ. އޭނާ ގޯލަށް ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތު ގެއްލުނީ އެވެ. އަދި އޭރިއާތެރެއިން ސަމިއްޓެ ގޯލުގެ ދުރު ކަނަށް ފޮނުވާލަން ޖެހި ބޯޅަ ކީޕަރު ޝަފީއު ވަނީ ފައިން މަތަކޮށްފަ އެވެ.

އީގަލްސް އިން ފަހަތަށް ނުވިސްނައި ހުރި ވަގުތު ބަލާފައި، ސަސް އިން ކުރި އެޓޭކްގެ ބޭނުންހިފި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސަސް އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ޕިލާ އެވެ. ޕިލާ ހުސްކޮށް ބޯޅަ ހިފައިގެން އޭރިއާތެެރެއަށް ވަދެ، އީގަލްސްގެ ކީޕަރު ހަސަން އަލީފް އިބްރާހިމް ކައިިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި އެވެ.

ދެ ވަނަ ހާފުގައި އީގަލްސް އިން ކުރިއަށް ޖެހިގެން ކުޅެ 11 މިނިޓް ތެރޭ އަލުން ލީޑުނެގި އެވެ. މެޗުގެ މެޗުގެ 56 ވަނަ މިނިޓްގައި އޭރިއާތެރެއިން އިންމަ އަށް ލިބުނު ފުރުސަތުން އޭނާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

ލީޑުފުޅާކުރަން އީގަލްސް އަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެ ގޮތުން ހަންނަ ފޮނުވާލި ދެ ބޯޅައެއް ގޯލާ ސީދާނުވެ ދިޔައިރު، އައްމަޑޭ ޖެހި ބޯޅައެއް ވަނީ ސަސްގެ ކީޕަރު ޝަފީއު ހުއްޓުވައިފަ އެވެ. އަދި ކޯނަރެއްގައި ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައަކުން އިންމަ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަަސްދަނޑިމަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox