އަހަރެެން ބޭނުންވާ ގޮތް ލިވަޕޫލް ސަޕޯޓަރުންނަށް އެނގޭނެ: ސަލާހު

Apr 22, 2022, 2:38 PM
އަހަރެެން ބޭނުންވާ ގޮތް ލިވަޕޫލް ސަޕޯޓަރުންނަށް އެނގޭނެ: ސަލާހު

ލިވަޕޫލް (އޭޕްރީލް 22) - އަންނަ ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި މުހައްމަދު ސަލާހު އެ ކްލަބާ އެކު އާ އެއްބަސްވުމެއް ހެދުމާ މެދު ދެކޭގޮތް ލިވަޕޫލް ސަޕޯޓަރުންނަށް އެނގޭނެ ކަމަށް އޭނާ ބުނެފި އެވެ.

ސަލާހު، 29، ލިވަޕޫލާ އެކު ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސަލާހު ލިވަޕޫލްގައި މަޑުކުރަން ބޭނުންވި ނަމަވެސް އެއްބަސްނުވެވި އޮތީ މުސާރައަކާ މެދުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ސަލާހު ލިވަޕޫލްގައި މަޑުކުރަން ކިޔާ މުސާރަ އުޅެނީ ހަފްތާ އަކު 450،000 ޑޮލަރަށް ވުރެ މަތީގަ އެވެ.

ލިވަޕޫލުން ސަލާހު ބޭނުންވާ އެ މުސާރަ ދޭނަަމަ އެ ކްލަބްގެ މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހޭނެ އެވެ. އެހެންވެ، ލިވަޕޫލުން ހުށަހަޅާފައިވަނީ އެ ކްލަބުން ގެންގުޅޭ މުސާރައިގެ އޮނިގަނޑަށް ފެތޭ ގޮތަށް 30 އަހަރުގެ ކުޅުންތެރިއަކަށް ދެވޭނެ އެންމެ ބޮޑު މުސާރަ ސަލާހު އަށް ދޭށެވެ. އެއީ ހަފްތާ އަކު 380،000 ޑޮލަރު ލިބޭ ގޮތަށެވެ. އެކަމަކު، ސަލާހާއި އޭނާގެ އޭޖެންޓް ރެމީ އައްބާސް އެ ހުށަހެޅުމާ މެދު ވަކި ގޮތެއްނުނިންމަ އެވެ.

ދާދި ފަހުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމުން އޮތީ ސަލާހުގެ އަތްމަތީގައި ކަމަށެވެ.

ލިވަޕޫލްގައި އަދި ކިތައް އަހަރު ފެނިދާނެތޯ "ފޯފޯޓޫ" އިން ކުރި ސުވާލަށް ސަލާހު ބުނީ ކޮންޓްރެކްޓްގައި އޮތީ އިތުރު އެއް އަހަރު މަޑުކުރާ ގޮތަށް ކަމަށެވެ.

"މަޝްވަރާ ކޮންޓްރެކްޓްގައި އެއްބަސްނުވެވި އޮތް ހަމައެކަނި ކަންތައްތައް ގުޅެނީ ފައިސާއަކާ އެއް ނޫން. އެހެންވެ، ސީދާ މީގެ ވާނެ ގޮތެއް ބުނަން އަހަންނަށް ނޭނގޭ. އެކަމަކު، ޔަގީނުން ވެސް ލިވަޕޫލް ސަޕޯޓަރުންނަށް އަހަރެން ބޭނުންވާ ގޮތް އެނގޭނެ، ކްލަބް ދޫކޮށްދާން ޖެހިއްޖިއްޔާ ވަރަށް ދެރަވާނެ،" ސަލާހު ބުންޏެވެ.

ސަލާހު ބުނީ ކޮންޓްރެކްޓް އާ ނުކޮށް ފަހު އަންނަ ސީޒަނުގައި ލިވަޕޫލަށް ކުޅެން ޖެހުނަސް އެއީ މާ ބޮޑު މައްސަލައެއްގެ ގޮތުގައި ނުދެކޭނެ ކަމަށެވެ. ފުރަތަމަ އިސްކަން ދެނީ މި ސީޒަނުގައި ލިވަޕޫލްގެ ޓާގެޓްތަކަށް ވާސިލްވުމަށް ކަމަށް ސަލާހު ބުންޏެވެ.

މި އަހަރު ޖޫން މަހު ސަލާހަށް 30 އަހަރު ފުރޭނެ އެވެ. ލިވަޕޫލުން ސަލާހު ބޭނުންވާ ވަރުގެ ބޮޑު ކޮންޓްރެކްޓެއް ދޭން ފަސް ޖެހެނީ އުމުރަށް ބަލައިފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ސަލާހު ބުނީ ފަހަކަށް އައިސް ބެލޮންޑިއޯ ފަދަ އެވޯޑްތައް މުޅިން ހޯދާފައިވަނީ 30 އަށް ވުރެ ދޮށީ އުމުރުގެ ކުޅުންތެރިން ކަމަށެވެ.

"މިހާރު ފެންނަން އޮތް ހަގީގަތަކީ ތި ބުނާ އުމުރުން މައްޗަށް ދިއުމުން ވެސް ކުޅުންތެރިން މޮޅަށް ކުޅޭކަން. ލެވަންޑޯސްކީ، ބެންޒެމާ، މެސީ، ރޮނާލްޑޯ، ޒްލަޓަން (އިބްރަހިމޮވިޗް)، ދެން އެޑިން (ޒެކޯ) އާއި ޖިރޫޑް ފަދަ ކުޅުންތެރިންނަކީ އޭގެ މިސާލުތަކެއް،" ސަލާހު ބުންޏެވެ.

ލިވަޕޫލްގައި މަޑުކުރަން ބޭނުންވާކަން ހާމަކޮށް ސަލާހު ބުނީ އެ ކްލަބްގެ ލަނޑު ޖެހުމުގެ ރެކޯޑްތަކުގައި އޭނާގެ ނަން ލިޔެވިފައި އޮންނަތަން ދެކުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ލިވަޕޫލް ސަޕޯޓަރުން އޭނާ އަށް ހާއްސަކޮށް ދަނޑުގައި ބެނާ ދަމައި، ލަވަކިޔައި ހަދާތީ އެއީ އަބަދު ވެސް ވަރަށް ހާއްސަ އިހުސާސެއް ކުރެވޭ ކަމަށް ސަލާހު ބުނެފައިވެ އެވެ.

ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖަހައިިދިނުމުގެ ރެކޯޑް އޮތީ 346 ގޯލު ޖެހި އިއަން ރަޝް އަތުގަ އެވެ. ސަލާހު ވަނީ މިހާތަަނަށް 155 ގޯލު ޖަހައިފަ އެވެ.

އިޓަލީގެ އޭއެސް ރޯމާ ދޫކޮށް 2017 ވަނަ އަހަރު 40 މިލިއަން ޑޮލަރަށް ލިވަޕޫލަށް ބަދަލުވި ސަލާހަކީ ފާއިތުވި ސީޒަންތަކުގައި ލިވަޕޫލްގެ އެޓޭކްގެ މައި ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox