ކްރިކެޓް ބޯޑުގެ ފިނޭންޝިއަލް ކޮންޓްރޯލަރަކަށް މާއިޒް ހަމަޖައްސައިފި

Apr 18, 2022, 7:52 PM
ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ކ) އާއި އަލަށް ހަމަޖެއްސި ފިނޭންޝިއަލް ކޮންޓްރޯލަރު މާއިޒް.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ކ) އާއި އަލަށް ހަމަޖެއްސި ފިނޭންޝިއަލް ކޮންޓްރޯލަރު މާއިޒް.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ފިނޭންޝިއަލް ކޮންޓްރޯލަރުގެ މަގާމަށް އިބްރާހިމް މާއިޒް ހަމަޖައްސައިފި އެވެ.

ކްރިކެޓް ބޯޑުގެ ފިނޭންޝިއަލް ކޮންޓްރޯލެއް ނެގުމަށް އެ އެސޯސިއޭޝަނުން ފުރަތަމަ ވަނީ ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް އިއުލާނެއްކޮށްފަ އެވެ.

އެ ގޮތުން ގިނަ ފަރާތްތަކަކުން ފިނޭންޝިއަލް ކޮންޓްރޯލަރުގެ މަގާމަށް ކުރިމަތިލުމުން، ކްރިކެޓް ބޯޑުން ވަނީ އިންޓަވިއުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އަށް ފަހު، ކޮލިފިކޭޝަނާއި ތަޖުރިބާ އަށް ބެލުމަށް ފަހު މާއިޒް އެ މަގާމަށް އައްޔަނުކުރަން ކްރިކެޓް ބޯޑުން ނިންމީ އެވެ.

ކްރިކެޓް ބޯޑުގެ އިސް ވެރިންނާއި ފިނޭންޝިއަލް ކޮންޓްރޯލަރަކަށް ހަމަޖެއްސި މާއިޒް ފޮޓޯ އަކަށް ހުއްޓިލައިގެން: (ކ.ވ) ކްރިކެޓް ބޯޑްގެ ނައިބު ރައީސް ދޮނާ، ބޯޑުގެ ރައީސް ފައިސަލް، އަލަށް ހަމަޖެއްސި ފިނޭންޝިއަލް ކޮންޓްރޯލަރު މާއިޒް އަދި ޖެނެރަލް ސެކްރެޓަރީ މުނާޒް.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކްރިކެޓް ބޯޑުން ބުނީ މާއިޒް އެ މަގާމަށް ނެގުމުގައި ބެލީ ދާއިރާއާ ބެހޭ ތައުލީމު ހާސިލްކޮށްފައިވާ މިންވަރާއި މަސައްކަތާ ގުޅޭ ގޮތުން ލިބިފައިވާ ތަޖުރިބާ އަށް ކަމަށެވެ. އެ ގޮތުން މާއިޒްގެ ޕްރޮފައިލަށް ބަަލާއިރު، އޭނާ އަކީ ފާހަގަކޮށްލެވޭ ދާއިރާތަކުގައި ފިނޭންޝިއަލް ރަނގަޅު މަސައްކަތްކޮށްފައިވާ ފަރާތެއް ކަމަށް ކްރިކެޓް ބޯޑުން ވަނީ ބުނެފަ އެވެ.

އަދި ކްރިކެޓް ބޯޑު ހިންގުމުގައި މިހާރު އޮތް ލީޑަޝިޕާ ގުޅިގެން ބޭނުންވާ މިސްރާބަށް މާއިޒާ އެކު ކުރިއަށް ދެވޭނެ ކަމުގެ ޔަގީން އެ ބޯޑަށް އެބައޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި ވަގުތު އޮތް ކްރިކެޓް ބޯޑްގެ ލީޑަޝިޕް މަގާމުގެ ޒިންމާތަކާ ހަވާލުވީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އޮތް އެ އެސޯސިއޭޝަންގެ އިންތިހާބް ކާމިޔާބުކުރުމަށް ފަހު އެވެ.

ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލްގެ ލީޑަޝިޕުން ވަނީ ކުރު ރާސްތާ ޓާގެޓްތަކެއްގެ އިތުރުން ދުރު ރާސްތާ ޕްލޭނެއް އެކުލަވާލައި، މިހާތަނަށް ވެސް އެސޯސިއޭޝަންގެ ހިންގުމުގެ ކަންކަމަށް މުހިންމު ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން ކްރިކެޓް ބޯޑުގެ އެންމެ އިސް އެއް މަސައްކަތަކީ 2030 އާ ހަމައަށް ހާސިލްކުރެވޭނެ ޓާގެޓްތަކެއްގެ މައްޗަށް ހަދާ ޕްލޭނުގެ ކަންކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox