ޓީސީ ބަލިކޮށް އީގަލްސް އެއް ވަނަ އަށް

Apr 16, 2022, 6:57 PM
އީގަލްސްގެ ހަންނަ (ކ) ޓީސީގެ މާއިޝް ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އީގަލްސްގެ ހަންނަ (ކ) ޓީސީގެ މާއިޝް ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ކްލަބް އީގްލްސް ލީގުގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.

އީގަލްސް އެއް ވަނަ އަށް އެރީ ކުރިން އެ މަގާމުގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވުރެ އެެއް މެޗު އިތުރަށް ކުޅެގެންނެވެ. އީގަލްސް އެއް ވަނަ އަށް އެރީ ނުވަ މެޗުން 22 ޕޮއިންޓް ހަމަކޮށްގެންނެވެ. މާޒިޔާ ދެ ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓް ހަމަކޮށްގެންނެވެ. މާދަމާރޭ ކްލަބް ވެލެންސިއާ ބަލިކޮށްގެން މާޒިޔާ އަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

މިރޭގެ މެޗަށް ނުކުތްއިރު ވެސް އަނިޔާގެ ސަބަބުން އީގަލްސްގެ އެއް ވަނަ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ޓީމުގައި ނެތެވެ. އީގަލްސް އިން މެޗުގެ ފުރަަތަމަ މިނިޓުން ފަށައިގެން ކުރިއަށްޖެހިގެން ކުޅެމުންދިޔައިރު، މެޗުގެ 13 ވަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ބޯޅަައަކުން ޒައިން ޒަަފަރު ޖެހި ގޯލެކެވެ. އޭގެ ފަސް މިނިޓް ފަހުން އީގަލްސް އަށް ލީޑުފުޅާކޮށްދޭން ޒައިން ޖެހި ބޯޅަ ޓީސީގެ ކީޕަރު ސުޖަން ޕެރޭރާ އަތުގައި ޖެހިފައި ނުކުތުމުން، އީގަލްސްގެ ހަންނަ ޖެހި ރީބައުންސް ބޯޅަ ވެސް އަމާޒުވީ ކީޕަރު ސުޖަން އަތަށެވެ.

އީގަލްސްގެ އިންމަ (ވ) ޓީސީގެ އަލާ ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީސީން ވަނީ މެޗުގެ 30 ވަނަ މިނިޓްގައި ތޮލާލް ނަސީރު (ތޮއްލެ)ގެ ބަދަލުގައި ޒަޔާން ނަސީރު (ޒައްޔު) ކުޅެން އަރުވައިފަ އެވެ. އޭގެ ފަހުން ޒައްޔު ޖެހި ބޯޅައެއް ވަނީ އީގަލްސް ޑިފެންޑަރުން ބްލޮކްކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އަށް ދެ ވަނަ ގޯލެއް ޖަހަައިދޭން، އޭރިއާ ރޮނގުކައިރިން އިމްރާން ނަޝީދު (އިންމަ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭގައި އީގަލްސް އިން ލީޑުފުޅާކުރި އެވެ. މި ގޯލު ޖެހީ އަރިމަތިން އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ނެގި ހުރަހަކުން އަހުމަދު ނޫމާން (ހެލްމެޓް) އެވެ.

މެޗުގެ 66 ވަނަ މިނިޓްގައި އީގަލްސްގެ ތިން ވަނަ ގޯލު ޖެހީ ހަންނަ އެވެ. މިއީ އީގަލްސްގެ އަހުމަދު ހަސަން (އައްމަޑޭ) ހުސްކޮށްލާފައި، ހަންނަ އަށް ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ހަންނަ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ކޯނަރެއްގައި ޓީސީގެ މިސްރު ޑިފެންޑަރު އަލާ ނާސިރު އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އީގަލްސް އަށް ހަތަރު ވަނަ ގޯލެއް ޖަހަން މެޗުގެ 77 ވަނަ މިނިޓްގައި އޭރިއާތެރެއިން އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ ފައިން މަތަކޮށްފަ އެެވެ. އޭގެ މިނިޓެއް ފަހުން ހަންނަ މުޅިން ހުސްކޮށްލާފައި އޭރިއާތެރެއިން އެ ޓީމުގެ އަލީ އަޒުވާން އަބްދުލް އަޒީޒަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ.

ޓީސީން މިރޭ އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ މެޗުގެ 88 ވަނަ މިނިޓްގަ އެވެ. ޓީސީގެ އަހުމަދު ޒައުލް ނާޒިމް ޖެހި ބޯޅަ އީގަލްސްގެ ކީޕަރު ހަަސަން އަލީފް އިބްރާހިމް ފައިން މަތަކުރިއިރު، ރީބައުންސް ބޯޅަ ލިބުމުން ޓީސީގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އިތުރު ވަގުތުގައި ޒައްޔު ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

މިރޭގެ ނަތީޖާއާ އެކު ޓީސީ ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ. ހަތަރު ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަދި ހަ ވަނައިގައި އޮތް ޓީސީ އަށް ވަނީ ނުވަ މެޗުން 11 ޕޮއިންޓް ލިބިފަ އެވެ. ޓީމުތައް ރޭންކް ކުރެވިފައިވަނީ ލަނޑުގެ ތަފާތަށް ބަަލައިގެންނެވެ.

ލީގުގައި މާދަމާރޭ ވެލެންސިއާ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox