ކުލި ނުލިބެންޏާ އެޗްޑީސީއަށް ލޯނެއް ނުދެއްކޭނެ: އޮޑިޓު އޮފީސް

ހުޅުމާލެ ދެ ފިޔަވަހި ފެންނަ ގޮތަށް ނަގާފައިވާ މަންޒަރެއް: ހުޅުމާލޭގައި ގިނަ މަޝްރޫއުތައް ހިންގީ އެޗްޑީސީން ލޯނު ނަގައިގެން. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލެ ދެ ފިޔަވަހި ފެންނަ ގޮތަށް ނަގާފައިވާ މަންޒަރެއް: ހުޅުމާލޭގައި ގިނަ މަޝްރޫއުތައް ހިންގީ އެޗްޑީސީން ލޯނު ނަގައިގެން. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހިޔާ ފްލެޓުތަކާއި އެހެނިހެން ހައުސިން ޔުނިޓުތަކުން ލިބެން ޖެހޭ ކުލި ނުލިބޭނަމަ ހައުސިން ޑިވަލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ނަގާފައިވާ ލޯނުތައް އަނބުރާ ނުދެއްކޭނެ ކަމަށް އޮޑިޓު އޮފީހުން މިއަދު ބުނެފި އެވެ.

ހިޔާ ފްލެޓުތަކުގެ އަގާއި ކުލި ކަނޑައެޅި ގޮތުގެ މައްޗަށް ތައްޔާރުކުރި އޮޑިޓާ ގުޅިގެން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި އޮޑިޓު އޮފީހުން މިކަންބޮޑުވުން ހިއްސާކުރީ މިހާރު ވެސް ކުލި ނުދައްކާ ނިސްބަތް ބޮޑުކަން ފާހަގަކުރަމުންނެވެ. އެގޮތުން، މިހާރު ވެސް 30 ޕަސެންޓު ޑީފޯލްޓު އުޅޭކަން އޮޑިޓު އޮފީހުން ކޮމިޓީގައި ފާހަގަކުރި އެވެ.

މިއީ އެޗްޑީސީ ފަދަ ދަރަނި ބޮޑު ކުންފުންޏަކަށް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރެވޭނެ ގޮތެއް ނޫން ކަމަށް ވެސް އޮޑިޓު އޮފީހުން ފާހަގަކުރި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ކޮމިޓީއާ ހިއްސާކުރި މައުލޫމާތަށް ބަލާއިރު އެޗްޑީސީން 700 މިލިއަން ޑޮލަރަށް ވުރެ ގިނަ ލޯނު ނަގާފައި އެބަހުއްޓެވެ. އޭގެ ތެރެއިން 434 މިލިއަން ޑޮލަރުގެ ލޯނު ގުޅެނީ ހިޔާ ފްލެޓުތަކާ އެވެ. މީގެ ތެރެއިން ބޮޑެތި ހުރިހާ ލޯނެއް ނެގީ ދައުލަތުން ގެރެންޓީ ދީގެން ކަމުން އެ ކުންފުންޏަށް ލޯނު ނުދެއްކިއްޖެ ހާލަތެއްގައި ޒިންމާވާން ޖެހެނީ ދައުލަތުންނެވެ.

އެޗްޑީސީއަށް ލިބެން ޖެހޭ ފައިސާ ނުލިބޭތީ ކުންފުނީގެ ހަރަދުތައް ފޫބައްދަން ފިނޭންސް މިނިސްޓްރީން ސޮވަރިން ލޯނު ވެސް ނަގާފައި އެބަހުއްޓެވެ. އެކަމަކު އަދިވެސް ކޭޝް ފްލޯ މެނޭޖުކުރަން އިތުރު ލޯނުތަކެއް ނަގަން ޖެހޭ ކަމަށް އޮޑިޓު އޮފީހުން ފާހަގަކުރި އެވެ.

މީގެ ތެރޭގައި ހިޔާ ފްލެޓުތައް ތަރައްގީކުރަން އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކު އޮފް ޗައިނާ (އައިސީބީސީ)ން ނަގާފައިވާ 368 މިލިއަން ޑޮލަރުގެ ލޯނު ދައްކަން އެޗްޑީސީން ވިއްކަން މަސައްކަތް ކުރަމުން އަންނަ 200 މިލިއަން ޑޮލަރުގެ ބޮންޑެއް ވެސް ހިމެނެ އެވެ.

މިހާ ދަރަނި ބޮޑު އިރު، އެޗްޑީސީއަށް އާމްދަނީ ލިބޭ ގޮތަށް ހިންގާ ސްކީމުތަކުން ބަރާބަރަށް ފައިސާ ނުލިބޭ ނަމަ އެ ލޯނުތައް މެނޭޖުނުކުރެވޭނެ ކަމަށް އޮޑިޓު އޮފީހުން ފާހަގަކުރި އެވެ. އެހެންކަމުން، އެއްބަސްވެފައިވާ ގޮތަށް ބަރާބަރަށް ކުލި ދެއްކުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް އޮޑިޓު އޮފީހުގެ ބޭފުޅުން ކޮމިޓީގައި ފާހަގަކުރި އެވެ.

އޮޑިޓު އޮފީހުން ކޮމިޓީގައި މި ކަންބޮޑުވުން ހިއްސާކުރީ، ހިޔާ ފްލެޓުތަކުގެ ކުލި ބޮޑު ކަމަށް ބުނެ ކުލި ނުދައްކާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.

އެޗްޑީސީން މި ފްލެޓުތަކުގެ ކުލި ނަގަން ފެށީ މީހުންނާ ތަޅުދަނޑި ހަވާލުކުރިތާ ހަތް މަސް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

ޓެކްސް އެޕީލްތަކަށް ބަހައްޓަން ޖެހޭ ޑިޕޮސިޓު ބޮޑުކުރަނީ

މީރާއިން ކަނޑައަޅާ ޓެކުހުގެ އަދަދު އިސްތިއުނާފު ކުރުމަށްޓަކައި ބަހައްޓަންޖެހޭ ޑިޕޮސިޓް 25 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މި ބިލުގައިވާ ގޮތުން ޓެކްސްއަށް މަކަރު ހެދުން ފަދަ ހާއްސަ ހާލަތްތަކުގައި، މައްސަލަ އިސްތިއުނާފު ކުރެވޭނީ ޓެކުހުގެ 100 ޕަސެންޓު ދެއްކުމަށް ފަހުގަ.

ދިވެހި އިންޝުއަރެންސް އިން އައިފޯން 18 ޕްރޯ މެކްސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރު، ދިވެހި އިންޝުއަރެންސް އިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭ ހާއްސަ ލަކީޑްރޯއެއް ހުޅުވާލައިފިއެވެ. މި ލަކީޑްރޯގައި ބައިވެރިވުމަށް އެ ކުންފުނީގެ ހަޓަށް ޒިޔާރަތްކޮށް ރެޖިސްޓްރީ ކުރަންޖެހޭއިރު، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އިންޝުއަރެންސް ޕޮލިސީއެއް ބައްލަވައިގަންނަ ފަރާތްތަކަށް ނަސީބުވެރިޔާ ހޮވުމުގައި އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

އައްޑޫ އެއާޕޯޓު ކުންފުނީގެ ގެއްލުން 817 މިލިއަން ރުފިޔާއަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް، ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް 68 މިލިއަން ރުފިޔާގެ ގެއްލުންވި. އެ ކުންފުނީގެ ޖުމްލަ ގެއްލުން 817 މިލިއަން ރުފިޔާއަށް އަރާ. އަދި ކުންފުނީގެ މިލްކިއްޔާތަށްވުރެ ދަރަނި ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ނެގެޓިވް 58 މިލިއަން ރުފިޔާއަށް ވެއްޓިފަ.

ދިރާގުޕޭން ކުލި ދެއްކިއްޔާ ނަސީބުވެރިންނަށް އެއް މަސް ހިލޭ

ދިރާގުޕޭ މެދުވެރިކޮށް ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުލި ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ. 2026 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ޑިޖިޓަލްކޮށް ފައިސާ ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

Newsletter

Get the latest news delivered straight to your inbox