މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރު، ދިވެހި އިންޝުއަރެންސް އިން ކުރިއަށްގެންދާ ހާއްސަ "ވިޒިޓް އެންޑް ވިން" ލަކީޑްރޯ މެދުވެރިކޮށް، އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބާގަންޑީ ކުލައިގެ އައިފޯން 18 ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ލަކީޑްރޯގައި ބައިވެރިވުމަށް ޒިޔާރަތްކުރާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭނީ ތިން ފިޔަވަޅެކެވެ:
1. އެކްސްޕޯގެ "ޓޫރިޒަމް އެންޑް ވިޒިޓާ އިކޮނޮމީ ޑިސްޓްރިކްޓް" ގައި ހުންނަ ދިވެހި އިންޝުއަރެންސްގެ ހަޓަށް ޒިޔާރަތްކުރުން.
2. އިންސްޓަގްރާމް ނުވަތަ ފޭސްބުކްގައި ދިވެހި އިންޝުއަރެންސް ފޮލޯކުރުން.
3. ހަޓުގައި ހުންނަ ކިއުއާރް (QR) ކޯޑު ސްކޭންކޮށް، ލަކީޑްރޯގެ ރެޖިސްޓްރޭޝަން ފުރިހަމަކުރުން.
ލަކީޑްރޯ ކާމިޔާބު ކުރުމުގެ ފުރުސަތު އިތުރުކުރަން ބޭނުންފުޅު ހެއްޔެވެ؟
އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ދިވެހި އިންޝުއަރެންސްގެ ކޮންމެ އިންޝުއަރެންސް ޕޮލިސީއެއް ބައްލަވައިގަތް ނަމަވެސް، ލަކީޑްރޯގައި އިތުރު 10 ފުރުސަތު ލިބިގެންދާނެއެވެ.
މީގެ ތެރޭގައި މޮޓޯ ތާޑް ޕާޓީ ނުވަތަ މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕޮލިސީއެއް ބައްލަވައިގަތުން ފަދަ އާދައިގެ ކަންކަމުން ވެސް، ބާގަންޑީ އައިފޯން ކާމިޔާބު ކުރުމާ 10 ގުނަ ގާތަށް ދިއުމުގެ ފުރުސަތު ލިބިގެންދެ އެވެ.
މި ލަކީޑްރޯގެ ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެކްސްޕޯ 2026 ނިމޭ ރޭ ކަމަށްވާ ނޮވެމްބަރު މަހުގެ ދެވަނަ ރެ އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮކްޓޯބަރު 25 އިން ނޮވެމްބަރު ދޭކައަށް ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯއަކީ، ރާއްޖޭގެ ވިޔަފާރިތަކާއި، އުފެއްދުންތެރިންނާއި، އާންމު ފަރުދުން އެއްތަނަކުން ބައްދަލުވެ، ދިވެހި އުފެއްދުންތެރިކަމާއި އާ އީޖާދުތައް ފާހަގަކުރުމަށް ބާއްވާ ބޮޑު ހަރަކާތެކެވެ.
ދިވެހި އިންޝުއަރެންސްގެ ހަޓަށް ޒިޔާރަތްކޮށް، އެ ކުންފުނިން ފޯރުކޮށްދޭ އިންޝުއަރެންސްގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯއްދަވައި، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ބާގަންޑީ އައިފޯން ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ކަނޑައެޅިފައިވާ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.







