9 ބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ޝާޒް އާއި ޝަރީގެ މަސައްކަތް ރަނގަޅު

Apr 9, 2022, 6:24 AM
9 ބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ޝާޒް އާއި ޝަރީގެ މަސައްކަތް ރަނގަޅު

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މިހާރު ކުރިއަށްދާ 9 ބޯލް ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ބިލިއާޑް ޓީމުގެ ހަސަން ޝާޒް މުހައްމަދު (ޝާޒު) އާއި މުހައްމަދު ޝަރީފް (ޝަރީ) ވާދަކުރި މެޗުތަކުން ނިސްބަތުން ރަނގަޅު ވާދައެއްކޮށްފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ 9 ބޯލް ވޯލްޑް ޗެމްޕިއަންޝިޕްގައި ދުނިޔޭގެ އެކި ގައުމުތަކުން 128 ކުޅުންތެރިން ވާދަކުރެ އެވެ. ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ މުބާރާތުން ކުޅުންތެރިއަކު ކަޓާނީ ދެ މެޗުން ބަލިވެގެންނެވެ.

ދިވެހި ރާއްޖޭގެ ރޭންކިންގެ އެއް ވަނައިގައި ޝާޒު ފުރަތަމަ މެޗުގައި ނުކުތީ މުބާރާތުގައި 15 ވަނަ އަށް ސީޑުކޮށްފައިވާ ހަންގޭރީގެ ޗެމްޕިއަން އޮލިވާ ޒޮލްނޮކީއާ ދެކޮޅަށެވެ. މި މެޗުން ޝާޒް ބަލިވީ އެއްވެސް ފްރޭމެއް ނުލިބި 9-0 އިންނެވެ. ދެ ވަނަ މެޗުގައި ޝާޒު ރަނގަޅު ކުޅުމެއް ދެއްކި އެވެ. ދެ ވަނަ މެޗުގައި ވިއެޓްނާމްގެ ކުއޮކް ހޮއަން ޑުއޮން އާ ވާދަކޮށް ޝާޒު ބަލިވީ ހަތަރު ފްރޭމް ނުވަ ފްރޭމުންނެވެ.

ރާއްޖެ އިން ދެން ވާދަކުރި ޝަރީ ދެ މެޗުގައިވެސް ވާދަވެރި ކުޅުމެއް ދެއްކި އެވެ. މުބާރާތުގެ 38 ވަނަ ސީޑު އެމެރިކާގެ ހަންޓާ ލޮމްބާޑޯ އާ ވާދަކޮށް ޝަރީ ބަލިވީ 6-9 ފްރޭމުންނެވެ. ދެ ވަނަ މެޗުގައި ޝަރީ ނުކުތީ އެމެރިކާގެ މޭސަން ކޮޗް އާ ދެކޮޅަށެވެ. މި މެޗުން ވެސް ޝަރީ ބަލިވީ ރަނގަޅު ވާދަކަށްފަހު 6-9 ފްރޭމުންނެވެ.

މުބާރާތުގައި މިހާތަނަށް ނުކުތް ނަތީޖާތަކަށް ބަލާއިރު، ކުރިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބައެއް ކުޅުންތެރިންނާއި ކުރީގެ ފައިނަލިސްޓުން ވަނީ ކަޓައިފަ އެވެ. މި ވަގުތު ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އެންމެ ފަހުގެ ޗެމްޕިއަން އަލްބިން އޫޝާން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ މުބާރާތުގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅޭނީ "ރޭސް-ޓު-9" އަށެވެ. 64 ކުޅުންތެރިން ކެޓުމުން ދެން ކުޅޭ ހުރިހާ މެޗެއްވެސް ކުޅޭނީ ފުރަތަމަ 11 ފްރޭމް ހޯދާ ކުޅުންތެރިއެއް މޮޅުވާ ފޯމެޓަށެވެ. އޭގެ ފަހުން ފައިނަލް މެޗު ކުޅޭނީ "ރޭސް-ޓު-13" ފްރޭމަށެވެ.

މި މުބާރާތުގެ އެއް ވަނަ ހޯދާ ކުޅުންތެރިއަކަށް 60،000 ޑޮލަރުގެ ފައިސާގެ އިނާމެއް ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox