އެފްއޭއެމް ވެޓެރަންސް ލީގު ހޯމަ ދުވަހު ފަށަނީ

Apr 2, 2022, 6:04 AM
މީގެ ކުރިން ބޭއްވި ވެޓްރަންސް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މިހާރު

މީގެ ކުރިން ބޭއްވި ވެޓްރަންސް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މިހާރު

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓެރަންސް ފުޓްބޯޅަ މުބާރާތް، ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ބާއްވަން ނިންމާފައިވާއިރު، "އެފްއޭއެމް ވެޓްރަންސް ލީގު"ގެ ނަމުގައި މި އަހަރުގެ މުބާރާތް އަންނަ ހޯމަ ދުވަހު ފަށަން ތާވަލުކޮށްފި އެވެ.

މިދިޔަ ތިން އަހަރު މުބާރާތް ނުބޭއްވުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.

އެފްއޭއެމާ ގުޅިގެން، މި ފަހަރު ވެޓެރަންސް ލީގުގެ ނަމުގައި މި ފަށާ މުބާރާތް އިންތިޒާމްކުރާނީ، ކްލަބް އިވެންޓްސް އިންނެވެ.

މި ފަަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރަން ހަމަޖެހިފައިވާއިރު، މުބާރާތް ކުރިއަށްދާނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް، ފައިނަލް ކުޅޭ ގޮތަށެެވެ. ޓާފް ދަނޑުގައި ކުޅޭ މި މުބާރާތް ފަށްޓާނީ އަންނަ ހޯމަ ދުވަހު ހަވީރު 16:30 ގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ހުޅުމާލެ ވެޓްރަންސް ކްލަބް އިންނެވެ.

މި ދެ ޓީމުގެ އިތުރުން ދެން، ވާދަކުރާ ފަސް ޓީމަކީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، ކްލަބް އީގަލްސް އަދި އެމްއެސް މޭޓްސް އެވެ. މުބާރާތް ކުރިއަށްދާނީ ޓާފް އެއް ނަމްބަރު ދަނޑުގަ އެވެ.

މި ފަހަރުގެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމު ލިސްޓެއްގައި ވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިއަކު ހިމެނޭނެ އެވެ. އަދި ބާކީ ކުޅުންތެރިން ވާން ޖެހޭނީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. މީގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން ނިމިދިޔަ މުއްދަތުގައި އެފްއޭއެމުން ބޭއްވި ރަސްމީ އެއްވެސް މުބާރާތެއްގައި ބައިވެރިވި ކުޅުންތެރިއަކަށް ވެޓްރަންސް މުބާރާތުގައި ނުކުޅެވޭނެ އެވެ.

އެންމެ ފުރަތަމަ ވެޓްރަންސް މުބާރާތް ސީދާ އެފްއޭއެމުން އިންތިޒާމްކުރި ނަމަވެސް ފަހަކަށް އައިސް މުބާރާތް ބާއްވާފައިވަނީ އެކި އަމިއްލަ ކްލަބްތަކާ ގުޅިގެންނެވެ. އެ ގޮތުން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްވީއޭއެމް) އާއި އެމްއެސް މޭޓްސްއާ ގުޅިގެން ވެސް ވަނީ މުބާރާތް ކުރިއަށް ގެންގޮސްފަ އެވެ.

ވެޓެރަންސް ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ޖުމްލަ ފަސް ފަހަރު މުބާރާތުގެ ތަށި އުފުލާލި ކްލަބް ވެލެންސިއާ އެވެ. ދެން އެންމެ ގިނަ ފަހަރަށް ތަށި ހޯދީ، ތިން ފަހަރު ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު މުބާރާތް ބޭއްވިއިރު، މެޗަކުން ބަލިނުވެ ތަށި އުފުލާލީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. މި ތިން ޓީމު ވެސް މުބާރާތުގައި މި ފަހަރު ނުފެންނާނެ އެވެ.

މުބާރާތުގެ އޮފިޝަލް ސްޕޮންސަރަކީ މައިލޯ އެވެ. ކްލަބް އިވެންޓްސްއާ އެކު މި މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ދެން ހަރަކާތްތެރިވާނީ އެއްކާފު އަދި އަދަދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox