އޭޝިއަން ޗެމްޕިއަންޝިޕަށް ގައުމީ ނެޓްބޯޅަ ޓީމް ތައްޔާރުވަނީ

Mar 29, 2022, 9:23 AM
ގައުމީ ނެޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ނެޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ ސެޕްޓެމްބަރު މަހު ސިންގަޕޫރުގައި ބާއްވާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕަށް ގައުމީ ނެޓްބޯޅަ ޓީމްގެ ތައްޔާރީތައް ފަށައިފި އެވެ.

ނެޓްބޯޅައިގެ އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު މުބާރާތް ސިންގަޕޫރުގައި ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 4 އިން 11 އަށެވެ. މިފަހަރުގެ މުބާރާތުގައި 11 ގައުމަކުން ވާދަކުރާނެ އެވެ. އެއީ ބުރޫނާއީ، ޗައިނީސް ތައިޕޭ، ހޮންކޮންގް، އިންޑިއާ، މެލޭޝިއާ، ފިލިޕީންސް، ސިންގަޕޫރު، ސްރީ ލަންކާ، ތައިލަންޑް، ޕާކިސްތާންގެ އިތުރުން ރާއްޖެ އެވެ.

ގައުމީ ނެޓްބޯޅަ ޓީމްގެ ޕްރެކްޓިސްތައް ފަށާފައިވަނީ 16 ކުޅުންތެރިންނާ އެކު ގައެވެ. ކޯޗަކަށް ހަމަޖައްސާފައިވަނީ ނީޝާ ހަލީމް އެވެ. ނީޝާ ވަނީ ދާދިފަހުން ނިމުނު "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022"ގެ މިދިޔަ ތިން އަހަރުގެ އަންހެން އެންމެ މޮޅު ކޯޗުގެ މަގާމް ހޯދައިފަ އެވެ.

ގައުމީ ނެޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނެޓްބޯޅަ އެސޯސިއޭޝަނުން ބުނީ މިވަގުތު 16 ކުޅުންތެރިންނާ އެކު ގައުމީ ޓީމުގެ ޕްރެކްޓިސް ކުރި ކަމުގައި ވިޔަސް މުބާރާތަށް ކައިރިކޮށްފައި ހަތަރު ކުޅުންތެރިން ބާކީކޮށް ފައިނަލް ޓީމު އެކުލަވާލާނެ އެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ނެޓްބޯލް އޭޝިއާ އިން ކޮންމެ ފަހަރަކު ވެސް ކުރިއަށްގެންދާ އޭޝިއަން އަމްޕަޔަރިން ކޭމްޕް މި އަހަރުވެސް އޮންނާނެ އެވެ. އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި އަމްޕަޔަރުކަން ކުރާނީ މި ކޭމްޕުން ހޮވާލެވޭ އަމްޕަޔަރުންނެވެ.

އަންނަ ޖޫން މަހުގެ 4 އިން 9 އަށް ސިންގަޕޫރުގައި ކުރިއަށްދާ މި ކޭމްޕްގައި ކޮންމެ ގައުމަކުން ދެ އަމްޕަޔަރަކާއި އެއް އަމްޕަޔަރު ކޯޗު ބައިވެރިކުރާނެ އެވެ.

މީގެ ކުރިން ރާއްޖޭގެ އަމްޕަޔަރުން ވަނީ އޭޝިއާގެ ނެޓްބޯޅަ މުބާރާތްތަކުގައި އަމްޕަޔަރު ކަން ކޮށްފަ އެވެ. މިގޮތުން ރާއްޖޭގެ އަމްޕަޔަރު އަހުމަދު ރިލްވާން ވަނީ 2018ގެ އޭޝިއާ މުބާރާތުގެ ފައިނަލްގައި އަމްޕަޔަރުކަން ކޮށްފަ އެވެ.

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވާފައިވަނީ 1985 ވަނަ އަހަރުގަ އެވެ. ކުރިން ކޮންމެ ހަތަރު އަހަރުން އެއް ފަހަރު ބާއްވަމުން އައި މުބާރާތް ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަން ނިންމީ 2012 ގަ އެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ބާއްވަން އޮތް މުބާރާތް ކޮވިޑާއި ގުޅިގެންވަނީ ކެންސަލްކޮށްފަ އެވެ. މި އަހަރު މުބާރާތް މި އޮންނަނީ ހަތަރު އަހަރަށް ފަހުގަ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ފަސް ފަހަރު ތަށި ހޯދާފައިވާ ސްރީ ލަންކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox