އެމްޓީސީސީ ބުރުނު ޝިކާރު: ކުއާޓާ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ

Mar 26, 2022, 2:10 AM
މި ފަހަރުގެ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޖެލެންޖްގެ ތެރެއިން ކުޑަ އައްޔަ.- ފޮޓޯ: މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން/ ހޫޕާ

މި ފަހަރުގެ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޖެލެންޖްގެ ތެރެއިން ކުޑަ އައްޔަ.- ފޮޓޯ: މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން/ ހޫޕާ

މިހާރު ކުރިއަށްދާ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ ދެ ވަނަ ދުވަހުގެ ހީޓްތައް ނިމުނުއިރު، ޖޫނިއާ މެންސް އާއި މެންސް އޯޕަން ރައުންޑުން ކުއާޓާ ފައިނަލަށް ހޮވުނު ބޮޑީބޯޑަރުންތައް ކަނޑައެޅިއްޖެ އެވެ.

މުބާރާތުގައި މިއަދު ކުއާޓާ ފައިނަލާއި ސެމީ ފައިނަލް އަދި ފައިނަލް ހީޓްތައް ވެސް އޮންނާނެ އެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާއި އިޔާން އަހުމަދު އެވެ. ކުޑަ އައްޔަ ކުއާޓާގެ ޖާގަ ހޯދީ ހަތަރު ވަނަ ބުރުގެ ފުރަތަމަ ހީޓުގައި އާމިން އުމަރު މޫސާ އާއި އަޝްރަފް ހަސަން ފަހަތަށް ޖައްސާލައި، 11.26 ޕޮއިންޓް ހޯދައިގެންނެވެ. އިޔާން ވަނީ ހަތަރު ވަނަ ބުރުގެ ހީޓް ދޭއްގެ ދެ ވަނަ ހޯދައިފަ އެވެ.

ކުއާޓާގެ ދެ ވަނަ ހީޓުގައި އޮތީ އަލީ ޝާމް ރާފިއު އާއި އާމިން އެވެ. ޝާމް ވަނީ ހަތަރު ވަނަ ބުރުގެ ދެ ވަނަ ހީޓްގެ އެއް ވަނަ ހޯދައިފަ އެވެ. އެއީ 5.73 ޕޮއިންޓް ސްކޯކޮށްގެންނެވެ. އާމިން އަކީ ހަތަރު ވަނަ ބުރުގެ ފުރަތަމަ ހީޓުގެ ދެ ވަނަ އެވެ. ކުއާޓާގެ ތިން ވަނަ ހީޓުގައި ބައްދަލުކުރާނީ އަސްވާން މުހައްމަދު އާއި މުހައްމަދު ވިއާމް އެވެ. އަސްވާން ވަނީ ހަތަރު ވަނަ ބުރުގެ ތިން ވަނަ ހީޓުގެ އެއް ވަނަ ހޯދައިފަ އެވެ. އެއީ 8.97 ޕޮއިންޓް ސްކޯކޮށްގެންނެވެ. ވިއާމް ކުއާޓާގެ ޖާގަ ހޯދީ ހަތަރު ވަނަ ބުުރުގެ ހަތަރު ވަނަ ހީޓުގެ ދެ ވަނަ ހޯދައިގެންނެވެ.

ކުއާޓާ ފައިނަލުގެ ފަހު ހީޓުގައި މުހައްމަދު ރީޝާން ވާދަކުރަން ޖެހޭނީ މުހައްމަދު ޖާވިދު (ޖާއްޓެ)އާ އެވެ. މުބާރާތުގައި މިހާތަނަށް ކޮންމެ ހީޓެއްގައި ވެސް ތަފާތު ދައްކަމުން އަންނަ ރީޝާން ކުއާޓާގެ ޖާގަ ހޯދީ ހަތަރު ވަނަ ބުރުގައި އޭނާ ވާދަކުރި ހަތަރު ވަނަ ހީޓުގެ އެއް ވަނަ ހޯދައިގެންނެވެ. އެއީ 12.83 ޕޮއިންޓް ސްކޯކޮށްގެންނެވެ. ޖާއްޓެ ވަނީ ހަތަރު ވަނަ ބުރުގެ ތިން ވަަނަ ހީޓުގެ ދެ ވަނަ ހޯދައިފަ އެވެ. އެއީ 8.16 ޕޮއިންޓް ސްކޯކޮށްގެންނެވެ.

ޖޫނިއާ ޑިވިޝަންގެ ކުއާޓާ ފައިނަލްގެ ޖާގަތައް ހޯދީ މުހައްމަދު ޖަރީޝް ޖިހާދު، ހަސަން މުހައްމަދު، އާމިން، މުހައްމަދު ކައިފް ރައިމޫން ކަމާލުއްދީން، އިޔާން އަހުމަދު، މުހައްމަދު އަޒާން އަހުމަދު، އަބްދުﷲ ޝިމާލް ޝަމީމް އަދި ޝިބްތު އެވެ. ޖޫނިއާ ޑިވިޝަނަށް ބަލާއިރު، ޕޮއިންޓް ސްކޯރިން އެންމެ ރަނގަޅީ އާމިން އެވެ. އާމިން ވަނީ ފުރަތަމަ ބުރުގައި ހީޓު ދޭއްގެ އެއް ވަނަ ހޯދުމުގެ އިތުރުން ތިން ވަނަ ބުރުގައި ވެސް ވާދަކުރި ހީޓް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ބުރުގެ ހީޓް އެކެއްގެ އެއް ވަނަ ހޯދި އިބްރާހިމް އަތޫފް ވަނީ ތިން ވަނަ ބުުރުގެ ފުރަތަމަ ހީޓުގައި ޖަރީޝް އަތުން ބަލިވެފަ އެވެ.

ހަތް އަހަރުގެ މެދުކެނޑުމަށް ފަހު އަލުން ފެށި ބުރުނު ޝިކާރު ޗެލެންޖްގައި މި ފަހަރު މުޅިން އަލަށްވ އަންހެން ޑިވިޝަން ވަނީ ހިމަނައިފަ އެވެ. މި ބައިގައި ވާދަކުރާ ހަތަރު ބޮޑީބޯޑަރުންނަކީ ދަފީނާ ހަސަން އިބްރާހިމް، ރައުފާ، ލުޖެއިން ހަސަން އަދި ޝާޒިޔާ ސައީދު އެވެ.

ޖުމްލަ ހަތަރު ހީޓަކަށް މި ޑިވިޝަން ބެހިފައިވާއިރު، މުބާރާތުގެ ފުރަތަމަ ދުވަހު (މިދިޔަ ބުރާސްފަތި ދުވަހު) ކުރިއަށްދިޔައީ ފުރަތަ ދެ ހީޓެވެ. ކޮންމެ ހީޓެއްގެ އެއް ވަނަ އަށް ދިޔަ ބޮޑީބޯޑަރު ފައިނަލަށް ހޮވުނުއިރު، ދެ ވަނަ އަށް ދިޔަ ބޮޑީބޯޑަރު ވަނީ ތިން ވަނަ ހޮވާ ހީޓަށް ދަތުރުކޮށްފަ އެވެ. އެ ގޮތުން ފުރަތަމަ ހީޓުގައި ރައުފާއާ ވާދަކޮށް ދަފީނާ މޮޅުވީ 3.80 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ރައުފާ އަށް ސްކޯ ކުރެވުނީ 2.26 ޕޮއިންޓެެވެ. މި ނަތީޖާއާ އެކު އެއް ވަނަ ހީޓުން ފައިނަލަށް ހޮވުނީ ދަފީނާ އެވެ. ދެ ވަނަ ހީޓުގައި ލުޖެއިން ވަނީ 4.90 ޕޮއިންޓް ސްކޯކޮށްފަ އެވެ. އޭނާއާ ވާދަކުރި ޝާޒިޔާ އަށް ލިބިފައިވަނީ 2.73 ޕޮއިންޓެވެ.

ލުޖެއިން ފައިނަލް ހީޓުގައި ދަފީނާއާ ދެކޮޅަށް ނުކުންނައިރު، ތިން ވަނަ ލިބޭނީ ޝާޒިޔާ އާއި ރައުފާ ވާދަކޮށްގެން މޮޅުވާ ބޮޑީބޯޑަރަކަށެވެ. ފައިނަލް ހީޓުތައް އޮންނާނީ މިއަދު މެންދުރު ފަހު އެވެ. ތިނެއް ޖަހާއިރު، ފައިނަލް ހީޓްތައް ފަށާއިރު، މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު މިއަދު ހަވީރު އޮންނާނެ އެވެ. ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖަކީ މި ފަަހަރުގެ މުޅިން އަލަށް ފަށާފައިވާ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox