އެމްޓީސީސީ ބުރުނު ޝިކާރު: ތާރީހީ އަންހެން ފައިނަލަށް ދަފީނާ އާއި ލުޖެއިން

Mar 25, 2022, 7:26 AM
އެމްްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ އަންހެން ޑިވިޝަނުގެ ހީޓެއްގެ ތެރެއިން.-- ފޮޓޯ: އެމްބީބީއޭ/ ހޫޕާ

އެމްްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ އަންހެން ޑިވިޝަނުގެ ހީޓެއްގެ ތެރެއިން.-- ފޮޓޯ: އެމްބީބީއޭ/ ހޫޕާ

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް މި ފަހަރު ބާއްވާއިރު، ގިނަ ގޮތްގޮތުން މި ފަހަރުގެ މުބާރާތް ވަނީ ހާއްސަވެފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ފުރަތަމަ ފަހަރަށް އަންހެން ޑިވިޝަނަކާ އެކީ މުބާރާތް ބޭއްވުމެވެ. އަންހެން ޑިވިޝަނުގައި ޖުމްލަ ހަތަރު ބޮޑީބޯޑަރުން ބައިވެރިވާއިރު، އިއްޔެ ބޭއްވި ހީޓްތަކަށް ފަހު ފައިނަލުގެ ދެ ޖާގަ ވަނީ ކަށަވަރުވެފަ އެވެ.

އަންހެން ޑިވިޝަނުގައި ވާދަކުރާ ހަތަރު ބޮޑީބޯޑަރުންނަކީ ދަފީނާ ހަސަން އިބްރާހިމް، ރައުފާ، ލުޖެއިން ހަސަން އަދި ޝާޒިޔާ ސައީދު އެވެ.

ޖުމްލަ ހަތަރު ހީޓަކަށް މި ޑިވިޝަން ބެހިފައިވާއިރު، އިއްޔެ ކުރިއަށްދިޔައީ ފުރަތަ ދެ ހީޓެވެ. ކޮންމެ ހީޓެއްގެ އެއް ވަނަ އަށް ދިޔަ ބޮޑީބޯޑަރު ފައިނަލަށް ހޮވުނުއިރު، ދެ ވަނަ އަށް ދިޔަ ބޮޑީބޯޑަރު ވަނީ ތިން ވަނަ ހޮވާ ހީޓަށް ދަތުރުކޮށްފަ އެވެ.

އެ ގޮތުން ފުރަތަމަ ހީޓުގައި ރައުފާއާ ވާދަކޮށް ދަފީނާ މޮޅުވީ 3.80 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ރައުފާ އަށް ސްކޯ ކުރެވުނީ 2.26 ޕޮއިންޓެެވެ. މި ނަތީޖާއާ އެކު އެއް ވަނަ ހީޓުން ފައިނަލަށް ހޮވުނީ ދަފީނާ އެވެ. ދެ ވަނަ ހީޓުގައި ލުޖެއިން ވަނީ 4.90 ޕޮއިންޓް ސްކޯކޮށްފަ އެވެ. އޭނާއާ ވާދަކުރި ޝާޒިޔާ އަށް ލިބިފައިވަނީ 2.73 ޕޮއިންޓެވެ.

ލުޖެއިން ފައިނަލް ހީޓުގައި ދަފީނާއާ ދެކޮޅަށް ނުކުންނައިރު، ތިން ވަނަ ލިބޭނީ ޝާޒިޔާ އާއި ރައުފާ ވާދަކޮށްގެން މޮޅުވާ ބޮޑީބޯޑަރަކަށެވެ. ފައިނަލް ހީޓުތައް އޮންނާނީ މާދަމާ އެވެ.

މި ފަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގައި ފުރަތަމަ ފަހަރަށް ޑިޖިޓަލްކޮށް ޖަޖިންގެ ކަންކަން ކުރިއަށްދާއިރު، ލައިވް ހީޓްސް މެދުވެރިކޮށް އަޕްޑޭޓްސް ފެންނާނެ އެވެ. ޖަޖުން މާކްސް ދޭ ގޮތަށް ބަލާއިރު، ހީޓެއްގެ ދިގު މިނަކީ 20 މިނިޓެވެ. ޖަޖުން މާކްސް ދޭނީ އެ ހީޓެއްގައި އެ ބޮޑީބޯޑަރެއްގެ އެންމެ ގިނަ ޕޮއިންޓް ލިބޭ ރާޅުތަކަށް ބަލައިފަ އެވެ.

ބުރުނު ޝިކާރު ޗެލެންޖްގެ ފުރަތަމަ ދުވަސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ފުރަތަމަ ދުވަހު ޖުމްލަ އެއްކޮށް، 18 ހީޓް ފެނިގެންދިޔައިރު، މެންސް އޯޕަން އާއި ޖޫނިއާ ކެޓަގަރީގެ ހީޓްތައް ވެސް ވަނީ ކުރިއަށް ގޮސްފަ އެވެ.

މި މުބާރާތުގެ ވާދަވެރިކަން ބޮޑުވާނެ އެންމެ ބޮޑު އެއް ސަބަބަކީ މި މުބާރާތަކީ ގައުމީ ބޮޑީބޯޑިން ލީގެއްގެ ނަމުގައި ފަށައި، އަލަތު މުބާރާތް ކަމަށް ވުމެވެ. އަނެއް ކަމަކީ މި މުބާރާތާއި އަންނަ މެއި މަހު ފަށާ ލަބޭރާ ބޮޑީބޯޑިން ޗެލެންޖް ނިމުމުން ގައުމީ ބޮޑީބޯޑިން ޓީމެއް އެކުލަވާލުމެވެ. އެއީ މި ދެ މުބާރާތުގެ ސްކޯރިން އަށް ބަލައިފަ އެވެ. މީގެ އިތުުރުން މި ދެ މުބާރާތަށް ބަލާފައި ގައުމީ ޖޫނިއާ ސްކޮޑެއް ވެސް ނަގާނެ އެވެ.

ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގައި މާދަމާ ހަތެއް ޖަހާއިރު ފަށަން ނިންމާފައިވާއިރު، ފުރަތަމަ އޮތީ މެންސްގެ ރައުންޑް ޓޫ ރިކޮލިފައިންގެ ހަތަރު ވަނަ ހީޓެވެ. އޭގެ ފަހުން ޖޫނިއާ މެންސްގެ ހީޓްތަކާއި މެންސް އޯޕަންގެ އިތުރު ހީޓްތަކާ އެކު ފޯރިގަދަ އަދި ވާދަވެރި ހީޓްތަކެއް އެކި ޑިވިޝަންތަކުން ފެނިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox