އެމްޓީސީސީ ބުރުނު ޝިކާރު: ގިނަ ބޮޑީބޯޑަރުންތަކެއް، މުބާރާތް ހާއްސަ!

Mar 24, 2022, 2:39 AM
އެމްޓީސީސީީ ބުރުނު ޝިކާރު ޗެލެންޖް ފެށުމުގެ ކުރިން ބޭއްވި ޓެކްނިކަލް ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/އަދަދު

އެމްޓީސީސީީ ބުރުނު ޝިކާރު ޗެލެންޖް ފެށުމުގެ ކުރިން ބޭއްވި ޓެކްނިކަލް ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް މިއަދު ފަށާނީ 39 ބޮޑީބޯޑަރުން ހިމެނޭ ގޮތަށެވެ. މި ފަހަރުގެ މުބާރާތް އެކި ގޮތްގޮތުން ހާއްސަވާ ސަބަބަކީ ތަފާތު ކަންތައްތަކެއް މި މުބާރާތް ރޭވުމާއި، ހިންގުމުގެ ތެރެއިން ކުރިއަށްދާތީ އެވެ.

މުބާރާތް ފެށުމުގެ ކުރިން އަންގާރަ ދުވަހުގެރޭ މަޖީދިއްޔާ ސްކޫލް ހޯލުގައި ޓެކްނިކަލް ބައްދަލުވުމެއް ބޭއްވިގެންދިޔައިރު، އެ ރޭ ވަނީ ހީޓްތައް ކުރިއަށްދާނެ ގޮތުގެ ގުރުއަތުލުން ނެގިފަ އެެވެ.

މި މުބާާރާތުން ފެށިގެން ފުރަތަމަ ފަހަރަށް ޑިޖިޓަލް ސްކޯރިން ސިސްޓަމެއް ބޭނުންކުރަން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ނިންމާފައިވާއިރު، މިއީ ވެސް މި މުބާރާތް ހާއްސަވާ އެއް ސަބަބެވެ.

ޓެކްނިކަލް ބައްދަލުވުމުގައި ޖަޖުން ވަނީ ބޮޑީބޯޑަރުންނަށް ސްކޯރިން ސިސްޓަމް ހިނގާނެ ގޮތް އޮޅުންފިލުވައިދީފަ އެވެ. އެއީ މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ބޮޑީބޯޑަރުން ވެސް ހިމެނޭތީ، ޖަޖުން ވަނީ ބައެއް އެތުލީޓުންގެ ސުވާލުތަކަށް ޖަވާބު ވެސް ދީފަ އެވެ.

އެމްޓީސީސީ ބުރުނު ޝިކާރު ޗެލެންޖްގެ ޓްރޮފީ:.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ޓެކްނިކަލް ބައްދަލުވުމުގެ ތެރެއިން އިވެންޓް ޗެމްޕިއަނުންނަށް ދޭ ޓްރޮފީ އާއި މުބާރާތުގެ ޓްރޮފީތައް ވެސް ދައްކާލި އެވެ. މިއީ ބޮޑީބޯޑިން މުބާރާތެއްގެ ޓެކްނިކަލް ބައްދަލުވުމެއްގައި މި ގޮތަށް ޓްރޮފީތަކެއް ދައްކާލި ފުރަތަމަ ފަހަރެވެ. މިއީ މުބާރާތުގައި ވާދަކުރާ ބޮޑީބޯޑަރުންގެ މެދުގައި އިތުރު ވާދަވެރި ރޫހެއް އަށަގަންނުވައި، ޓާގެޓްކުރާ ކާމިޔާބީގެ ފޯކަސް ދެމެހެއްޓުމަށް މުހިންމު ކަމެކެވެ.

މި ފަހަރުގެ މުބާރާތް ދެން ހާއްސަވާނެ އެންމެ ބޮޑު ސަބަބަކީ އަންހެން ޑިވިޝަން ފުރަތަމަ ފަހަރަށް ހިމެނުމެވެ.

އަންހެން ޑިވިޝަނުގައި ހަތަރު ބޮޑީބޯޑަރުން ވާދަކުރާއިރު، މީގެއިން ކޮންމެ ހީޓެއްގެ ފޯރި ވެސް ވަރަށް ގަދަވާނެ އެވެ. އެއީ އަންހެން ޑިވިޝަން ކާމިޔާބުކުރާ ބޮޑީބޯޑަރަކަށް ތާރީހުން ޖާގަ ލިބޭނެތީ އެވެ. އެއީ ބޮޑީބޯޑިންގެ ފުރަތަމަ އަންހެން ޑިވިޝަނެއްގެ ޗެމްޕިއަނަކަށްވުމުގެ ޝަރަފާ އެކީގަ އެވެ.

ޓެކްނިކަލް ބައްދަލުވުމުގެ ތެރެއިން މުބާރާތުގައި ވާދަކުރާ ބައެއް އަންހެން ބޮޑީބޯޑަރުން.-- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ދެން އޮތް ދެ ޑިވިޝަނަކީ އޯޕަން މެންސް ޑިވިޝަނާއި ޖޫނިއާ ޑިވިޝަން އެވެ. މެންސް އޯޕަން ޑިވިޝަން ވެސް ފޯރިގަދަކޮށް ފެންނައިރު، ޖޫނިއާ ޑިވިޝަން ވެސް ވަރަށް ބޮޑަށް ވާދަވެރިވާނެ ކަމަށް ބެލެވެ އެވެ.

ބުރުނު ޝިކާރު ޗެލެންޖްގެ ވާދަވެރިކަން ބޮޑުވާނެ އެންމެ ބޮޑު އަނެއް ސަބަބަކީ މި މުބާރާތާއި މެއި މަހު ފަށާ ލަބޭރާ ބޮޑީބޯޑިން ޗެލެންޖް ނިމުމުން ގައުމީ ބޮޑީބޯޑިން ޓީމެއް އެކުލަވާލާނެ އެވެ. އެއީ އެ ދެ މުބާރާތުގެ ސްކޯރިން އަށް ބަލައިފަ އެވެ. މީގެ އިތުުރުން މި ދެ މުބާރާތަށް ބަލާފައި ގައުމީ ޖޫނިއާ ސްކޮޑެއް ވެސް ނަގާނެ އެވެ.

މި ވަގުތު އޮތް ގައުމީ ބޮޑީބޯޑިން ސްކޮޑަކީ 2019 ވަނަ އަހަރު އެކުލަވާލި ޓީމެކެވެ.

ޓެކްނިކަލް ބައްދަލުވުމުގެ ތެރެއިން ގައުމީ ބޮޑީބޯޑިން ޓީމުގެ އެތުލީޓް، އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހާސިލްކުރި އަލީ ހުޝްރުވާން (ކުޑައައްޔަ).-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

އެންމެ ފުރަތަމަ އެމްބީބީއޭ އިން 2013 ވަނަ އަހަރު ބުރުނު ޝިކާރު ޗެލެންޖް ބާއްވައި ދެން އައި ތިން އަހަރު ވެސް އެ މުބާރާތް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު، އޭގެ ފަހުން މިވީ ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް ބާއްވާ މި މުބާރާތުގެ ގިނަ ތަފާތު ކަންތައްތަކެއް ރޭވިފައިވާއިރު، މި މުބާރާތަކީ އެމްބީބީއޭ އިން މުޅިން އަލަށް ފަށާ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތެވެ. މީގެ އިތުރުން ވެސް އިތުރު ފަސް މުބާރާތެއް ގައުމީ ލީގުގައި ހިމެނެ އެވެ.

ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް ފަށާނީ މިއަދު ހެނދުނު 8:30 ގަ އެެވެ. އެމްބީބީއޭގެ ލޯކަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "އަދަދު" އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox