ގޯލްޑަން ފުޓްސަލް ޗެލެންޖް: ތިމަރަފުށްޓާއި މާފަންނު، ދުވާފަރު އަދި އިހަވަންދޫ އަށް ޒޯން ޗެމްޕިއަންކަން

Mar 21, 2022, 6:11 AM
ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށީ ޓީމު.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށީ ޓީމު.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ޒޯން ބުރުގެ ފަހު މެޗުތަކަށް ފަހު ބާކީ ހަތަރު ޒޯނުގެ ޗެމްޕިއަންކަން، ތ. ތިމަރަފުށްޓާއި ހއ. އިހަވަންދޫ، މާފަންނު އަދި ރ. ދުވާފަރުން ހޯދައިފި އެވެ.

ތިމަރަފުށިން ޒޯން ފަހެއްގެ ތަށި ދިފާއުކުރީ ރޭ ކުޅުނު މެޗުގައި ފ. ބިލެއްދޫ 15-0 އިން ބަލިކޮށްފަ އެވެ. އެ ޒޯނުގައި ރޭ ކުޅުނު އަނެއް މެޗުން ދ. ކުޑަހުވަދޫ ވަނީ ތ. އޮމަދޫ އަތުން 6-2 އިން މޮޅުވެފަ އެވެ. ރޭ މާލޭ ޒޯންގައި، ހެންވޭރުން ދަނޑަށް ހާޒިރުނުވާތީ މެޗު ލިބުނީ މާފަންނު އަށެވެ. އެއް ވަނައިގެ ގޮތުގައި މާފަންނަށް ވަނީ ޒޯން ޗެމްޕިއަންކަން ލިބިފަ އެވެ. ހުޅުމާލެ އިން ވަނީ 4-0 އިން ވިލިމާލެ ކަޓުވާލައި، ގަދަ 16 ބުރުން ފުރުސަތު ހޯދައިފަ އެވެ. ޒޯން ދޭއްގެ ތަށި ރ. ދުވާފަރުން ހޯދީ ރޭ ނ. ކުޑަފަރި އަތުން 15-2 އިން މޮޅުވެގެންނެވެ. އަދި އިހަވަންދޫން ޒޯން އެކެއްގެ ތަށި ހޯދީ ށ. ކަނޑިތީމު އަތުން 3-1 އިން މޮޅުވެގެންނެވެ.

ޒޯން އެކެއްގެ ތަށި ހޯދި އިހަވަންދޫ ޓީމު އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ނަތީޖާ ނެރެން މަޖުބޫރު މެޗަކަށް ނުކުމެގެ އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށިން ވަނީ ތަފާތު މޮޅަށް ކުޅެ، ލަނޑު ގޯންޏެއް އޮއްސާލައިފަ އެވެ.

ތިމަރަފުށީގެ ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލީ ޝިފާއު (ރޮނާ) ފަސް ގޯލާއި އާދަމް ނާސިހު (އާދަންނާ) ހަތަރު ގޯލާއި، އިބްރާހިމް ސިނާހު (ސިނާ) ދެ ގޯލާއި އިބްރާހިމް އަސްވަދު (ގަބޭ)، އިބްރާހިމް ހަމްދާން (މެސީ)، ހުސެއިން އަލީ (އަޗޭ) އަދި އަބްދުﷲ ޒިޔާން (ޖަންކީ) ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.

މި ޒޯންގައި ރޭ ކުޑަހުވަދޫގެ ޖުމައިލް ޖަލީލް (ޖުމްބެ) ވަނީ އޮމަދޫ ކޮޅަށް ތިން ގޯލު ޖަހައި ހެޓްރިކެއް ހަދައި، މެޗުގެ މޮޅު ކުޅުންތެރިޔާ އާއި ޒޯންގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ކުޑަހުވަދޫގެ އަނެއް ދެ ގޯލު ޖެހީ އަބްދުލް މުގުސިތާއި ޝައުކަތު އަމީން އެވެ. އޮމަދޫގެ ދެ ގޯލު ޖެހީ ހަސަން ކިއާން ސިނާން އަދި އަހުމަދު ނަޝްވާން އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މާލޭ ޒޯންގެ ތަށި ހޯދި މާފަންނު ޓީމު.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ހުޅުމާލެ އަށް ރޭ ތިން ގޯލުން މޮޅުވެގެން ނޫން ގޮތަކަށް ގަދަ 16 ބުރުން ފުރުސަތު ނެތެވެ. އެހެންވެ، އެ ޓީމުން އެކަން ހާސިލްކުރީ ހިތްވަރާ އެކު މޮޅަށް ކުޅެގެންނެވެ. ހުޅުމާލެ ޓީމުގެ ލަނޑުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، ހުސެއިން ސަނީއު ދެ ގޯލާއި އަލީ ނާހިލް އަހުމަދާއި ރައްޒާން ޖައުފަރު އެވެ.

މި ޒޯންގެ އެންމެ ގިނަ ގޯލު ޖެހީ ވިލިމާލެ ޓީމުގެ އަލީ ޝިޔާހު (ސިޔަޅޭ) އެވެ. ރޭގެ މެޗުގައި ކާޑުހަމަވުމުގެ ސަބަބުން އޭނާ ނުކުޅެ އެވެ. މި ޒޯންގެ މޮޅު ކުުޅުންތެރިއަކީ ހުޅުމާލެ ޓީމުގެ ކީޕަރު މުހައްމަދު ޒުހަލް އެވެ.

އޭދަފުށި އަތުން މޮޅުވެފައި އޮތުމުން ރޭ ކުޑަަފަރި ބަލިކޮށް ޒޯން ދޭއްގެ ތަށި ނެގޭނެ ކަމުގެ ޔަގީންކަމާ އެކު ދުވާފަރުން އެކަން ހާސިލްކުރި އެވެ. ރޭގެ މެޗުގައި ދުވާފަރުގެ މުސްލިމް މުހައްމަދު ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އަހުމަދު އީސާ، މުހައްމަދު ޖުމާން އަހުމަދު، މުހައްމަދު އިސާމް ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އާދަމް އިލްޔަސައު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަދި އަބްދުﷲ އިޔާދު މުހައްމަދާއި މޫސާ މުހައްމަދު ވެސް ވަނީ ގޯލު ޖަހައިފަ އެވެ.

ކުޑަފަރީގެ ގޯލުތައް ޖެހީ ބަރާއު އަހުމަދު ޒާހިރު ހުސެއިން އާއި އިބްރާހިމް ހަސީބު އެވެ. މި ޒޯންގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ދުވާފަރުގެ މުސްލިމް އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ ހަމަ އެ ޓީމުގެ ޖުމާން އެވެ.

ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދި ރ. ދުވާފަރު ޓީމު.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ޒޯން އެކެއްގެ ތަށި ހޯދި އިހަވަންދޫން ފައިނަލުގައި ކަނޑިތީމު ކޮޅަށް ގޯލުތައް ޖެހީ އިބްރާހިމް ހާމިދާއި މުހައްމަދު ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ސާޖިދު ގޯލެކެވެ. ކަނޑިތީމުގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ޝާން އެވެ.

މި ޒޯންގެ އެންމެ ގިނަ ގޯލު ޖެހި މަގާމު ތިން ކުޅުންތެރިންނަށް ވަނީ ލިބިފަ އެވެ. އެއީ ކަނޑިތީމުގެ ޝާން، އަަބްދުﷲ ވިޝާމް އަދި ވައިކަރަދޫގެ އިބްރާހިމް އަގީލް އެވެ. މޮޅު ކުޅުންތެރިއަކީ އިހަވަންދޫ ޓީމުގެ ހާމިދު އެވެ.

ގަދަ 16 ބުރުގެ މެޗުތައް ފަށާނީ އަންނަ ބުދަ ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox